ކުޅުދުއްފުށީ އެއާޕޯޓު (ފޮޓޯ/ރީޖަނަލް އެއާޕޯޓްސް)

ކުޅުދުއްފުށީ އެއާޕޯޓްގެ ޕެސެންޖާ ޓާމިނަލް ތަރައްގީކުރާނެ ބަޔަކު ހޯދަނީ

ކުޅުދުއްފުށީ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލްގެ ބޮޑުކުރުމުގެ މަސައްކަތަކީ ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ވެސް ހިމެނޭ ކަމެއް

ހދ. ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ތަރައްގީ ކުރާނެ ބަޔަކު ހޯދަން ރީޖަނަލް އެއާޕޯޓްސް ކުންފުނިން އިއުލާނުކޮށްފި އެވެ.

ވީ ކިހިނެއް؟ - ކުޅުދުއްފުށި އެއާޕޯޓް ހިންގާ ރީޖަނަލް އެއާޕޯޓްސް އިން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ވަނީ އެ ކުންފުނިންދޭ ކޮންސެޕްޓު ކުރެހުމާ އެއްގޮތަށް އެއާޕޯޓުގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުންފުނިތަކަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ.

ތަފްސީލް - މި މަޝްރޫއުގެ ދަށުން 11،345 އަކަފޫޓުގެ ފަސިންޖަރު ޓާމިނަލަކާއި ޓާމިނަލް ސަރަހައްދުގައި ޝޭޑިންއެއް ލާން ހަމަޖެހިފައިވެ އެވެ. އަދި މިހާރު ބޭނުންކުރާ ޓާމިނަލްގެ ސްޓްރަކްޗާ ބަދަލުގައި ފަސިންޖަރުންނަށްދޭ ހިދުމަތްތައް ފުޅާކުރުމަށް ބޭނުންވާ އެހެނިހެން ތަންތަން ގާއިމްކުރުން ވެސް ހިމެނެ އެވެ.

  • މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުސަތު އަންނަ އަންގާރަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައި

ކުޅުދުއްފުށީ އެއާޕޯޓްގެ ފަސިންޖަރުންގެ ޓާމިނަލް ބޮޑުކުރުމުގެ މަސައްކަތަކީ މި ސަރުކާރުގެ ހަފްތާ 14 މަގުޗާޓުގައި ވެސް ހިމެނޭ ކަމެކެވެ.

ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުބީން ވިދާޅުވީ  އަލަށް ހަދާ ޓާމިނަލުގައި ފަސިންޖަރުންނަށް ބޭނުންވާ ހުރިހާ ހިދުމަތެއް ފުރިހަމައަށް ގާއިމް ކުރައްވާނެ ކަމަށެވެ.

• މިބަދަލުތަކާ އެކު ރީޖަނަލް އެއާޕޯޓްސް އިން ވަނީ ކުޅުދުއްފުށި އެއާޕޯޓު ހިމެނޭ ސަރަހައްދަށް ޓޫރިޒަމް އާ ގުޅުންހުރި ހަރަކާތްތައް ތައާރަފު ކުރަން ނިންމައި އެކަމުގެ އެއްބަސްވުމުގައި ސިޓީ ކައުންސިލާއެކު ސޮއިކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް