ޔާމީން ޕީއެންއެފްގެ އޮފީހުގައި ޖަމީލްއާ އެކު. (އެކްސް ފޮޓޯ/މުހައްމަދު މަލީހު ޖަމާލް)

ޕީއެންއެފް

ޔާމީންގެ އާ ޕާޓީ ޕީއެންއެފް އުފެއްދުމުގެ ހުއްދަ ދިނުމާމެދު މާދަމާ ގޮތެއް ނިންމަނީ

ޔާމީން އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ކުރައްވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ފަހު ޕާޓީގެ ނަމާއި އަސާސީ ގަވާއިދާއި ލޯގޯ ވަނީ ކަނޑައަޅާފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމަށް ފަހު އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އަށް ހުއްދަ ދިނުމާ ގުޅޭގޮތުން މާދަމާ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ވީ ކިހިނެއް؟ - ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީންގެ ނަމުގައި ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދި އީސީއަށް އާދިއްތަ ދުވަހު ވަނީ ހުށަހަޅާފަ އެވެ. 

ތަފްސީލް - އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބު އެކްސްގައި ވިދާޅުވީ މާދަމާ 2 ޖަހާއިރު ބާއްވާ ކޮމިޝަނުގެ ބައްދަލުވުމުގައި، އެ ހުށަހެޅުމާ މެދު ގޮތެއް ނިންމާނެ އެވެ.

އެނގުން މުހިންމު - އާ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް ޔާމީން ކުރައްވާކަން މިދިޔަ ބުރާސްފަތި ދުވަހު އިއުލާން ކުރުމަށް ފަހު ހަމަ އެ ދުވަހު ވަނީ ޕާޓީގެ ނަމާއި އަސާސީ ގަވާއިދާއި ލޯގޯ ކަނޑައަޅާފަ އެވެ. ޕާޓީގެ ނަން އިއުލާނު ކުރީ ހޮނިހިރު ދުވަހުގެ ރޭގަ އެވެ.

ޕީއެންއެފް އުފެއްދުމުގައި އިސްކޮށް މަސައްކަތް ކުރައްވަނީ ޔާމީންގެ އިސް ގާނޫނީ ވަކީލް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް