ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޓްރީ ޓޮޕުން އާ އެމްއާރުއައި މެޝިނަކާ އެކު ހިދުމަތް އަވަސްކޮށްފި

އަލަށް ގެނައި އެމްއާރުއައި މެޝިނުން ސްކޭން ކުރުމަށް ބަލިމީހާ މެޝިނުގެ ތެރޭގައި އޮންނައިރު ހިތްހަމަޖެހޭ ފަދަ އަޑެއް އަހާލައި ފިކުރުތަކާ ދުރުކޮށްދޭނެ މަންޒަރެއް ބަލާލުމުގެ ފުރުސަތު އޮންނާނެ

ބަލިމީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޓްރީ ޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ގެނެސް، ހިދުމަތް ދޭން ފަށައިފި އެވެ.

ވީ ކިހިނެއް؟ - ރާއްޖޭގެ އެންމެ ބޮޑު އެއް އަމިއްލަ ހޮސްޕިޓަލުން މި ފަހުން ގެނައި އެމްއާރުއައި މެޝިނަކީ ސްކޭން ކުރުމަށް މެޝިނުގެ ތެރޭގައި އޮންނައިރު ބަލިމީހާއަށް ވީހާ ވެސް ހަމަޖެހިގެން އޮވެވޭނެ ގޮތަށް ހިދުމަތް ދޭ މެޝިނެކެވެ. 

ތަފްސީލް - އަލަށް ގެނައި އެމްއާރުއައި މެޝިނުން ސްކޭން ކުރުމަށް ބަލިމީހާ މެޝިނުގެ ތެރޭގައި އޮންނައިރު ހިތްހަމަޖެހޭ ފަދަ އަޑެއް އަހާލައި ފިކުރުތަކާ ދުރުކޮށްދޭނެ މަންޒަރެއް ބަލާލުމުގެ ފުރުސަތު އޮންނާނެ އެވެ. ބޭނުން ނަމަ، ގުރުއާން އަޑުއިއްވައިދޭނެ އެވެ. ކުޑަކުދިންނަށް ވެސް އެ ކުދިން ގަޔާވާ ފަދަ މަންޒަރުތައް ފެންނާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

ޖުމްލަ 1.5 މިލިއަން ޑޮލަރު ހަރަދުކޮށްގެން ދެވަނަ އެމްއާރުއައި މެޝިނެއް ބެހެއްޓުމުގެ މައިގަނޑު މަގުސަދަކީ ވެސް ބަލިމީހުންނަށް ވީހާވެސް ލުއިފަސޭހަކޮށް ހިދުމަތްދިނުން ކަމަށް އެ ހޮސްޕިޓަލުގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ވެސް ވިދާޅުވި އެވެ.

ބުނީ ކީކޭ؟ - އާދިލް ވިދާޅުވީ، އިތުރު މެޝިނެއް ބެހެއްޓީ އެމްއާރުއައި ހަދަން ކިޔުގައި މަޑުކުރަން ޖެހޭ ޖެހުން ނިމުމަކަށް ގެނެސް ވީހާވެސް އަވަހަށް ހިތްހަމަޖެހޭފަދަ ހިދުމަތެއް ބަލިމީހުންނަށް ފޯރުކޮށްދިނުމަކީ މަގުސަދެއް ކަމަށެވެ.

"ވެއިޓްލިސްޓު ރެޑިއުސް [މަދު] ކޮށްފައި މި ހިދުމަތް ވީހާ ވެސް އަވަހަކަށް ދެވޭނެ ގޮތް ހެދުން މައިގަނޑު ބޭނުމަކީ،" އާދިލް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ސީއޯއޯ އާދިލް މޫސާ (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އާ ޓެކްނޮލަޖީ ތައާރަފުވަމުން އަންނައިރު، ޓްރީ ޓޮޕުން އަލަށް ބެހެއްޓި ފިލިޕްސް ބްރޭންޑުގެ އެމްއާރުއައި މެޝިނުން ހަދާ ސްކޭނުތަކުގެ ކޮލެޓީ ރަނގަޅުވާނެ އެވެ. މިއީ ބަލިމީހާގެ ސްކޭނު ބަލައި ބަލި ދެނެގަނެ، ދޭން ޖެހޭ ފަރުވާ ކަށަވަރު ކުރުމަށް ލިބޭނެ އިތުރު ފަސޭހައެކެވެ. މިއާ އެކު، ކުރިން ނުހެދޭ އިތުރު ބައެއް ސްކޭނުތައް ވެސް އާ މެޝިނުން ހެދޭނެ އެވެ.

އޭގެ ތެރޭގައި ކާޑިއެކް އަދި ނިއުރޯ (ހިތުގެ އަދި ނާރުގެ) ސްކޭންތައް ހިމެނެ އެވެ. އެގޮތުން، މި މެޝިނުން ހެދޭނެ ބައެއް ސްކޭންތަކުގެ ތެރޭގައި:

  • އެމްއާރުއައި ކާޑިއެކް

  • އެމްއާރުއައި ޓެކްޓޯގްރަފީ

  • އެމްއާރުއައި ފަންކްޝަނަލް

  • އެމްއާރުއައި ފެރިފަރަލް އެންޖިއޯގްރާމް

  • އެމްއާރުއައި ކިވާ އަޔަން ކުއެންޓިފިކޭޝަން

  • އެމްއާރުއައި ފެޓަލް

  • އެމްއާރުއައި ޑިފެކޯގްރާމް

  • އެމްއާރުއައި ހޯލް ބޮޑީ

"ހަދާ އެމްއާރުއައިން ޕޭޝަންޓުގެ ކޮންޑިޝަން އާއި އަނެއްކާ ޑޮކްޓަރުން ވެސް ކުރާ ޑައިގްނޯސްގައި އިތުރު ކޮންފިޑެންސެއް ލިބޭނެ. އިމޭޖު ކޮލެޓީ ރަނގަޅުވާނެ،" އާ އެމްއާރުއައި މެޝިނުގެ ސްކޭން ކޮލެޓީއާ ގުޅޭ ގޮތުން އާދިލް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

"އެމްއާރުއައި މެޝިނަކީ ވަރަށް އަޑުގަދަ މެޝިނެއް އޭގެ ޒާތުގައި، ނަމަވެސް އަލަށް ބެހެއްޓި މެޝިނަކީ އަޑު މަޑު މެޝިނެއް. ބަލިމީހާއަށް ކުރެވޭ ތަޖުރިބާ ރަނގަޅުވާނެ،" އާދިލް ވިދާޅުވި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ކޮންމެ ދުވަހަކު ވެސް ހެނދުނު 8 އިން ރޭގަނޑު 10އަށް އެމްއާރުއައިގެ ހިދުމަތް ދެ އެވެ. ހުކުރު ދުވަހު ވެސް އެމްއާރުއައި އަދި ސީޓީ ސްކޭނުގެ ހިދުމަތް އެ ހޮސްޕިޓަލުން ފޯރުކޮށްދޭއިރު، އިތުރަށް ބެހެއްޓި މެޝިނާ އެކު ހިދުމަތަށް މަޑުކުރަން ޖެހޭ ވަގުތު ވަރަށް ބޮޑު ތަނުން ކުޑަވާނެ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
  • ދެވަނަ އެމްއާރުއައި މެޝިނާ އެކު މިހާރު ޓްރީޓޮޕުން ދުވާލެއްގެ މައްޗަށް 100-90 އެމްއާރުއައި ސްކޭނު ހެދޭނެ

  • މީގެ ކުރިން އެވްރެޖުކޮށް އެ ހޮސްޕިޓަލުގައި 40-50 އެމްއާރުއައި ސްކޭން ހަދާ

  • ޓްރީ ޓޮޕްގައި އެމްއާރުއައި ހަދަން މިހާރު ދިގު ކިޔުއެއް ނެތް؛ މަދު ފަހަރަކު އެއް ދުވަސް މަޑުކުރަން ޖެހިދާނެ

  • ސްކޭނުގެ ރިޕޯޓު 24 ގަޑިއިރު ތެރޭ ލިބޭނެ

ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)
ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއް ބަހައްޓާ ހިދުމަތް ދޭން ފެށުން (ދައުރު ފޮޓޯ/ހުސައިން ސުނޭން)

އެކަނި މެޝިނެއްގެ ތެރޭ އޮވެ ހަދާ މި ސްކޭން ހެދުމަށް ބައެއް މީހުން ހިތް ނުތަނަވަސްވެ އެވެ. ޓްރީ ޓޮޕްގައި ބެހެއްޓި އާ މެޝިނުގައި ރޭޑިއޭޝަނެއް ނުހިމެނެ އެވެ. މިއާއެކު ބަލިމީހާގެ އެހީތެރިޔަކަށް، ސްކޭން ހަދާއިރު ސްކޭން ކޮޓަރި ތެރޭ ހުރުމުގެ ފުރުސަތު އޮންނާނެ އެވެ. މިއީ ކުޑަކުދިން އަދި އުމުރުން ދުވަސްވީ މީހުންގެ ބެލެނިވެރިންްނަށާއި ބަލިމީހާއަށް ވެސް ލިބޭނެ ބޮޑު ހިތްހަމަޖެހުމަކަށް ވާނެ އެވެ.

އިތުރު ހިދުމަތްތައް ދެވޭނެ އެމްއާރުއައި މެޝިނާ އެކު ޓްރީޓޮޕްގެ މަގުސަދަކީ ބަލިމީހުންނަށް ދޭ ހިދުމަތަކީ ފެންވަރު ރަނގަޅު، ހިތްްހަމަޖެހޭ ފަދަ ހިދުމަތަކަށް ހެދުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް