މާލެ-ހުޅުމާލެ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް: އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫއަކަށް އެސްއީޒެޑްއަށް ވަނީ ޕްރޮޕޯޒަލް ލިބިފައި. (ފޮޓޯ/އެންވަޔަރަމެންޓު މިނިސްޓްރީ)
އެސްއީޒެޑަށް ޕްރޮޕޯޒަލް ލިބުމަކީ ފާހަގަކުރަން ޖެހޭ ކަމެއް: މިނިސްޓަރު ތޯރިގު
އެސްއީޒެޑް އިންވެސްޓްމަންޓަށް ހުޅުވާލުމާ އެކު އެކަމަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރުމަކީ ފާހަގަކުރަން ޖެހޭ މުހިއްމު ކަމެއް ކަމަށް ތިމާވެށީގެ މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެސްއީޒެޑް އިންވެސްޓްމަންޓަށް ހުޅުވާލުމާ އެކު ރާއްޖެއަށް ފުރަތަމަ ލިބުނީ 110 މެގަވޮޓްގެ އިއާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއެކެވެ.
ބުނީ ކީކޭ؟ - 'ދައުރު'އަށް ދެއްވި އެކްސްކްލޫސިވް އިންޓަވިއުއެއްގައި، އެ ޕްރޮޕޯޒަލްއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ތޯރިގް ވިދާޅުވީ އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއު ހިންގަން ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅީ ރައީސް މުހައްމަދު މުއިއްޒު އެސްއީޒެޑްއަށް ހުޅުވާލި ދުވަހުގެ ހަވީރު ކަމަށެވެ.
"އެހެންވީމާ މިހާރު ވާނީ، އެބޭފުޅުން އިންޓްރެސްޓް ފާޅުކުރެއްވީމަ، އެ ރަޖިސްޓާ ކުރައްވާފައި. އޭގެ ތަފްސީލުތައް މިހާރު އަޅުގަނޑުމެން ބައްދަލުވުންތައް ބާއްވައިގެން [ނިންމަމުން މި ގެންދަނީ]. އިރާދަކުރެއްވިއްޔާ މާ ގިނަ ދުވަހެއް ނުނަގާނެ،" މިނިސްޓަރު ވިދާޅުވި އެވެ.
ތޯރިގް ވިދާޅުވީ މުޅިއެކު 110 މެގަވޮޓްގެ އެ މަޝްރޫއު ކުރިއަށް ގެންދަން 'އެ ކެޕޭސިޓީ ކޮން ގޮތަކަށްތޯ ނުވަތަ ކޮން ތާކުތޯ ނުވަތަ ކިހިނެއްތޯ އަދި ޖެހޭނީ ދިރާސާ ކުރަން" ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ތިމާވެށީގެ ދާއިރާއިން އިޔާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫއަކަށް އެސްއީޒެޑްއަށް ބަޔަކު ޝައުގުވެރިކަން ފާޅުކުރުމަކީ ފާހަގަކޮށްލެވޭ، މުހިއްމު ކަމެކެވެ.
އެނގުން މުހިއްމު - އެސްއީޒެޑްގެ މި އިންވެސްޓްމެންޓަށް ޕްރޮޕޯޒަލް ލިބުނީ ރައީސް މުއިއްޒު ބައިވެރިވެވަޑައިގެންނެވި ކޮޕް-28ގެ ބައްދަލުވުމަށް ފަހު އެވެ. މިއީ އެ ބައްދަލުވުމަށް ފަހު އިއާދަކުރަނިވި ހަކަތަ އުފައްދަން މި ގޮތަށް ގައުމަކަށް ލިބުނު ފުރަތަމަ އިންވެސްޓްމަންޓު ކަން ވެސް ރައީސް ފާހަގަކުރެއްވި އެވެ.
އެގޮތުން:
-
ރައީސް ވަނީ ބޭރުގެ ކުންފުނިތަކަށް އިންވެސްޓްކުރުމުގެ ފުރުސަތު އެސްއީޒެޑުގައި ތަންމިނަށް ހުޅުވިފައި އޮތަސް ދިވެހި ކުންފުނިތަކުން ވެސް އެފަދަ އިންވެސްޓްމަންޓުތަކުގައި މުހިންމު ރޯލެއް އަދާކުރަން އެދިވަޑައިގެންފި
-
ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުން ރާއްޖެ އަންނަ ފުރަތަމަ އެސްއީޒެޑް އިންވެސްޓްމަންޓުގައި ވެސް މުހިންމު ދައުރެއް އަދާކުރުމަށް ރައީސް އެދިވަޑައިގެންނެވި
-
ބޭރު ފަރާތްތަކުން އައިސް ހުރިހާ ކަމެއް އަތްމައްޗަށް ނަގައި، އެ ކަންކަން ހާސިލުކުރަން ދޫކޮށްލުމަކީ އެއެއް ނޫން ގައުމިއްޔަތު ސަލާމަތްކުރުމަކީ ޔަގީންކުރުމަކީ