ކަޅުއޮށްފުންމީގެ ނަކަލު ކަޅުވަކަރު މިސްކިތް ކައިރި ބަހައްޓާފައި. (ދައުރު ފޮޓޯ)

ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނެސް ކަޅުވަކަރު މިސްކިތް ކައިރި ބަހައްޓައިފި

މަރާމާތުތައް ކުރުމަށް ފަހު އާންމުންނަށް ޒިޔާރަތްކުރެވޭ ގޮތަށް އެ ސަރަހައްދު ހުޅުވާލާނެ ކަމަށް ހެރިޓޭޖް މިނިސްޓްރީން ބުނެފައިވޭ
25 ޖެނުއަރީ 2024

ޕޯޗުގީޒުންގެ އަތުން ރާއްޖެ މިނިވަންކުރެއްވުމަށްޓަކައި ބޮޑުތަކުރުފާނު ބެންނެވި ކަޅުކޮށްފުންމީގެ ނަކަލު މާލެ ގެނެސް، ކަޅުވަކަރު މިސްކިތް ކައިރީގައި ބަހައްޓައިފި އެވެ.

ވީ ކިހިނެއް؟ - ކ. އާރަށުގައި އެހެލާފައި އޮތް ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނައުމަށް ހެރިޓޭޖް މިނިސްޓްރީން ނިންމާފައިވަނީ، ބޮޑުތަކުރުފާނު ރާއްޖެ މިނިވަން ކުރަން ކުރެއްވި ޖިހާދާ ބެހޭ މައުލޫމާތު ލިބޭނެ އިންތިޒާމުތަކާ އެކު، އެ ކަމުގައި އެ މަނިކުފާނު ބޭނުންކުރެއްވި އޮޑި ގިނަ ބަޔަކަށް ފެންނާނެ ގޮތަށް ބެހެއްޓުމަށެވެ.

އެ އޮޑި މާލެ ގެނެސްފައިވަނީ މުދާ އުފުލާ ބަނޑެއްގައި ރޭ 11:30 ހާއިރެވެ. އެއަށް ފަހު، އެއް ނަންބަރު ފާލަމުން އެއްގަމު އުޅަނދެއްގައި ރޭ ކަޅުވަކަރު މިސްކިތް ހިމެނޭ ސަރަހައްދަށް ގެންގޮސްފައިވެ އެވެ.

ކަޅުވަކަރު މިސްކިތާއި ޕާކު ސަރަހައްދުގައި ކުރަން ހުރި ބައެއް މަސައްކަތްތައް ކުރުމަށް ހެރިޓޭޖް މިނިސްޓްރީން ވަނީ އިއްޔެއިން ފެށިގެން މިސްކިތާއި ޕާކު ބަންދުކޮށްފަ އެވެ.

ތަފްސީލް - ހެރިޓޭޖް މިނިސްޓްރީން ބުނެފައިވާ ގޮތުގައި:

  • ކަޅުއޮށްފުންމީގެ ނަކަލު މާލެ ގެނައުމަށް ފަހު، އެ އޮޑި މަރާމާތް ކުރާނެ؛ އެ މަސައްކަތް ތިން ހަފްތާގެ ތެރޭގައި ނިންމާލެވޭނެ

  • އެއަށް ފަހު، ފެބްރުއަރީ މަހުގެ ތެރޭގައި ހާއްސަ ރަސްމިއްޔާތަކާ އެކު އާންމުންނަށް އެ ސަރަހައްދު ހުޅުވާލާނެ

އެނގުން މުހިއްމު - ބޮޑުތަކުރުފާނު ދަތުރުކުރެއްވި އޮޑިކޮޅާ އެއްގޮތަށް، ދިގުމިނުގައި 51 ފޫޓު ހުންނަ ކަޅުއޮށްފުންމީގެ ނަކަލު ބަނދެފައިވަނީ ރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައިި، 2015 ވަނަ އަހަރު އެވެ. އެގޮތުން:

  • އެ އޮޑި ބަނދެފައިވަނީ ބޮޑުތަކުރުފާނުގެ ގައުމީ ޖިހާދާއި ކަޅުކޮށްފުންމިއާ ބެހޭ ގޮތުން ލިބެން ހުރި ތާރީހީ މައުލޫމާތު ދިރާސާ ކުރުމަށް ފަހު

  • އަލަށް ބަނދެވުނު ނަލަކު މޫދަށް ބޭލީ ޑިސެމްބަރު 2015ގައި

  • މިނިވަން 50ގެ ރަސްމިއްޔާތަށް ފަހު، އެ އޮޑި އޮތީ ކ. އާރަށަށް އެހެލާފައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް