ގދ. ތިނަދޫ (ކ) އާއި ކާޑެއްދޫ.

ގދ. ތިނަދޫ

ތިނަދޫ-ކާޑެއްދޫ ބްރިޖުގެ ފީސިބިލިޓީ ދިރާސާ ހަދައިދޭނެ ބަޔަކު ހޯދަނީ

ތިނަދޫ އާއި ކާޑެއްދޫ ބްރިޖަކުން ގުޅުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެއް؛ މި ދެ ރަށް ގުޅުވާލާނީ ގާތްގަނޑަކަށް 3-3.5 ކިލޯމީޓަރުގެ ބްރިޖަކުން
24 ޖެނުއަރީ 2024

ގދ. ތިނަދޫ އާއި އެ އަތޮޅު ކާޑެއްދޫ ބްރިޖަކުން ގުޅުވާލާ މަޝްރޫއުގެ ކޮންސަލްޓެންސީ މަސައްކަތް ކުރާނެ ފަރާތެއް ހޯދަން ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ވީ ކިހިނެއް؟ - ކާޑެއްދޫ އެއާޕޯޓް ބައިނަލްއަގްވާމީ ވައިގެ ބަނދަރަކަށް ބަދަލުކޮށް، ތިނަދުއާ ބުރިޖަކުން ގުޅުވާލުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ.

އަންނަ އަހަރަށް ފާސްކުރި ދައުލަތުގެ ބަޖެޓުގައި މި މަޝްރޫއަށް 4.4 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

ތަފްސީލު - އިންފްރާސްޓްރަކްޗާ މިނިސްޓްރީން މިއަދު އިއުލާނު ކުރީ ތިނަދޫ-ކާޑެއްދޫ ލިންކު މަޝްރޫއުގެ ޕްރެލިމިނަރީ ދިރާސާތަކާއި އެސެސްމަންޓުތަކާއި ފީސިބިލިޓީ ސްޓަޑީގެ ކޮންސަލްޓެންސީ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށެވެ.

މި މަސައްކަތާ ގުޅޭ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން:

  • މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ތިނަދޫ އާއި ކާޑެއްދޫއާ ދެމެދު މިހާރަށް ވުރެ ރައްކާތެރި ގޮތަކަށް ދަތުރު ކުރެވޭނެ ގޮތެއް ހަމަޖައްސައިދީ، އެއް ރަށުން އަނެއް ރަށަށް މީހުންނާއި މުދާ ގެންދިއުމަށް ހޭދަވާ ވަގުތު ކުޑަކުރުން

  • ތިނަދު އާއި ކާޑެއްދުއާ ދެމެދު އަޅާ ބްރިޖުގެ ދިގުމިނަށް ލަފާކޮށްފައިވަނީ 3-3.5 ކިލޯމީޓަރު

  • ބްރިޖުގެ އިތުރަށް ހައިވޭ ލިންކް ރޯޑެއް ހިމަނަން ޖެހިދާނެ

  • ކޮންސަލްޓެންސީ މަސައްކަތަށް ދޭނީ ސޮއިކުރާ ތާރީހުން ފެށިގެން 45 ދުވަސް

އެނގުން މުހިންމު - ޝައުގުވެރިކަން ފާޅުކޮށް، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމުގެ ސުންގަޑިއަކީ މި މަހުގެ 31 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12 އެވެ.

މިކަމަށް ކުރިމަތިލާ ފަރާތްތައް އިވެލުއޭޓް ކުރުމުގައި ބަލާނެ މައިގަނޑު ކަންތައްތަކަކީ:

  • މަދުވެގެން 10 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

  • މަސައްކަތާ ގުޅޭ ދާއިރާއިން މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް