އާ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް. (ފޮޓޯ/އެމްއެންޑީއެފް)

އެމްއެންޑީއެފް

ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް

އޭނާ މީގެ ކުރިން ހުންނެވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި
17 ނޮވެމްބަރު 2023
1

ރައީސް ޑރ. މުހައްމަދު މުއިއްޒު ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމަށް މޭޖާ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފް މިރޭ އައްޔަން ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމަށް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގެ ލިޔުން އާ ރައީސް ވަނީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި، ހަވާލުކުރައްވައިފަ އެވެ.

އެނގުން މުހިއްމު - އަބްދުއްރަހީމްގެ ދިގު ކެރިއަރުގައި އެމްއެންޑީއެފްގެ އެކި މަގާމުތައް ފުރުއްވާފައިވެ އެވެ. އޭގެ ތެރޭގައި:

  • ސެނަހިޔާ ހޮސްޕިޓަލުގެ ކޮމާންޑަންޓް

  • މިލިޓަރީ އިންޓެލިޖެންސްގެ ޑައިރެކްޓަރު ޖެނެރަލް

  • ނޭޝަނަލް ކައުންޓާ ޓެރަރިޒަމް ސެންޓަރުގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް

  • ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ކޮމާންޑިން އޮފިސަރު

  • އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ކޮމާންޑަންޓް

  • މިލިޓަރީ ޕޮލިސްގެ ކޮމާންޑިން އޮފިސަރު

އަބްދުއްރަހީމްގެ ހިދުމަތްތަކަށް 17 މެޑަލް ލިބިވަޑައިގެންފައިވެ އެވެ. އޭގެ ތެރޭގައި ރައީސް ދެއްވާ ހާއްސަ މެޑަލްގެ އިތުރުން، ޑިފެންސް ފޯސް ސާވިސް މެޑަލް، ޑެޑިކޭޓެޑް ސާވިސް މެޑަލް އަދި 3 ނޮވެމްބަރުގެ މެޑަލް ހިމެނެ އެވެ.

އަބްދުއްރަހީމް އެމްއެންޑީއެފްގެ ބޯޑުތަކާއި ކޮމިޓީތަކުގައި އިންނެވުމުގެ އިތުރުން، ހަތަރު އަހަރު ވަންދެން އެމްއެންޑީއެފްގެ ތަރުޖަމާނުކަން ކުރައްވާފައި ވެސް ވެ އެވެ.

ކޮމެންޓް (1)

ސަލާމް

11 ޑިސެމްބަރު 2023
އިންޑިއާ މީހެއް
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް