ފުވައްމުލަކުގައި އޮންނަ ޓައިގާ ޝާކު ޕޮއިންޓުގައި ޑައިވަރެއް. ގިނަ އަދަދެއްގެ ޓައިގާ ޝާކް އެތަނުން ފެނޭ

ފުވައްމުލައް

ފުވައްމުލަކުގައި މިޔަރަށް ކާން ދެނިކޮށް އަތުގައި ދަތް އަޅައިފި

އިންސްޓްރަކްޓަރުގެ އިނގިލީގެ ކުޑަ މަސްކޮޅެއް ދިއުން ފިޔަވައި މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ ކައުންސިލުން ބުނި

ފަތުރުވެރިންގެ މެދުގައި މަގުބޫލު ފުވައްމުލަކުގެ ޓައިގާ ޝާކް ޕޮއިންޓަށް ގެސްޓުން ގޮވައިގެން މިއަދު ހަވީރު ފީނަން ގޮސް އުޅުނު އިންސްޓްރަކްޓަރެއްގެ އަތުގައި މިޔަރެއް ދަތް އަޅައިިފި އެވެ.

ވީ ކިހިނެއް؟ - ފުވައްމުލަކު ކައުންސިލުގެ މެމްބަރު މުހައްމަދު އިސްމާއިލް މިރޭ 'ދައުރު'އަށް ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގީ އެ ރަށު ބަނދަރު ނެރާ ދިމާލުން އޮންނަ ޝާކް ޕޮއިންޓަށް ގެސްޓުން ގޮވައިގެން ގޮސް މިއަދު ހަވީރު އުޅެނިކޮށެވެ.

ތަފްސީލް - އިންސްޓްރަކްޓަރުގެ އަތުގައި ދަތް އެޅީ މިޔަރަށް ކާން ދޭން އުޅެނިކޮށް ކަމަށާއި އިނގިލީގެ ކުޑަ މަސްކޮޅެއް ދިއުން ފިޔަވައި މާ ބޮޑު އަނިޔާއެއް ނުވާ ކަމަށް ހޮސްޕިޓަލާ ހަވާލާދީ އޭނާ ވިދާޅުވި އެވެ.

އެނގުން މުހިންމު - ޓައިގާ ޝާކު ޕޮއިންޓަކީ އާންމުކޮށް ގެސްޓުން ގޮވައިގެން އިންސްޓްރަކްޓަރުން ގޮސް އުޅޭ ތަނެކެވެ.

މިޔަރަށް ކާން ދިނުމުގެ ސަބަބުން މިޔަރު އިންސާނުންނަށް ހަމަލާ ދީފާނެ ކަމުގެ ބިރު އޮންނަ ކަމަށް ބުނެ، ފީނުމުގެ ދާއިރާގައި ހަރަކާތްތެރިވާ މީހުން އެކަން ނުކުރުމަށް އިންޒާރު ދެ އެވެ. ނަމަވެސް، މިޔަރު އެއް ތަނަކަށް ޖަމާކުރުމަށް ކަރުގޮހޮރު އެޅުން ފަދަ ކަންކަން ފުވައްމުލަކާއި އެ ނޫން ވެސް ބައެއް ރަށްރަށުގައި ކުރެ އެވެ.

ކޮމެންޓް (1)

ޕިންގް ފޮންގް

18 ޑިސެމްބަރު 2023
ބޭބީ ޝާކް ޑޫޑޫ ޑު ޑޫޑުޑޫ......ޓައިގާ ޝާކް ޑޫޑޫ ޑު ޑޫޑުޑޫ.....ކާލީ ހޭންޑް ޑޫޑޫ ޑު ޑޫޑުޑޫ.....
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް