ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ގާނޫނުއަސާސީ ކިޔުއްވަނީ (ފޮޓޯ/ މަޖިލިސް)

ހިސާން ހުސައިން

ހިސާން މަޖިލީހަށް ވާދަނުކުރައްވަން ނިންމަވައިފި

މެންބަރު ކަމަށް ވާދަނުކުރެއްވި ނަމަވެސް އެމްޑީޕީގައި ދެމި ހުންނަވާނޭ ކަމަށް ހިސާން ވިދާޅުވި
3 ޖެނުއަރީ 2024
3

ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަނުކުރައްވަން ނިންމަވާފައިވާކަން އޭނާ މިއަދު ހާމަކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ)ގައި ރައްޔިތުން މަޖިލިސް ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި އިންނަވާ އަދި އެ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ހިސާން އެކަން ހާމަކުރެއްވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

ތަފްސީލް - އެ ޕޯސްޓްގައި އޭނާ ވަނީ މަޖިލީހުގައި ތުޅާދޫ ދާއިރާ ތަމްސީލް ކުރުމަށް އޭނާއަށް ދާއިރާގެ ރައްޔިތުން ދެއްވި ފުރުސަތާއި ތާއީދާއި އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވައިފަ އެވެ. ހިސާން އިތުރަށް ވިދާޅުވީ:

  • އޭނާ މެންބަރުކަމުގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގައި އާއިލާ އާއި ސަޕޯޓަރުންނާއި އޭނާގެ ޓީމްގެ ފަރާތުން ލިބުނު އެއްބާރުލުމަށް ޝުކުރު އަދާކުރެއްވި

  • މަޖިލީހަށް ވާދަނުކުރެއްވިޔަސް އެމްޑީޕީއާ އެކު ދެމި ހުންނަވާނޭ ކަމަށް ވެސް ވިދާޅުވީ

"2024 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހަށް އަޅުގަނޑު ކުރިމަތި ނުލާން ނިންމާފައިވާކަމުގައި ދަންނަވަން. އުންމީދަކީ މާތް اللهގެ ވާގިފުޅާއެކު އަބަދު ވެސް ރައްޔިޔުންނަށް ހިދުމަތްކުރުމުގައި ދެމިހުރުން،" ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ހިސާން ލިޔުއްވި އެވެ. 

ފާހަގަކޮށްލެވޭ - ހިސާން ހުސެއިން އެންމެ ފުރަތަމަ ފާހަގަ ކުރެއްވުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުގެ ގޮތުގަ އެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ޖެހުނު މައްސަލައިގައި ހިސާން އިހުތިޔާރު ކުރެއްވީ ރައީސް ސޯލިހުގެ ފަޅި އެވެ. އެފަހުން: 

  • ތުޅާދޫއަށް ހިސާން ވަޑައިގެންނެވުމުން ނަޝީދުގެ ސަޕޯޓަރުންނާއި އޭރުގެ އިދިކޮޅު ފަރާތްތަކުން ހިސާންއާ ދެކޮޅަށް ރަށުގައި މުޒާހަރާކޮށްފައިވޭ 

  • ހިސާން ވަނީ ފަހުން އެމްޑީޕީގެ ޕޯޑިއަމްތަކުގައި ނަޝީދާއި އެމަނިކުފާނު އުފެއްދެވި ދަ ޑިމޮކްރެޓްސްއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައި

ކޮމެންޓް (3)

އާދަނު

3 ޖެނުއަރީ 2024
ރަނގަޅު. މުޅި ގައުމު ހަލާކުކޮށްލާފަ އުމުރަށް މެންބަރު ޕެންޝަން ނަގައިގެން އުދުހޭ ދެން.
1 0

ސޭކުސްތާން

3 ޖެނުއަރީ 2024
ކީއްވެގެން ބުނަން ނުކެރުނީ ދާއިރާގެ ތައުލީމީ ބޭފުޅުންނާވާދަކުރަން ނުރޭނެޔޭ ވާދަކޮށްގެން ތިމަން ދާނީޗޮކުންނޭ އެހެންވެގެންނޭ ކުރިމަތިނުލަނީ
1 0

ޙަމްދުﷲ

3 ޖެނުއަރީ 2024
ٱلْحَمْدُ لِلَّٰهِ
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް