މީގެ ކުރިން ކ. ގުޅީގެ އިހުތިސޯސުގެ ތެރޭގައި ހިމެނޭ ފުށިދިއްގަރުފަޅު.

ކ. ގުޅި

ގުޅީގެ އިހުތިސާސުން ފުށިދިއްގަރުފަޅު ވަކިކޮށްފި

ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް މަޝްރޫއު
13 ޑިސެމްބަރު 2023

ކ. ގުޅީގެ އިހްތިސޯސުގެ ތެރޭގައި މިހާތަނަށް އޮތް ފުށިދިއްގަރުފަޅު އެ ރަށުގެ އިހްތިސޯސުން މިއަދު ވަކިކޮށްފި އެވެ.

ވީ ކިހިނެއް؟ - ގުޅީގެ އިދާރީ ދާއިރާގެ އިހްތިސޯސަށް ބަދަލު ގެނެސްފައި ވަނީ ރައީސް މުހައްމަދު މުއިއްޒު މިއަދު ގެޒެޓު ކުރައްވާފައިވާ ގަރާރަކުންނެވެ.

އެ ގަރާރުގައިވާ ގޮތުން:

  • ގުޅީގެ އިހްތިސޯސަށް ބަދަލު ގެނެސްފައި ވަނީ ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން

  • އެ ގާނޫނުގައި ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިސްތިސޯސް ކަނޑައެޅުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވަނީ ރައީސްއާ

އެނގުން މުހިއްމު - ބޯހިޔާވަހިކަމަށް ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއަކީ ރައީސް މުހައްމަދު މުއިއްޒުގެ ގެދޮރުވެރިކަމުގެ ސިޔާސަތުގައި ހިމެނޭ އެންމެ މުހިންމު އަދި މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު އެވެ.

ފުށިދިއްގަރުފަޅު ހިއްކައިގެން މަޝްރޫއު ހިންގަން ރާވާފައިވާ ގޮތުގެ ކުރެހުމެއް.

ރައީސް މުއިއްޒު އިއުލާންކުރައްވާފައިވާ ގޮތުގައި، ފުށިދިއްގަރުފަޅުން 1،280 ހެކްޓަރު ހިއްކާނެ އެވެ. އެއީ ހުޅުމާލޭގެ ދެ ފޭސްއަށް ވުރެ ތިން ގުނަ ބޮޑު ސަރަހައްދެކެވެ. އެގޮތުން:

  • ފުށިދިއްގަރުފަޅު ތަރައްގީ ކުރާނީ މޫސުމީ ބަދަލުތަކުން ލިބޭނޭ ގެއްލުންތައް ކުޑަވާނޭ ގޮތަށް ތިން މީޓަރަށް ވުރެ އުސްކޮށް 

  • އެ ރަށުގައި އެކަނި 31،500 ހައުސިން ޔުނިޓް އެޅުމަށް ވަނީ ރާވާފައި

  • ޔޮޓްމެރީނާ އާއި ކްރޫޒް ޓާމިނަލް ހިމެނޭނެ

  • ގެސްޓްހައުސް އާއި ޓޫރިޒަމަށް ހާއްސަ ވަކި ދެ ރަށެއް އެ ފަޅުގައި ތަރައްގީކުރާނެ

  • ވިޔަފާރި އަދި ކުޅިވަރަށް ހާއްސަ ސަރަހައްދެއް ތަރައްގީ ކުރާނެ

އެ މަޝްރޫއު ހިމެނޭހެން، މިދިޔަ ސަރުކާރުން ފަށާފައިވާ ގިރާވަރު އަދި ގުޅިފަޅު މަޝްރޫއު ހިމަނައިގެން 65،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ދޭން ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.

އެ މަޝްރޫއަށް އަންނަ އަހަރުގެ ބަޖެޓުގައި 400 ރުފިޔާ ހިމަނަން ވެސް ހުށަހަޅާފައިވެ އެވެ. ނަމަވެސް، އެ ފައިސާ އުނިކޮށް، އިދިކޮޅު އެމްޑީޕީގެ ކޮންޓްރޯލް އޮންނަ މަޖިލީހުގެ ބަޖެޓު ކޮމިޓީން ފާސްކޮށްފައިވަނީ އެ ފައިސާ، މިދިޔަ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭ ގޮތަށް އެހެން ކަންކަމަށް ބަހާލުމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް