އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް، މިދިޔަ ސަރުކާރުން އަޅަން ފެށި ފްލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވާލައްވަނީ. (ފޮޓޯ/އެފްޑީސީ)

ތާވަލަށް ވުރެ ކުރިން ފްލެޓުތައް ނިންމަން މަސައްކަތް ކުރަނީ

މިދިޔަ ސަރުކާރުން ބުނެފައިވާ ގޮތުގައި ހުރިހާ ފްލެޓުތަކުގެ މަސައްކަތް ނިމޭނީ 2024އަށް
30 ނޮވެމްބަރު 2023
1

މިދިޔަ ސަރުކާރުން މާލޭގައި ދިރިއުޅޭ މީހުންނަށް ދިނުމަށް ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ފްލެޓު އަޅަމުންދާ މަޝްރޫއުގެ މަސައްކަތް ތާވަލަށް ވުރެ ކުރިން ނިންމޭނެ ގޮތްތަކެއް ހޯދަމުން އަންނަ ކަމަށް އެ މަޝްރޫއު ހިންގުން ހަވާލުކޮށްފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އާ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އާ ސަރުކާރުން އެފްޑީސީއަށް އައްޔަންކުރި މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވަނީ ފްލެޓު އަޅާ ސަރަހައްދަށް ޒިޔާރަތް ކުރައްވައި އެ މަޝްރޫއު ކުރިއަށްދާ ގޮތް ބައްލަވާލައްވައި ކޮންޓްރެކްޓަރުންނާ ބައްދަލުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - "އަޅުގަނޑުމެން މިހާރު މަސައްކަތް ކުރަމުން މި ދަނީ ފްލެޓުތަކުގެ މަސައްކަތް ޝެޑިއުލްއަށް ވުރެ ކުރިން ނިންމާލެވޭނެ ގޮތްތަކެއް ހޯދަން،" ހަމްދާން މިއަދު 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި އެވެ.

އެނގުން މުހިންމު - ކުރީ ސަރުކާރުން ފްލެޓު ދިނުމަށް ހިންގި 'ގެދޮރުވެރިޔާ' ސްކީމްގައި ހިމެނޭ 4،000 ފްލެޓް އަޅަނީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އެގޮތުން:

އޭރު ހައުސިން މިނިސްޓްރީގައި ތިއްބެވި އިސް ބޭފުޅުން ވިދާޅުވީ ހުރިހާ ޓަވަރުތަކެއްގެ މަސައްކަތް 2024އަށް ނިމޭނެ ކަމަށެވެ.

  • 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަން އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއާ ވަނީ ހަވާލުކޮށްފައި

  • ބާކީ 2،000 ޔުނިޓު އަޅަން އިންޑިއާގެ އެންބީސީސީ ކުންފުންޏާ 130 މިލިއަން ޑޮލަރަށް ވަނީ ހަވާލުކޮށްފައި

  • މި ޔުނިޓުތައް ތަރައްގީ ކުރާނީ 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި

  • 32 ޓަވަރު އިމާރާތް ކުރާނެ؛ ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓުމަންޓު

ކޮމެންޓް (1)

ޙަސަންތަކުރުބެ

1 ޑިސެމްބަރު 2023
މަޖްލިސް މެމްބަރުންގެ ޢަދަދުވަނީ މާކުރިންވެސް މަދުކުރަންޖެހިފަ! މަޖްލިސް ކޯރަމެއް ހަމަނުވެގެން މެދުކަނޑާލީ ޝަޓްޑައުން ކޮށްލުން ޢާއްމުކަމެއް. މެމްބަރުން ތިއްބަސް 82 މެމްބަރުން ތިއްބަސް ހުސްގޮނޑި ގިނައީ ބިލެއް ފާސްކުރާއިރު 30 މެމްބަރުންނާއެކު ބިލްފާސްވާނެ. ޙާޒިރުނުވުމަކުން ތަފާތެއްނެތި މުސާރަ ފުލްކޮށް ނެގޭ! ރައްޔިތުން މުސާރަ ދޭބައެއް! ހަޒިރުނުވިއަސް ފުލްމުސާރަ. އަދި ކޮމިޓީ މަރުޙަލާޔަކުން ވަކި ފައިސާއެއް ނަގާ. ދައްކާކޮޅުންލާވާހަކައެއްނޫން. ހާޒިރުނުވާ ދުވަހު މުސާރަ ލިބޭކަށްނުޖެހޭ!
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް