އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ސިންގަޕޫރަށް ކުރި ތަޖުރިބާ ދަތުރުގެ ތެރެއިން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

އައްޑޫ ތަރައްގީ ކުރާނެ ގޮތް ދަސްކުރަން ކައުންސިލުން ސިންގަޕޫރާއި މެލޭޝިއާއަށް

އެ ދަތުރުގައި ސިންގަޕޫރުގައި ލޭންޑް ޔޫސް ޕްލޭން އެކުލަވާލާނެ ގޮތާއި ސިޓީ ޑިވެލޮޕްމަންޓް ރާވާނެ ގޮތް ދަސްކުރުމުގެ އިތުރުން، މެލޭޝިއާގެ މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުން ތަމްރީން ޕްރޮގްރާމެއްގައި ކައުންސިލަރުން ބައިވެރިވެވަޑައިގެންނެވި
28 ނޮވެމްބަރު 2023
3

ސިންގަޕޫރާއި މެލޭޝިއާ ތަރައްގީކުރި ގޮތް ދަސްކުރުމަށް އައްޑޫ ސިޓީ ކައުންސިލްގެ ޓީމެއް އެ ގައުމުތަކަށް ދަތުރެއް ކޮށްފި އެވެ.

ވީ ކިހިނެއް؟ - އައްޑޫ ސިޓީ ކައުންސިލުން ކުރި ފަސް ދުވަހުގެ މި ދަތުރުގައި ހަތަރު ކައުންސިލަރުން ފިޔަވައި އެހެން ހުރިހާ ކައުންސިލަރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީއަށް ޒިޔާރަތްކުރުން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

ތަފްސީލު - އެ ދަތުރުގެ ތެރެއިން ސިންގަޕޫރަށް ކުރި ދެ ދުވަހުގެ ދަތުރުގައި އެ ގައުމުގެ:

  • ލޯކަލް ރީޑިވެލޮޕްމަންޓް އޮތޯރިޓީއަށް ޒިޔާރަތްކޮށް، ސިންގަޕޫރުން ސިޓީ ޑިވެލޮޕްމަންޓް، ލޭންޑް ޔޫސް ޕްލޭން އަދި ދެމެހެއްޓެނިވި ގޮތަކަށް މުޖުތަމައު ބިނާކުރާ ގޮތް ދަސްކުރި

  • ދެމެހެއްޓެނިވި ގޮތަކަށް ތަރައްގީ ގެނައުމަށް ސިންގަޕޫރުން ކުރާ މަސައްކަތްތައް ބަލައި ދަސްކުރި (އުމްރާނީ ތަރައްގީ، ފެނާއި ނަރުދަމާ، ހަކަތަ އަދި ގްރީން ޓެކްނޮލޮޖީ)

  • މެރިޓައިމް އޮތޯރިޓީ ގެލަރީއަށް ޒިޔާރަތްކޮށް، ސިންގަޕޫރުން ބަނދަރުތައް ތަރައްގީ ކުރަމުން އަންނަ ގޮތް ތަޖުރިބާކުރި

  • ސަންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީ (އެސްއެމްޔޫ)އަށް ޒިޔާރަތްކޮށް، އެ ތަނުން އައްޑޫ ކައުންސިލްގެ މުވައްޒަފުންނަށް ލިބެން ހުރި ތަމްރީން ފުރުސަތުތައް (ކައުންސިލްތަކަށް ހާއްސަ ޕްރޮގްރާމްތައް) ބަލައިލި

  • އެނގިފައިވާ ގޮތުގައި، އެ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ އެސްއެމްޔޫގެ މުވައްޒަފުން އައްޑުއަށް ގޮސްގެން. އަންނަ ފެބްރުއަރީ ހިސާބުގައި އެ މަސައްކަތް ފެށޭނެ ކަމުގެ ފެހި ސިގުނަލް އޮތީ ލިބިފައި

އައްޑޫ ސިޓީ ކައުންސިލްގެ މެމްބަރުން ސިންގަޕޫރު މެނޭޖްމަންޓް ޔުނިވާސިޓީއަށް ޒިޔާރަތްކުރުން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

މެލޭޝިއާއަށް ކުރި ތިން ދުވަހުގެ ތެރެއިން ދެ ދުވަސް ހާއްސަކުރީ މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓުން ހިންގި ދެ ދުވަހުގެ ތަމްރީން ޕްރޮގްރާމަކަށެވެ. އެ ޕްރޮގްރާމްތަކުގެ މައުލޫއަކީ 'ކްރިއޭޓިވް ތިންކިން އެންޑް ޕްރޮބްލަމް ސޯލްވިން ސްކިލްސް' އެވެ.

  • އައްޑޫ ސިޓީ ކައުންސިލުން މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)
  • އައްޑޫ ސިޓީ ކައުންސިލުން މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)
  • އައްޑޫ ސިޓީ ކައުންސިލުން މެލޭޝިއަން އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓްގެ ތަމްރީން ޕްރޮގްރާމެއްގައި ބައިވެރިވުން. (ފޮޓޯ/އައްޑޫ ސިޓީ ކައުންސިލް)

ފާހަގަކޮށްލެވޭ ކަމެއް - އައްޑޫ ކައުންސިލުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައިި، މި ދަތުރުތަކުގެ ސަބަބުން އައްޑޫ ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި ވަރަށް ބޮޑު ފަސޭހައެއް ކައުންސިލަށް ލިބޭނެ އެވެ.

އެއާ އެކު، މިއީ ކައުންސިލްގެ ބަޖެޓުން ކުރި ދަތުރަކަށް ވުމާ އެކު، މި ދަތުރުގައި ބޭކާރު ގޮތަކަށް ނުވަތަ ކައުންސިލަރުންގެ ޗުއްޓީ ބޭނުމަށް އެއްވެސް ދުވަހެއް ދޫކޮށްލާފައި ނުވާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

މިއީ، އޭނާ ފާހަގަކުރައްވާ ގޮތުގައި، ރާއްޖޭގެ ކައުންސިލަކުން މި ފެންވަރުގެ ދަތުރެއް ކުރި ފުރަތަމަ ފަހަރެވެ.

ކޮމެންޓް (3)

ހެސްކިޔާފަ

29 ނޮވެމްބަރު 2023
މިއީ ދެން ދަތުރެއްއަޅާލަން ކުރިކަމެއް. ކައުންސެލެރުންނަށް ޗެނެލް ނިއުސް އޭޝިޔާ ޗެނެލް ފެންނަގޮތް ކޮންމެވެސް ކުއްޖަކު ހަދާދީބަލަ ! މިޗެނަލުން ދުވާލަކު އެއްފަހަރު ކަހަލަގޮތަކަށް ސިންގަޕޫރު ތަރައްޤީކުރާގޮތް ދައްކާ. ކައުންސިލަރުން ދަތުރުނުގޮސް އެފައިސާއަށް އެހެން ކަމެއް ކުރިނަމަ މާރަނގަޅުވީސް.
0 1

ސަމްމާ

29 ނޮވެމްބަރު 2023
އެވަރު ނޭނގޭ މީހުން ދޯ ކައުންސިލަށް ލާފަ ތިބީ
0 0

ދޮން ހަސަން ފުތާ

28 ނޮވެމްބަރު 2023
ހެހެހެ.މަ ހީހީ ހަލާކުވެއްޖެ.އައްޑޫ ތަރައްޤީ ކުރަން ކޮންމެހެން ސިންގަޕޫރަށް ބޮޑު ޚަރަދުކޮށްފަ ދިއުން މުހިންމެއް ނޫން.މުހިންމީ ކަންކަން ވިލަރެސްކޮށް ތަންފީޒު ކުރުން.ކަންކަން އެގޭނެ ވަގުތު ދޭނެ ވިސްނުމާއި އެކީ ތިބި ކަންކަން ދަސްކުރަން ބޭނުންވާ މީހުންތައް ކައުންސިލަރުންގެ މަޤާމަށް އިންތިޚާބުކުރުން.އައްޑޫ ތަރައްޤީ ކުރަން ސިޔާސީ ޕާޓީތަކުން ވަޢުދުނާމާ ހަދައިފި.އައްޑޫ ގައި ޕްލޭންތައް އެބަހުރި.މަޖިލީހުގައި 7 ގޮޑި އެބަހުރި.ނެތީ ފައިސާއާއި މާލޭ ސަރުކާރުގެ ޕޮލިޓިކަލް ވިލްއެވެ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް