(ކ-ވ) ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އަދި ހައުސިންގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން

އެމްޑީޕީގެ މަޖިލިސް ޓިކެޓް އަމީރު އާއި އަކުރަމް ކަށަވަރުކުރައްވައިފި

އެ ދެ ބޭފުޅުންގެ އިތުރުން ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި މިހާރު ވެސް މަޖިލީހުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުން ހިމެނޭ

ނިމިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކުރީގެ ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީން އަށް އެމްޑީޕީގެ މަޖިލިސް ޓިކެޓް ކަށަވަރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މި ދެ ބޭފުޅުންނަށް ޓިކެޓު ކަށަވަރުވެފައި ވަނީ، އަންނަ މަޖިލިސް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ޝައުގުވެރިކަން ފާޅުކުރަން އެ ޕާޓީން ހުޅުވާލި ފުުރުސަތުގައި އެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރެއްވި ދާއިރާތަކަށް އެހެން ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ އެވެ. އެގޮތުން:

  • އަމީރު އަށް ލިބިވަޑައިގެންނެވީ ތުލުސްދޫ ދާއިރާގެ ޓިކެޓް

  • އަކުރަމް އަށް ލިބިވަޑައިގެންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިހާރު މެންބަރުކަން ކުރައްވާ މައްޗަންގޯޅި މެދު ދާއިރާގެ ޓިކެޓް

އެނގުން މުހިއްމު - މި ދެބޭފުޅުން ހިމެނޭ ގޮތަށް، ޕްރައިމަރީ އަކާ ނުލާ އެމްޑީޕީގެ ޓިކެޓް ލިބިވަޑައިގެންފައިވާ 36 ބޭފުޅުންގެ ލިސްޓު އެ ޕާޓީގެ ވެބްސައިޓުގައި މިއަދު ވަނީ އިއުލާނުކޮށްފަ އެވެ.

އެ ލިސްޓުގައި ވާގޮތުން އިތުރު ބޭފުޅަކު ކުރިމަތި ނުލައްވާތީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވި ބޭފުޅުންގެ ތެރޭގައި ކުރީ ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންގެ އިތުރުން މިހާރު އެމްޑީޕީ ތަމްސީލް ކުރައްވާ މަޖިލިސް މެންބަރުން ވެސް ހިމެނެ އެވެ.

އެގޮތުން އެ ލިސްޓުގައި ދެން ހިމެނިވަޑައިގަންނަވަނީ: 

  • ހޯރަފުށި ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް (ހޯރަފުށި ސަލީމް)

  • އިހަވަންދޫ ދާއިރާ: މުހައްމަދު އާރިފް

  • ވައިކަރަދޫ ދާއިރާ: މިހާރުގެ ވެސް މެންބަރު ހުސައިން ޒިޔާދު

  • މަކުނުދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ

  • މިލަންދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަލީ ރިޒާ

  • ފުނަދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު

  • ހޮޅުދޫ ދާއިރާ: އަހުމަދު ފާތިހް

  • ދުވާފަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދު

  • ތުޅާދޫ ދާއިރާ: މުހައްމަދު ޝަފީގް

  • ހިންނަވަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޖީހާން މަހުމޫދު

  • މާފުށި ދާއިރާ: މުހައްމަދު ލުތުފީ

  • މާމިގިލި ދާއިރާ: އަލީ ރަމީޒް

  • ދިއްގަރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އިކްރާމް ހަސަން

  • މީދޫ ދާއިރާ: އިޔާސް އިސްމާއިލް ލަތީފް

  • ގުރައިދޫ ދާއިރާ: ހަސަން ޝިނާން

  • ފޮނަދޫ ދާއިރާ: ހުސައިން އަބޫބަކުރު

  • ދާންދޫ ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ

  • ގެމަނަފުށި ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަހުމަދު ސައީދު

  • ކޮލަމާފުށި ދާއިރާ: ސައްޔާހް ހަލީލް

  • ތިނަދޫ އުތުރު ދާއިރާ: އަހްމަދު ގައިސް

  • ފަރެސްމާތޮޑާ ދާއިރާ: އަހްމަދު ޒައީމް

  • ގައްދޫ ދާއިރާ: އަހްމަދު ސައީދު މުހައްމަދު

  • ފުވައްމުލަކު މެދު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ދީދީ

  • ހިތަދޫ އުތުރު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު އަދި މަޖިލިސް ރައީސް މުހައްމަދު އަސްލަމް

  • ހިތަދޫ ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް

  • މެދު ހެންވޭރު ދާއިރާ: އިބްރާހިމް އަލީ ޖަލީލް

  • ހެންވޭރު ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު ހުސައިން ޝަމީމް

  • ގަލޮޅު އުތުރު ދާއިރާ: މުހައްމަދު އިބްރާހިމް

  • ގަލޮޅު ދެކުނު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް

  • މައްޗަންގޯޅި އުތުރު ދާއިރާ: ލިރުގާމް ވަހީދު

  • މައްޗަންގޯޅި ދެކުނު ދާއިރާ: ކުރީގެ މެންބަރު އަބްދުﷲ ސިނާން

  • މާފަންނު ހުޅަނގު ދާއިރާ: މިހާރު ވެސް އެ ދާއިރާގެ މެމްބަރު މުހައްމަދު ފަލާހް

  • މާފަންނު މެދު ދާއިރާ: އަހުމަދު އާމިރު

  • މާފަންނު ދެކުނު ދާއިރާ: ހަސަން އިއާދު ސަލީމް

ފާހަގަކޮށްލެވޭ - އެމްޑީޕީން ބުނި ގޮތުގައި އެއް ކެންޑިޑޭޓަަކަށް ވުރެ ގިނަ ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ޓިކެޓް ދިނުމުގައި އަމަލު ކުރާނޭ ގޮތެއް ނިންމާނީ މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން ކަންކަން ނިންމަން ގައުމީ މަޖިލީހުން ނަގާފައިވާ ކޮމެޓީއިން ނިންމާ ގޮތެއްގެ މަތިންނެވެ. އަދި ފަހުގެ ތާރީހެއްގައި އެކަން އިއުލާން ކުރައްވާނެ ކަމަށް ވިދާޅުވި އެވެ. 

ބެލެވޭ ގޮތުގައި އެ ދާއިރާތަކުގައި ބާއްވާނީ ޕްރައިމަރީ އެވެ. 

ކޮމެންޓް (3)

މުހައްމާ

15 ޖެނުއަރީ 2024
ތުލުސްދޫގެ ނެތް އަމީރުއަށް ވޓްއަޅާނެ މީހެއް އަކުރަމް ކަމާލުއްދީނަށް އަކުން %5 މީހުން ފަހަރެއްގަ ވޯޓް ދީފާނެ
0 0

ބެއްޔާ

4 ޖެނުއަރީ 2024
މައްޗަންގޮޅި މެދު ދާއިރާގެ ރައްޔިތުންނަށް އަޅުގަނޑު ކުރަން އޮތް އިލްތިމާސްއަކީ، އަކްރަމް އަށް ވޯޓު ދިނުމުގެ ކުރިން އޭނާ މިނިސްޓަރު ކަމުގައި ހުރެގެން ހިންގިހާ ކަންތައްތައް ހަނދާނުގަ ބަހައްޓައްޗޭ.
1 0

ސަބާ

4 ޖެނުއަރީ 2024
މީގެން މި ދޭހަވީ އެމް.ޑީ.ޕީ އިން ކޮންމެ ކަމަކަށް ކުރިމަތިލާއިރު ހުންނަންޖެހޭ ސިފައަކީ ފެއިލްވެފައިވާ ، އަދި ކެއުމަށް މޮޅު، ފަސޭހައިން ކަރަޕްޝަންހެންގޭ މޮޅު މީހުނަށް ދޯ؟
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް