ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ޓާމިނަލް ބޭރު

ބޮމެއް އޮތް ކަމަށް ބުނެ ހަނިމާދޫ އެއާޕޯޓު ތެރޭ ބިރު ދެއްކި މީހަކު ހައްޔަރުކޮށްފި

ފުލުހުން ބުނީ، އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި ފިރިހެނެއް ކަމަށް

ހދ. ހަނިމާދޫ އެއާޕޯޓުން ފުރަން ގޮސް ހުރި މީހަކު ބޮމެއް އޮތް ކަމަށް ބުނެ ބިރުދެއްކުމާ ގުޅިގެން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ، އެ މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ދިވެހި ފިރިހެނެއް ކަމަށެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް