ދިރާސީ އާ އަހަރު 7 އޮގަސްޓް 2022 ވަނަ ދުވަހު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މިއަހަރު ކިޔެވުން ފެށޭއިރު ގައުމިއްޔަތު މާއްދާ ސްކޫލުތަކުގައި ކިޔަވަައިދޭން ފަށަނީ

ރައީސް އޮފީހުން ބުނީ މިއަހަރު އެ މާއްދާ ކިޔަވައިދޭން ފަށާއިރު ހުރިހާ ގްރޭޑަކަށް އެއްފަހަރާ ނުފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށް

ދިރާސީ އާ އަހަރުގެ ކިޔެވުން މިއަންނަ މޭ މަހު ފަށާ އިރު، ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރެއަށް ގައުމިއްޔަތު މާއްދާ އިތުރުކޮށް ކިޔަވައިދޭން ފަށަން ތައްޔާރުވަމުންދާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ސްކޫލު ދައުރުން ފެށިގެން ކުދިންގެ ހިތުގައި ގައުމިއްޔަތު ދިރުވައި ގައުމިއްޔަތަށް ލޯބި ޖެއްސުމުގެ ގޮތުން، ސްކޫލުތަކުގައި ކިޔަވައިދޭ މާއްދާތަކުގެ ތެރޭގައި ގައުމިއްޔަތު މާއްދާއެއް ހިމެނުމަކީ މި ސަރުކާރުގެ ހަފްތާ 14ގައި ހިމަނާފައިވާ ކަމެކެވެ.

މިއަދު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމި މުހިންމު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ޕޮލިސީ އޮފީހުގެ މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވީ، ގައުމިއްޔަތު މާއްދާއާ ބެހޭގޮތުން އެޑިއުކޭޝަން މިނިސްޓްރީން ހުށަހަޅާފައިވާ ކަރުދާހަށް މަޝްވަރާކުރެވި މިއަދު ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - ނިންމި ކަންކަމުގެ ގޮތުގައި ނާޒިމް ވިދާޅުވީ:

  • ގައުމިއްޔަތު ކިޔަވައިދިނުމަށް ވަކި މާއްދާއެއް މިއަހަރުގެ ތައުލީމީ އަހަރު ފެށޭއިރު ތައުލީމީ މަންހަޖުގައި ހިމަނައި ސްކޫލުތަކުގައި ކިޔަވައިދޭން ފަށަން ކުރަންޖެހޭ ކަންކަން ޓައިމްލައިނާ އެއްގޮތަށް ކުރިއަށް ގެންދިއުން

  • ދިވެހި ގައުމިއްޔަތު ކިޔަވާދިނުމަށް ގައުމީ މަންހަޖުގައި ހިމަނައިގެން އެޑިއުކޭޝަން މިނިސްޓްރީން ކުރާ މަސަައްކަތް ރައީސް އޮފީހާ މަޝްވަރާކޮށްގެން ކުރިއަށް ގެންދިއުމަށް

"ގައުމިއްޔަތު މާއްދާ ކިޔަވައިދިނުމުގެ މަސައްކަތް މިއަހަރުގެ ދިރާސީ އަހަރު ފެށޭއިރު އެބޭފުޅުން [އެޑިއުކޭޝަން މިނިސްޓްރީން] ފައްޓަވާނެ އޮންނަ ތާވަލެއްގެ ދަށުން،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް އިތުރަށް ވިދާޅުވީ މި އަހަރު އެ މާއްދާ ކިޔަވައިދޭން ފަށާއިރު ހުރިހާ ގްރޭޑަކަށް އެއްފަހަރާ ނުފެށުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެ ތަފްސީލުތައް އެޑިއުކޭޝަން މިނިސްޓްރީން ހިއްސާ ކުރައްވާނެ ކަމަށެވެ.

އެނގުން މުހިންމު - ސަރުކާރުން މިހާރު ގެނެސްފައިވާ ބަދަލުތަކާ ގުޅިގެން:

  • ދެވަނަ ޓާމު ކިޔެވުން ފެށީ މި މަހުގެ 7ގައި

  • ތައުލީމީ އަހަރު ނިމޭނީ އަންނަ 30 އެޕްރީލްގައި 

  • އާ ތައުލީމީ އަހަރަށް ސްކޫލްތައް ހުޅުވޭނީ މޭ 26ގައި

  • ތައުލީމީ އަހަރު ނިމޭނީ 20 ފެބްރުއަރީ 2025ގައި

އިތުރު އާޓިކަލް

އިތުރު އާޓިކަލް