ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ މައި އޮފީސް.

އިންޓަނެޓް

ސަބްމެރިން ކޭބަލްއަށް ގެއްލުންވެ އާރުއޯއެލްގެ ހިދުމަތް މެދުކެނޑިއްޖެ

މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ގެއްލުންވެފައިވަނީ ސްރީ ލަންކާއަށް އަޅާފައިވާ ސަބްމެރިން ކޭބަލްއަށް ކަމަށް އާރުއޯއެލްއިން ބުނި
17 ޑިސެމްބަރު 2023
1

އިންޓަނޭޝަނަލް ސަބްމެރިން ކޭބަލްއަށް ލިބުނު ގެއްލުމެއްގެ ސަބަބުން ރާއްޖެ އޮންލައިން (އާރުއޯއެލް)ގެ އިންޓަނެޓް ހިދުމަތަށް މިދިޔަ ހުކުރު ދުވަހުން ފެށިގެން ބުރޫއަރާފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - އެ ކުންފުނިން މިއަދު ނެރުނު ބަޔާނެއްގައިވާ ގޮތުން، މިހާތަނަށް ބެލި ބެލުމުން އެނގިފައިވާ ގޮތުގައި، ގެއްލުންވެފައިވަނީ ސްރީ ލަންކާއަށް އަޅާފައިވާ ސަބްމެރިން ކޭބަލް އަށެވެ.

ކޭބަލްއަށް ލިބިފައިވާ ގެއްލުން ދެނެގަނެ މައްސަލަ ހައްލު ކުރުމަށް އާރުއޯއެލްގެ ފަންނީ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ބުނީ ކީކޭ؟ - "ފުލް ކެޕޭސިޓީގައި އަލުން ހިދުމަތް ދޭން ފެށުމަށް ވަރުބަލިކަމެއް ނެތި އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުން،" އާރުއޯއެލްގެ ކަސްޓަމާ ސާވިސްގެ ހެޑް އާމިނަތު ސަނީތާ ވިދާޅުވި އެވެ.

"ސަބްމެރިން ކޭބަލްގެ މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރިއަށް ދާއިރު، ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މެދުނުކެނޑި ކަސްޓަމަރުންނަށް ހިދުމަތް ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑުމެން މި ދަނީ ކުރަމުން."

މިދަނޑުވަޅުގައި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ ދަތިތަކަށް މައާފަށް އެދެމުން، އާރުއޯއެލް އިން ވަނީ ކަސްޓަމަރުންގެ ކެތްތެރިކަމަށް ޝުކުރުއަދާކޮށްފަ އެވެ.

ކޮމެންޓް (1)

އަލިދީދީ

17 ޑިސެމްބަރު 2023
ނުދޭ ހިދުމަތަށް ވެސް ބިލް ކުރާ ބައެއް
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް