ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަމްޕު ސްޓޭޝަން މަގުން ނަގައި، އެތެރެއަށް ޖެއްސުމަށް އެމްޓީސީސީ އާ ހަވާލު ކުރުން (ދައުރު ފޮޓޯ/މުހައްމަދު އަމާން)

ސްޓެލްކޯ

ފަޅުން ބައެއް ހިއްކައި ޕަމްޕު ސްޓޭޝަން ބަދަލު ކުރަން 7 މިލިއަނަށް އެމްޓީސީސީއާ ހަވާލުކޮށްފި

ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއްވާ ގޮތަށް ބަހައްޓާފައިވާ ތެޔޮ ޕަމްޕު ސްޓޭޝަން ނަގަން ނިންމީ މަގުން ބައެއް ގެއްލި، މަގު ބޭނުންކުރާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށް

ބޮޑުތަކުރުފާނު މަގު، ސްވިމިން ޓްރެކާ ދިމާގައި ހުންނަ ސްޓެލްކޯގެ ތެޔޮ ޕަމްޕު ސްޓޭޝަން ނަގައި އެ ދިމާ ފަޅުން ބައެއް ހިއްކުމަށް ފަހު އެ ތަނުގައި އާ ޕަމްޕު ސްޓޭޝަނެއް ހެދުމަށް އެމްޓީސީސީއާ އެކު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެއްބަސްވުމުގައި ސޮއިކުރެއްވީ:

  • ސްޓެލްކޯގެ ފަރާތުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން ފަހުމީ

  • އެމްޓީސީސީގެ ފަރާތުން އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދު

ތަފްސީލް - އެ މަޝްރޫއާ ގުޅޭ ގޮތުން ސްޓެލްކޯގެ އެމްޑީ ފަހުމީ ވިދާޅުވީ ޕަމްޕު ސްޓޭޝަން ނެގުމުގެ މަސައްކަތަކީ ހަރަދު ބޮޑު މަސައްކަތެއް ކަމަށާއި އެ ކަމަށް ކުންފުނީގެ ބަޖެޓުން 7.1 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށެވެ.

އެ މަސައްކަތް ކުރިއަށް ގެންދާއިރު ތިމާވެއްޓަށް ކުރާނެ އަސަރުތައް ދެނެގަތުމަށް ހަދާ އެސެސްމެންޓު ހެދުމަށް ފަހު، ހުއްދަ  ލިބޭތާ ދެ މަސް ތެރޭ މަސައްކަތް ނިމޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފަހުމީ ވިދާޅުވީ އެ ތެޔޮ ޕަމްޕު ސްޓޭޝަނަކީ ސްޓެލްކޯގެ މާލޭ އިންޖީނުގޭގެ އިންޖީނުތަކަށް ތެޔޮ އަޅަން ބޭނުން ކުރާ ސްޓޭޝަނެއް ކަމަށާއި އެ ތަން ބަދަލުކުރުމުގެ މަސައްކަތް ކުރި ނަމަވެސް ކަރަންޓުގެ ހިދުމަތަށް ބުރޫ ނާރާނެ ކަމަށެވެ.

އެނގުން މުހިއްމު - ބޮޑުތަކުރުފާނުމަގުގައި މަގުމައްޗަށް ބައެއްވާ ގޮތަށް ބަހައްޓާފައިވާ ތެޔޮ ޕަމްޕު ސްޓޭޝަން ނަގަން ނިންމީ މަގުން ބައެއް ގެއްލި، މަގު ބޭނުންކުރާ މީހުންނަށް ދިމާވާ ދަތިތައް ހައްލު ކުރުމަށެވެ.

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް