ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގެ ދަށުން ލަންކާގެ ކުންފުންޏާ 3000 ހައުސިން ޔުނިޓުގެ މަސައްކަތް ހަވާލުކޮށް ސޮއިކުރަން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން(ފޮޓޯ/ އެފްޑީސީ)

3000 ހައުސިން ޔުނިޓު ތަރައްގީކުރަން، ލަންކާ އާއި ރާއްޖެ ބައިވެރިވާ ކުންފުންޏަކާ ހަވާލުކޮށްފި

އެފްޑީސީން ބުނީ މިމަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ހިސާބުތަކެއްގައި ކަމަށް

ރާއްޖޭގައި 3000 ހައުސިން ޔުނިޓް ތަރައްގީކުރުމަށް، ޖޮއިން ވެންޗާ ފްރޭމްވޯކް އެއްބަސްވުމެއްގެ ދަށުން ސްރީ ލަންކާގެ ކުންފުންޏަކާއި ރާއްޖޭގެ ކުންފުންޏަކާ އެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - މި މަޝްރޫއު ކުރިއަށް ގެންދިޔުމަށް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ 'ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓަޑްއާ'، އަދި އެ ކުންފުނީގެ ރާއްޖޭގެ ރެޕްރެޒެންޓޭޓިވްއެއް ކަމަށްވާ 'އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑް'އާ އެވެ.

މިއަދު ސޮއިކުރި މި އެއްބަސްވުމުގައި:

  • ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް 

  • ލަންކާގެ ހޭލީސް އޭވިއޭޝަން އެންޑް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރީ ރާއްޖޭގެ ރިޕްރެޒެންޓޭޓިވް ކަމަށްވާ އޮނިކްސް ބިލްޑާސް ޕްރައިވެޓް ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ހުސައިން 

ބުނީ ކީކޭ؟ - އެފްޑީސީން ބުނީ މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި 3,000 ސޯޝަލް ހައުސިން ޔުނިޓް ޑިޒައިން ކުރުމާއި ފައިނޭންސް ކުރުމާއި އިމާރާތްކުރުމުގެ މަސައްކަތްކުރާނީ ހަވާލުކޮށްފައިވާ އެ ޖޮއިންޓް ވެންޗާއިން ކަމަށެވެ.

މި މަޝްރޫއު ކުރިޔަށްގެންދާނެ ސަރަހައްދެއް ކަނޑައަޅާނީ އެ ކޯޕަރޭޝަނާއި ސަރުކާރުން ކަނޑައަޅާ ހިސާބުތަކެއްގައި ކަމަށް އެފްޑީސީން ބުންޏެވެ. އެ ތަންތަނުގެ ތަފްސީލުތަކެއް އަދި ހާމައެއް ނުކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް