އާސަންދައިގެ ކައުންޓަރަކުން މީހަކު ހިދުމަތް ހޯދަނީ: (ފޮޓޯ/އާސަންދަ)

އާސަންދަ

ތައިލެންޑާއި، ދުބާއީއަށް އާސަންދަ ފުޅާކޮށް ބޭސްފަރުވާ ކުރެވޭ ގޮތް ހަދަނީ

ރައީސް ވިދާޅުވީ، އެ ގައުމުތަކުގެ ހޮސްޕިޓަލުތަކުން އާސަންދަ ލިބޭގޮތް ހަދާއިރު ބޭސްފަރުވާ ކުރަން ގޮސް ހުންނަ ތަނުގެ އެކޮމަންޑޭޝަން ހަރަދު ވެސް އޭގެތެރޭގައި ހިމަނާނެ ކަމަށް

ދުބާއީ އާއި ތައިލެންޑުގެ ހޮސްޕިޓަލުތަކަށް އާސަންދަ ފުޅާކޮށް، އެ ގައުމުތަކުން ވެސް އާސަންދައިގެ ދަށުން ދިވެހިންނަށް ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސަން ސަރުކާރުން ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިކަން ހާމަކުރެއްވީ ޗައިނާއަށް ކުރެއްވި ފަސް ދުވަހުގެ ރަސްމީ ދަތުރުފުޅު ނިންމަވާލައްވާ މިއަދު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއަޕޯޓުގައި ރައީސް މުހައްމަދު މުއިއްޒު ދެއްވި ޕްރެސް ސްޓޭޓްމަންޓުގަ އެވެ.

ބުނީ ކީކޭ؟ - ރާއްޖެއަކީ ވަކި ގައުމަކަށް ބާރޯސާނުވާ ތަނަކަށް ހެދުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އާސަންދައިގެ ދަށުން ރާއްޖެއިން ބޭރުން ބޭސް ފަރުވާ ކުރެވެނީ ވަކި ގައުމަތަކެއްގެ ހޮސްޕިޓަލުތަކަކުން ކަމަށް މިހާރު އޮންނަ އޮތުން ނިމުމަކަށް ގެނެސް އެޔަށް ވުރެ ފެންވަރު ރަނގަޅު ގައުމުތަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތަށް އާސަންދައިގެ ނިޒާމު ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.   

"އަޅުގަނޑުމެން ގަސްތުކުރަނީ އަދި ނިންމާފައިވާނީ އިރާދަކުރެއްވިއްޔާ ކުރިއަށް އޮތްތާގައި އަޅުގަނޑުމެންގެ އާސަންދައަކީ ހަމައެކަނި ވަކި ގައުމެއްގައި، ވަކި ދިމާލެއްގައި ހުންނަ މެޑިކަލް ފެސިލިޓީތަކަށް ގޮސްގެން ބޭނުންކުރެވޭ އެއްޗަކަށް ނަހަދާ ތައިލެންޑަށާއި ޔޫއޭއީއަށް އަޅުގަނޑުމެންގެ އާސަންދަ ފުޅާކުރާނަން،" ރައީސް ވިދާޅުވި އެވެ.

ތަފްސީލް - ރައީސް އިތުރަށް ވިދާޅުވީ:

  • އާސަންދައިގެ ދަށުން އެ ގައުމުތަކުން ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސާ ހޮސްޕިޓަލުތަކުގެ ބޭސްފަރުވާގެ އިތުރުން އެކޮމެންޑޭޝަން ހަރަދުތައް ވެސް އޭގެތެރޭގައި ހިމާނާނެ 

  • އޭރުން ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ވަންދެން ދިވެހިން ދާނީ ފެންވަރުގެ ސިއްހީ ނިޒާމުތައް ހުންނަ ގައުމުތަކުގެ ހޮސްޕިޓަލު ތަކަށް ކަމަށް ރައީސް ވިދާޅުވި 

  • އެފަދަ ގައުމުތަކުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ ދުބާއީ އާއި ތައިލެންޑް ފަދަ ގައުމުތައް

އެނގުން މުހިންމު - އާސަންދައިގެ ހިދުމަތް މިހާރު ރާއްޖެއިން ބޭރުން ލިބެނީ އަވައްޓެރި އިންޑިއާ އާއި ލަންކާގެ ބައެއް ހޮސްޕިޓަލުތަކުން ނެވެ. މިތަންތަނުން ބޭސްފަރުވާ ކުރަން ދާ ދިވެހިންގެ އަތުން އެންމެ ބޮޑު ހަރަދެއް ދަނީ އެކޮމަންޑޭޝަން ހަރަދުތަކަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް