މިރޭ ޕީއެންސީއަށް ސޮއިކުރެއްވި 13 މެންބަރުން ރައީސް މުއިއްޒުއާ އެކު

އެމްޑީޕީގެ 12 މެންބަރަކު ޕީއެންސީއާ ގުޅި އެންމެ ރެއަކުން ސުޕަ މެޖޯރިޓީ ގެއްލިއްޖެ

މިރޭ ޕީއެންސީއަށް ސޮއިކުރި 13 މަޖިލިސް މެންބަރުންނާ އެކު މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުންގެ ޖުމްލަ 17 އަށް އަރާނެ

ރައްޔިތުން މަޖިލީހުގެ 13 މެންބަރަކު ވެރިކަން ކުރާ ޕީއެންސީއަށް މިރޭ ސޮއިކުރައްވައިފި އެވެ. 

ފާހަގަކޮށްލެވޭ - އޭގެ ތެރެއިން އެންމެ މެންބަރެއް ފިޔަވާ ދެން ސޮއިކުރި 12 މެންބަރުންނަކީ ވެރިކަން ކުރާ އެމްޑީޕީގެ މެންބަރުންގެ ގޮތުގައި މިވަގުތު ތިބުމަށް ފަހު ޕީއެންސީއާ ގުޅިވަޑައިގަތް މެންބަރުންނެވެ. 

ވީ ކިހިނެއް؟ - ރައީސް މުއިއްޒު ބައިވެރިވެ ވަޑައިގެން ދަރުބާރު ގޭގައި ބޭއްވި ޖަލްސާގައި އެ މެންބަރުން ވަނީ ޕީއެންސީއަށް ސޮއިކޮށްފައިވާ ފޯމު ރައީސް މުއިއްޒު އާއި އެ ޕާޓީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲއާ ސްޓޭޖް މަތިން ހަވާލުކޮށްފަ އެވެ.

ތަފްސީލް - ޕީއެންސީއަށް މިރޭ ސޮއިކުރެއްވި މެންބަރުންނަކީ: 

  • 1-

    އެމްޑީޕީގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް

  • 2-

    އެމްޑީޕީގެ ފޭދޫ ދާއިރާގެ މެންބަރު މުހައްމަދު ނިހާދު 

  • 3-

    މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް؛ އޭނާ ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އެމްޑީޕީން ވަކިވެފައި 

  • 4-

    އެމްޑީޕީގެ އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު

  • 5-

    އެމްޑީޕީ ކަނޑިތީމު ދާއިރާގެ މެންބަރު އަބްދުﷲ ޝަހީމް އަބްދުލްހަކީމް 

  • 6-

    އެމްޑީޕީ ކުރެންދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުލްގަނީ

  • 7-

    އެމްޑީޕީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު

  • 8-

    އެމްޑީޕީ މުލަކު ދާއިރާގެ މެންބަރު އަހުމަދު ނަސީރު 

  • 9-

    އެމްޑީޕީ ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު

  • 10-

    އެމްޑީޕީ މާފަންނު ދެކުނު ދާއިރާގެ މެންބަރު އާދަމް އަލީ 

  • 11-

    އެމްޑީޕީ ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދު 

  • 12-

    އެމްޑީޕީ ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން  ޝިޔާން

  • 13-

    އެމްޑީޕީ ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝާޒު 

އެނގުން މުހިންމު - މިރޭ ޕީއެންސީއަށް ސޮއިކުރެއްވި 13 މަޖިލިސް މެންބަރުންނާ އެކު މަޖިލީހުގައި ތިއްބެވި ސަރުކާރު މެންބަރުންގެ ޖުމްލަ 17 އަށް އަރާނެ އެވެ. މީގެ އިތުރަށް ވެރިކަން ކުރާ އެމްޑީޕީއަށް މަޖިލީހުގައި އޮތް ސުޕަމެޖޯރިޓީ ގެއްލޭނެ އެވެ. އެގޮތުން: 

  • މަޖިލީހުގެ އެމްޑީޕީ މެންބަރުންގެ އަދަދު 55 އިން 43 އަށް ވެއްޓޭނެ 

ގުޅުންހުރި - މި މެމްބަރުން އެމްޑީޕީން ވަކިވެފައިވަނީ ކުރިއަށް އޮތް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓް ހޯދުމަށް ޕާޓީ ތެރޭގައި އުފެދުނު ވާދަވެރި ކަމުގައި މައްސަލަ ހޫނުވެގެން ކަމަށް އެމްޑީޕީން ބުނެފައިވެ އެވެ. މީގެ އިތުރަށް:

  • އެމްޑީޕީގެ މެންބަރުން ޕީއެންސީއަށް ގެންދިޔުމަށް ރިޝްވަތު ދިން ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރި 

  • ނަމަވެސް ސަރުކާރުން އެ ތުހުމަތުތައް މިއަދު ދޮގުކޮށްފައިވޭ 

ބުނީ ކީކޭ؟ - ފޯމުތަކާ ހަވާލުވުމަށް ފަހު އެ މެންބަރުންނަށް މަރުހަބާ ދަންނަވަމުން ރައީސް މުއިއްޒު އެ ހަފްލާގައި ވިދާޅުވީ އެ 13 މެންބަރުންނަކީ ގައުމީ ފިކުރާ ގުޅުނު މެންބަރުން ކަމަށެވެ. އަދި އެބޭފުޅުން ގައުމަށްޓަކައި އެ ނިންމެވި ނިންމެވުމަށް ސާބަސް ދެއްވާ ކަމަށް ވިދާޅުވި އެވެ. އަދި މިއީ ފެށުމެއްކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ އަދިވެސް އިތުރު އެމްޑީޕީގެ މެންބަރުން ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ތައްޔާރަށް ތިބި ކަމަށެވެ. 

ކޮމެންޓް (11)

ބޯދިގުވަނީ

29 ޑިސެމްބަރު 2023
ޕޕމ/ޕނސ ގެ މަތީފަޑީގައި އަބަދުވެސް ތިބެނީ ސާފުތާހިރުކޮށް ތިބޭމީހުންނެވެ. ބޯކޮށައި ނަލަކޮށް ތުބުޅި އޮމާންކޮށްގެންނެވެ. ނުވަތަ ތުބުޅި ބަހައްޓާނަމަ ރީއްޗަށް ތުބުޅި ހަދާފައެވެ. މިޚަބަރުގެ ފޮޓޯގައި ތިއްބެވި ހުރިހާ ބޭފުޅުން ވެސް ބޯކޮށަފައި ސާފުތާހިރުކޮށް ތިއްބެވި ނަމައޭ ހާދަހިތަށް އެބައަރައޭ.
0 1

ބޯކުރުކުވަނީ.

29 ޑިސެމްބަރު 2023
@ބޯދިގުވަނީ ބަލަ އޑޕ ގަ ތިބީކީ ތިވިސްނާ މިންގަޑުން ބަލާއިރުގަ މާކަ ނުސާފު ބައެއްނޫން އެމީހުންވެސް ބޮލާއި ތުނބުޅީގެ އިތުރުން ލަދުވެތި ހިސާ ބުގެ އިސްތަށިތައްވެސް ބާލާ ކުރު ކޮށްގެން އާފްޓަރ ޝޭފް ޖަހާގެން ތިބެކުރީކީ މާކަތާހިރުކަން ކަމެއް ނޫން އެނގޭ އެކަން ހަނދާނުގައި ބަހައްޓާލައިގެން ވާހަކަ ދެއްކުން މުހިންމުވާނެ ކަމަށް ދެކެން.
0 0

ގަޅީ

29 ޑިސެމްބަރު 2023
ތިތިބަ ޝަރީފުމެން ހަމަ ތިގޭމް ޖައްސައިގެން ކޮންމެ ފަހަރަކު މަޖިލީހަށް. ޝަރީފު 1 - 0 ރައްޔިތުން.
4 0

އިސްކުރުބެ

29 ޑިސެމްބަރު 2023
@ގަޅީ ބަލަ އައްޑޫ ރައްޔިތުން ގަމާރީއެއް ނުން ޝަރީފް ބަރާބަރު ގަމާރުންގެ ތެރޭގައި ބޭނުން ކުޅިއެއް ކުޅެލަން ނިކަން ފަސޭހަވާނެ. ކުޑަލާރިކޮޅެއް ދިނީމަ ގަމާރުން ތިބޭނެ 32 ދަތް އަތަށްލައިގެން ދުފާލަ ދުފާލާ ޝަރީފް އިސް ބެސްޓް.
2 0

ހެޔޮނުވާނެ

29 ޑިސެމްބަރު 2023
ދާއިރާގެ މީހުން ބޮލެއް ހުރިއްޔާ މިފަހަރު މިމީހުން ނުހޮވާތި! މިމީހުން އެންޑޯޒްކުރާ ބައެއްވެސް ނުހޮވާތި!
3 0

ަނަސީ

29 ޑިސެމްބަރު 2023
ދިވެހިން ފައިސާގައި ހިފާހާ ހިދަލު ތި އެއްކަމެއްވެސް ރަގަޅެއް ނުވާނެ
2 0

އަޔާން

29 ޑިސެމްބަރު 2023
ﷲ ގެ ކަލާންފުޅުގައި ކަނޑައެޅިގެން ހައްދު ކަނޑައަޅުއްވައިފައި އޮއްނަ ހައްދުތަކައް ގޮންޖަހާފައި ގާނޫނު ހަދާ މީހުންގެ އަނބިދަރިންނައް ކާންދޭނީ ނަރަކައިގެ އަލިފާން ކޮންމެހެން ޕާރޓީއިން ވަކިވެގެން އެހެން ޕާރޓީއަކަށް ސޮއެކުރީމަކާނޫން ލިބޭ ރުފިޔާ ޙަރާމް ވަނީކީ.ތިޔަ މަޖިލީހޭތިކިޔާ ތާކު ނެތް ސަހަލު އެކަތިވެސް.
0 1

އަހުމަދު

28 ޑިސެމްބަރު 2023
އަހަރެން ކުރީދުވަހު ބުނިން މަޖްލިސް އެމް.ޑީ.ޕީ 14 މެމްބަރުން ލާރިއަށް ވިކޭނޭ، ބުނީމަ ޖޯކު ޖެހި މީހުނަށް ވރަށް ސަލާމް. ދެން މަޖްލިސް އަށް ތިތާ ތިހުރި އެއްވެސް މީހަކު އިންޝާﷲ ނުހޮވޭނެ. ލާރިއަށް ބޫތު ކައިފަ ، ﷲ އަށް ބިރުވެޔިވެ، އަނބިދަރިންނަށް ކާން ތި ދެވެނީ ކޯންޗެއްތޯ ބަލާލުމަށް ނަޞޭޙަތް ތެރިވަން. ކޮންމެ އިންސާނަކުވެސް މިދުނިޔެ ދޫކޮށްފައި ދާނެ، މިހާރު އެއްވެސް ޖެހިލުމެއް ނެތި އިއްޔެ ހުތުރު އެއްޗެހި ގޮވާފަ ކުއްލިއަކަށް މުއިޒް ހުދު ފޮތިކޮޅަކަށް ވީ ކިހެނެއް؟
7 1

ޏާއްކޮ

28 ޑިސެމްބަރު 2023
@އަހުމަދު ސަތޭކައިގެ ވާހަކައެއް. ކޮންމެ ސަރުކާރެއް އަޔަސް ކުޅެނީ ހަމަ އެއް ކުޅިވަރެއް. އުޅެނީ ހަމަ އެއް ބައެއް. ދިވެހިންނަށް ކޮން އިރަކުންތަ ވިސްނޭނީ
7 0

މަމީީމަ

29 ޑިސެމްބަރު 2023
@އަހުމަދު ކަލޭމެންް ހިތްް ނުރުހޭޭ ޕާރޓީީ އިންް ހިތްް ރުހޭޭ ޕާރޓީީ އަށްް މެމްބަރެއް އައީމަަ އެއީީ ތެދުމަގުު ދެއްކެވީީ. ހިތްް ރުހޭޭ ޕާރޓީއިންް ހިތްް ނުރުހޭޭ ޕާރޓީއަށްް މެމްބަރުު ދިޔައީމަަ ލާރިި އާާ ހެދިި ބޫތުު ކައިފަަ. ކޮސްް ނުގޮވަބަލަަ!
1 1

ޒުލްފު

29 ޑިސެމްބަރު 2023
@ޏާއްކޮ ދިވެހިން ވިސްނާ ތިބެގެން ކުރަން ވީކަމެއް އަޅެދެންފަހެ ބުނެލަދީބަލަ އޭރުންނުން އެނގޭނީ ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ވަނީ ހަމައެއް ގޮތްކަމަށްތިބުނަނީ ދެން ކޮންބަ އެެއްވެރި ކަމަށް ގެންނާނީ. ޞުނެބަ.
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް