
(ކ-ވ) މުލިއާގޭގެ ވެރިއެއްގެ ގޮތުގައި ހަމަޖެއްސި ޝަމްނާޒް އަދި ރައީސް އޮފީހުގެ މިނިސްޓަރަކަށް ހަމަޖެއްސި ނާޒިމް
ނާޒިމްއަށް ރައީސް އޮފީހުގެ މިނިސްޓަރުކަން، ޝަމްނާޒް ސްޓޭޓް މިނިސްޓަރަކަށް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހެލްތް މިނިސްޓަރުކަން ކުރެއްވި އަބްދުﷲ ނާޒިމް ރައީސް އޮފީހުގެ މިނިސްޓަރަކަށް ހަމަޖައްސައިފި އެވެ. އަދި މުލިއާގޭގެ އިސް ވެރިއެއްގެ ގޮތުގައި ސްޓޭޓް މިނިސްޓަރު ފެންވަރުގައި އައްޔަންކޮށްފައި ވަނީ އިއްޔެ މާލެ ސިޓީ ކައުންސިލްގެ މެންބަރުކަމުން އިސްތިއުފާ ދެއްވި ފާތިމަތު ޝަމްނާޒް އަލީ ސަލީމް އެވެ.
ވީ ކިހިނެއް؟ - ރައީސް މުހައްމަދު މުއިއްޒު ވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނާޒިމަށް މަގާމު ދެއްވި ކަމުގެ ލިޔުން ހަވާލުކޮށްފަ އެވެ.
ތަފްސީލު - ރައީސް އޮފީހުގެ މިނިސްޓަރު ފެންވަރުގައި ނާޒިމްއަށް ދީފައި ވަނީ އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީގެ މަގާމެވެ. ނާޒިމް އަކީ، ރައީސް މުއިއްޒުގެ ރިޔާސީ ކެމްޕެއިންގެ ޑެޕިއުޓީ މެނޭޖަރެވެ.
ރައީސް ދިރިއުޅުމަށް ހާއްސަކޮށްފައިވާ މުލިއާގޭގެ ސްޓޭޓް މިނިސްޓަރަކަށް އައްޔަން ކުރެއްވި ޝަމްނާޒް މާލެ ސިޓީ ކައުންސިލްގައި ތަމްސީލު ކުރެއްވީ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ކަމެވެ. އެ ކައުންސިލްގައި މިދިޔަ ދެ އަހަރު މެދު ހެންވޭރު ދާއިރާ ތަމްސީލު ކުރެއްވި ޝަމްނާޒްގެ ފިރިކަލުން އާދަމް ރަމީޒު މިދިޔަ ހޮނިހިރު ދުވަހު ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް އައްޔަންކޮށްފަ އެވެ.
މިއަދު ރައީސް މުއިއްޒު މަގާމުތަކަށް އައްޔަން ކުރެއްވި އެހެން ބޭފުޅުންނަކީ:
-
ކޮމިޝަނާ އޮފް ކަސްޓަމްސް: މާނިއު ޔޫސުފް
-
ކޮމިޝަނާ އޮފް ޕްރިޒަންސް: ހަސަން ޒަރީރު
-
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު: މުހައްމަދު ފަހުމީ ހަސަން
-
ސްޕޯޓްސް މިނިސްޓަރު: އިބްރާހިމް އާމިރު
ކޮމެންޓް