ފުވައްމުލައް ބަނދަރު ސަރަހައްދު: އެ ރަށު މަގެއްގެ މައްޗަށް ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖަކަށް ދަނީ ފަރުވާ ދެމުން (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ފުވައްމުލައް

ފުވައްމުލަކު މަގެއް މައްޗަށް ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖަކަށް ފަރުވާ ދެނީ؛ ހާލު ސީރިއަސް

ފުލުހުން ބުނާ ގޮތުގައި ވެއްޓިފައި އޮއްވާ ފެނުނީ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް

ފުވައްމުލަކުގައި މަގުމަތީ، ރޭ ދަންވަރު ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުޑަ ކުއްޖަކަށް ފަރުވާ ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެ ކުއްޖާ ވެއްޓިފައި އޮއްވާ ފެނުނީ، ރޭ ދަންވަރު 3:40 އެހާކަންހާއިރު އެ ރަށުގައި ޕެޓްރޯލް ކުރަމުން ދިޔަ ފުލުހުންނަށެވެ. 

ބުނީ ކީކޭ؟ - "ޕެޓްރޯލް ކުރަމުން ދިޔަ އިރު، މާލެގަން ބަހާރުމަގާއި ގާޒީމަގު ގުޅޭ ހިސާބުން ސައިކަލަކާ އެކު ވެއްޓިފައި އޮތް ކުއްޖެއް ފެނިގެން ފުވައްމުލަކު ހޮސްޕިޓަލަށް ގެންގޮސްފައިވޭ،" ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުންޏެވެ.

ތަފްސީލު - ފުލުހުން އިތުރަށް ބުނި ގޮތުގައި:

  • ވެއްޓިފައި އޮއްވާ ފެނުނީ، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖެއް

  • އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ

މި މައްސަލަ ފުލުހުން ތަހުގީގުކުރަމުން އަންނަ އިރު، އެކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް