ފުލުހުން 15 އޮކްޓޯބަރު 2022 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
އަވަސް އަރުވާލައިގެން ފުލުހުންނަށް ޕްރޮމޯޝަން ދިނުން ހުއްޓުވަން ކޯޓަށް
އަވަސް އަރުވާލައިގެން ފުލުހުންގެ އިސް އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދިން މައްސަލައިގައި އެކަން ހުއްޓުވަން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ދައުރު ނިމެން ދެ ދުވަހަށް ވެފައި ވަނިކޮށް ފުލުހުންގެ އިސް ރޭންކުގެ ބައެއް އޮފިސަރުންނަށް އަވަސް އަރުވާލައިގެން މިދިޔަ މަހު ހާއްސަ ޕްރޮޕޯޝަންތަކެއް ވަނީ ދީފަ އެވެ.
ތަފްސީލް - އެކަން ހުއްޓުވުމުގެ ވަގުތީ އަމުރަކަށް އެދި އޭސީސީން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައިވާކަން އެ ކޯޓުން ވަނީ 'ދައުރު'އަށް ކަށަވަރުކޮށްދީފަ އެވެ. އޭރު ފުލުހުންގެ އޮފިސަރުންތަކަކަށް ޕްރޮމޯޝަން ދީފައިވަނީ އެކަން އެގޮތަށް ނުކުރުމަށް މިހާރުގެ ރައީސް އަދި އޭރުގެ އިންތިހާބީ ރައީސް މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން އެދިވަޑައިގެންފައި ވަނިކޮށެވެ.
މިކަމާ ގުޅިގެން އެސީސީގެ ބަހެއް އަދި ނުލިބެ އެވެ
އަވަސް އަރުވާލައިގެން ބައެއް އިސް އޮފިސަރުންނަށް ޕްރޮމޯޝަން ދިން މައްސަލާގައި ފުލުހުންގެ ތެރޭގައި ވެސް ނުތަނަަވަސްކަން އުފެދުނެވެ.
އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުންގެ ތަރުޖަމާނު ޔޫނުސް ސޮބާހު އޭރު ވިދާޅުވީ އެގްޒެކެޓިވް ލެވެލްގެ ބައެއް އޮފިސަރުންނަށާއި އިތުުރު އޮފިސަރުންނަށް ޕްރޮމޯޝަން ދީފައިވާ ކަމަށެވެ. އޭނާ ވިދާޅުވެފައި ވަނީ އެއީ މާ ކުރިން ރާވައިގެން ދީފައިވާ ޕްރޮމޯޝަންތަކެއް ކަމަށެވެ.
ކޮމެންޓް (2)
ފެކްޓްސް
ފެންތަށި