އައްޑޫ ސިޓީގެ ހިތަދޫ މަތިން (ފޮޓޯ/ އަލީ އިބްރާހިމް)

ގޭންގު ކުށްތައް

އައްޑޫ ހިތަދޫގައި ނުރައްކާތެރި ގޭންގު މާރާމާރީއެއް؛ އެކަކުގެ ހާލު ސީރިއަސް

ރޭގެ މާރާމާރީގައި އަނިޔާވީ 30 އަހަރުގެ ދިވެހި ފިރިހެނަކަށް؛ އެނގިފައިވާ ގޮތުގައި އެ މީހާގެ ފައިގެ ކަށިމައްޗާއި ނިތްކުރިއަށް ފުން ޒަހަމްތަކެއް ވަނީ ލިބިފައި
2 ޑިސެމްބަރު 2023

އައްޑޫ ހިތަދޫގައި ރޭ ހިންގިި ނުރައްކާތެރި ގޭންގު މާރާމާރީއެއްގައި މީހަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެ އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ ހިތަދޫގެ ދެ ގޭންގެއްގެ ދެމެދުގައި މާރާމާރީއެއް ހިންގާފައިވާ ކަމަށް ރޭގެ ވަގުތެއްގައި ރިޕޯޓު ލިބިފައިވާ ކަމަށެވެ.

ބުނީ ކީކޭ؟ - "މި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްވި 30 އަހަރުގެ ދިވެހި ފިރިހެނަކަށް އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުން. މީހާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ،" ފުލުހުންގެ މީޑިއާއިން ފޮނުވި މެސެޖެއްގައި ބުންޏެވެ.

ފުލުހުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އެނގުން މުހިންމު - އެނގިފައިވާ ގޮތުގައި ރޭގެ މާރާމާރީގައި އަނިޔާވި މީހާގެ ފައިގެ ކަށިމައްޗާއި ނިތްކުރިއަށް ފުން ޒަހަމްތަކެއް ވަނީ ލިބިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް