ގދ. ތިނަދޫ (ފައިލް ފޮޓޯ/އައިލްސް)

ގދ. ތިނަދޫ

ތިނަދޫ ރަށްވެހިކަން ދޫކޮށްލާނަމަ 5000 ރުފިޔާގެ ފީއެއް ނަގަނީ

ތިނަދޫ ކައުންސިލުން ބުނީ އެގޮތަށް ނިންމީ ތިނަދޫ ސިޓީގެ އާބާދީ އިތުރުކުރުމަށް ބާރުއެޅުމުގެ ގޮތުން ކަމަށް

ގދ. ތިނަދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5000ރ. ގެ ފީއެއް ނަގަން އެ ރަށު ކައުންސިލުން މިއަދު ނިންމައިފި އެވެ.

ވީ ކިހިނެއް؟ - މިދިޔަ ބުދަ ދުވަހު ބޭއްވި ތިނަދޫ ކައުންސިލްގެ ބައްދަލުވުމުގައި ނިންމާފައި ވަނީ އެހެން ރަށްރަށަށް ރަށްވެހިކަން ބަދަލުކޮށްދިނުމުގެ ހިދުމަތުގެ އިދާރީ ފީ ބޮޑުކުރާށެވެ. އެ ނިންމުން މިއަދު ވަނީ ގެޒެޓުގައި ޝާއިއުކޮށްފަ އެވެ. 

ތަފްސީލް - ތިނަދޫ ކައުންސިލުން މިއަދު ކޮށްފައިވާ އިއުލާންގައި ވާގޮތުން އެގޮތަށް ނިންމީ ތިނަދޫ ރަށްވެހިކަން ދޫކޮށް އެރަށުގެ ރަށްވެހިން އެހެން ރަށްރަށަށް ބަދަލުވުމަކީ ރަށުގެ އާބާދީގެ އަދަދަށް ނުރަނގަޅު އަސަރު ކުރާ ކަމެއްކަމަށް ފާހަގަ ކުރެވޭތީ އެވެ. އަދި ތިނަދޫގެ އާބާދީ އިތުރުކުރުމަށް ބާރު އެޅުމުގެ ގޮތުން ކަމަށް ވެސް އިއުލާންގައި ބުނެފައި ވެއެވެ.

އެނގުން މުހިންމު - ތިނަދޫއަށް ސިޓީގެ ދަރަޖަ ދިނީ މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕެއިންތެރޭގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ތިނަދޫ އަކީ ގދ. ގެ ވެރިކަންކުރާ ރަށް ކަމަށްވާއިރު ސިޓީގެ ދަރަޖަ ދިނުމާ ހަމަޔަށް ތިނަދޫގައި ރަޖިސްޓްރީވެފައިވާ އާބާދީގެ އަދަދަކީ 7906 އެކެވެ. 

ކޮމެންޓް (2)

ސޭކުސްތާން

7 ޖެނުއަރީ 2024
ހެޱިލައިނުން ފުރުސަތު ހޯދަން ބުނެލި މޮޅުވާހަކައެއް މާދަން ބަދަލުވާނެ ތިޔަނިންމުން.
0 0

އަޅެފަހެ

7 ޖެނުއަރީ 2024
ބައްލަވާ މަނިކުފާނު ތިއީ ޤާނޫނާ ޚިލާފުކަމެއް. ރައްވެހިކަން ދޫކޮށް އެހެން ރަށަކަށް ހިޖުރަކުރުމަކީ ޤާނޫނު އަސާސީއިން ލިބިދޭ ޙައްޤެއް. ހަނިކުރެވޭނީ ޤާނޫނުން ބާރު ލިބިގެން. ލާމަރުކަޒީ ޤާނޫނުގަ ވަރަށް ސާފު ކައުންސިލުތަކަށް ފީ ނެގޭނެ ކަންކަން. ރައްވެހިކަން ބަދަލުކުރުން އޭގެ ތެރޭގައި ނުހިމެނޭ. އެލްޖީއޭއިން މިކަމަށް ފިޔަވަޅު އަޅުއްވާ. ކައުންސިލު ކުދިންކޮޅު ފޮތްނުކިޔާ އަކްޝޭ ކުމާރު ހިންދީ ފިލުމެއް ކުޅޭހެން ކައުންސިލު ތެރޭ އުޅެންޏާ ހެދޭނެ މިކަހަލަ ފޮޅި.
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް