އަމީތާބު ބައްޗަން

ރާއްޖެ-އިންޑިއާ

އަމީތާބުގެ ކްރޯޑު ޕަތީ ޝޯގައި ރާއްޖެއާ ގުޅޭ ސުވާލެއް

ބައިވެރިޔާ ބުނީ މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބުކުރީ އިންޑިއާއާ ދެކޮޅު ކެމްޕޭނާ ހުރެ ކަމަށް. އަދި އެމަނިކުފާނުގެ ވެރިކަމެއްގައި 'އެންޓި އިންޑިއާ ޕޮލިސީ' ގެންގުޅޭނެ ކަމަށް ދުނިޔޭން ގަބޫލުކުރި ކަމަށް ވެސް ބުނި

ސޮނީ ޓީވީ އިން ގެނެސްދޭ ގޭމް ޝޯ، ކޯން ބަނޭގާ ކްރޯޕަތީގައި ރާއްޖެއާ ގުޅޭ ސުވާލެއް ހިމަނައިފި އެވެ.

ވީ ކިހިނެއް؟ - ރޭ ގެނެސްދިން އެ އެޕިސޯޑުގެ ނުވަ ވަނަ ސުވާލުގެ ގޮތުގައި ހިމެނީ، މިދިއަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ރައީސް އިިބްރާހިމް މުހައްމަދު ސޯލިހު ބަލިކުރައްވައި ރައީސް މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ ކޮން ގައުމެއްގައިތޯ އެވެ.

ތަފްސީލް - އެ ސުވާލުގެ ޖަވާބުގެ އޮޕްޝަންތަކުގެ ގޮތުގައި ހިމެނީ އިންޑޮނޭޝިއާ އާއި ކޮމޮރޯސް އަދި މެލޭޝިއާ އާއި ރާއްޖެ އެވެ.

އެ ސުވާލުގެ ޖަވާބު ދެމުން ބައިވެރިޔާ ބުނީ މުހައްމަދު މުއިއްޒު އިންތިހާބު ކާމިޔާބު ކުރެއްވީ ރާއްޖޭގައި ކަމަށެވެ. އޭގެ ސަބަބަކީ އިންޑިއާއާ ދެކޮޅު ކެމްޕޭން ކަމަށާއި އެމަނިކުފާނުގެ ވެރިކަމެއްގައި 'އެންޓި އިންޑިއާ ޕޮލިސީ' ގެންގުޅޭނެ ކަމަށް ދުނިޔޭން ވެސް ގަބޫލުކުރި ކަމަށެވެ.

"މި ސުވާލުގެ ޖަވާބަކީ އޮޕްޝަން ޑީ، މޯލްޑިވްސް،" ޖަވާބު ދިމާކުރަމުން ބައިވެރިޔާ ބުންޏެވެ.

އަމީތާބުގެ ޝޯ ގައި ރާއްޖެ އާ ގުޅޭގޮތުން ކުރި ސުވާލު

އެ ޝޯގައި އަމީތާބު ބުނީ ރާއްޖޭގެ ވެރިކަމަށް އައުމުގެ ކުރިން ރައީސް މުއިއްޒަކީ ވެރިރަށް މާލޭގެ މޭޔަރު ކަމަށެވެ.

އިންޑިއާގެ ފޮރިން ސާވިސްގައި މަސައްކަތް ކުރަން ބޭނުންވާ އެ ބައިވެރިޔާއަށް އިޝާރަތްކޮށް އަމީތާބު ބުނީ އޭނާގެ ވާހަކަތަކުން ވެސް އެ ދާާއިރާއަށް ހުރި ޝައުގު ފާހަގަވާ ކަމަށާއި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުމާ ބެހޭ މައުލޫމާތު އެއްކުރަން ޝައުގު ހުންނަކަން ވެސް ފާހަގަވެއްޖެ ކަމަށެވެ.

ފާހަގަކުރެވޭ - މި ސަރުކާރު ވެރިކަމަށް އައީ ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ނުތިބެވޭނެ ކަމަށް ބުނަމުންނެވެ. އިންޑިއާއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ ދުއްވުމަށާއި އޭގެ ޓެކްނިކަލް މަސައްކަތްތަކަށް އިންޑިއާގެ 77 އޮފިސަރުން ތިބި އިރު، އެ މީހުން ގެންދަން ދިވެހި ސަރުކާރުން ވަނީ އިންޑިއާ ސަރުކާރުގައި ރަސްމީކޮށް އެދިފަ އެވެ.

ކޮމެންޓް (3)

މުރާސިލު

5 ޑިސެމްބަރު 2023
ރާއްޖޭގެ ނޫސްތަކާއި ނޫސްވެރިންގެ ފެންވަރުވެސް މިޚަބަރުން ފާހަގަވެއްޖެ
1 0

ޙަސަނު 777

5 ޑިސެމްބަރު 2023
ތިނޫނަސް ރާއްޖެޔާ ބެހޭ ސުވާލު އެބަހުރިކޮށްފަ.
1 0

ޒަމީރު

5 ޑިސެމްބަރު 2023
ކަލޯގެޔާ. ތީ ބްރޭކިން ނިއުސެއް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް