އެންޓި-ކޮރަޕްޝަން ދުވަސް ފާހަގަކުރަން އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ޒަމީރު ބައިވެރިވެވަޑައިގަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ސަރަހައްދީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުން ގުޅުން ބަދަހިކުރަން ޖެހޭ: ޒަމީރު

ކުރިއަށް އޮތް ތަނުގައި ވެސް، މި ސަރަހައްދުގެ ގައުމުތަކުގެ ކަންބޮޑުވުންތަކުން އަރައިގަތުމަށް ރާއްޖޭން އެ ގައުމުތަކާ އެކު މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި

މި ސަރަހައްދަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކުރަން ޖެހޭ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއިން އެ ކަމަށް އެއްބާރުލުންދީ، ސަރަހައްދީ ގައުމަތަކާ އެކު މަސައްކަތް ކުރާނެ ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ޒަމީރު މިހެން ވިދާޅުވީ، ދެކުނު އޭޝިއާގެ ގައުމުތައް ތަމްސީލުކުރާ ޖަމިއްޔާ، ސާކުގެ ޗާޓަރު އެކުލަވާލިތާ 39 އަހަރު ފުރުނު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ މެސެޖެއްގަ އެވެ.

ބުނީ ކީކޭ؟ - މިނިސްޓަރު ވިދާޅުވީ:

  • ސާކުގެ ޗާޓަރު ފަރުމާކޮށްފައި ވަނީ ސަރަހައްދީ ގައުމުތަކަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް އެކީގައި މަަސައްކަތް ކުރުމަށް 

  • އެ އަމާޒު ހާސިލުކުރުމަށް ރާއްޖެއިން އަބަދުވެސް އޮތީ ތައްޔާރަށް 

  • ކުރިއަށް އޮތް ތަނުގައި ވެސް، މި ސަރަހައްދުގެ ގައުމުތަކުގެ ކަންބޮޑުވުންތަކުން އަރައިގަތުމަށް ރާއްޖޭން އެ ގައުމުތަކާ އެކު މަސައްކަތް ކުރާނެ

"ޒަމާނީ ގޮންޖެހުންތަކުން އަރައިގަތުމަށް ގައުމުތަކުގެ މެދުގައި ގުޅުންތައް އިތުރަށް ބަދަހިކުރަން ޖެހޭ ކަމާ މެދު އެއްވެސް ޝައްކެތް ނެތެވެ. މި ހާއްސަ ދުވަހުގައި، ގުޅިގެން މަސައްކަތް ކުރުމުގެ ރޫހު އާލާކޮށް، އެއް ބަޔަކު އަނެއް ބަޔަކާ އިތުރަށް ގުޅިފައިވާ، ހަމަޖެހުން ގާއިމްވެފައިވާ ދެކުނު އޭޝިއާއެއް ބިނާކުރުމަށް ދީފައިވާ ޔަގީންކަން އާކުރަން ޖެހެ އެވެ،" އެ މެސެޖުގައިވެ އެވެ.

އެނގުން މުހިންމު - ސާކުގައި މިހާރު ހިމެނެނީ:

  • 1-

    ރާއްޖެ

  • 2-

    އިންޑިއާ

  • 3-

    ޕާކިސްތާން

  • 4-

    ބަންގްލަދޭޝް

  • 5-

    ނޭޕާލް

  • 6-

    ބޫޓާން

  • 7-

    އަފްގާނިސްތާން

އަފްގާނިސްތާނު ފިޔަވައި އެހެން ހުރިހާ ގައުމުތަކަކީ ސާކު އުފެއްދުމުގެ ބައިވެރިން ކަމަށް ވާއިރު، އެ ހަ ގައުމުގެ ވެރިން ސާކުގެ ޗާޓަރުގައި ސޮއިކުރެއްވީ 1985 ވަނަ އަހަރު ބޭއްވި ފުރަތަމަ ސާކް ސަމިޓުގަ އެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު އޮންނަ ޒަމާންވީ ކޯޅުންތަކާ ހުރެ، ސާކުގެ މަސައްކަތްތައް ރަނގަޅަކަށް ނުހިނގަ އެވެ.

ކޮމެންޓް (4)

މނޒރ

9 ޑިސެމްބަރު 2023
ޒަމީރު ރަނގަޅު
0 0

ޥަނުވަ

9 ޑިސެމްބަރު 2023
ލަންކާ ކޮބާ
0 0

ީއިގްނޯމަސް

8 ޑިސެމްބަރު 2023
މީނަ ރީއްޗައް ފެއިލްވާނެ. ފޮރިންގެ ފެންވަރެއްނެތް. ޙުސް ޓުވީޓު ކުރަނީ
0 0

އިބުރާ

8 ޑިސެމްބަރު 2023
ކޮންމެ ސަރުކާރަކުން އެންމެ ރަގަޅު މީހާ ޚާރިޖީއަށް ލަނީ ކީއްވެ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް