އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން

އޭސީސީ

ތަހުގީގަށް ހުރަސްއެޅި އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިންނަށް ފިޔަވަޅު އަޅާނަން: އޭސީސީ

އޭސީސީއަށް އެއްބާރުލުންދިން ތިން މުވައްޒަފުން ވަނީ ސަސްޕެންޑްކޮށްފައި، އެ މީހުން އޭސީސީއަށް މައުލޫމާތު ދިނީތީ އޭސީސީން ވަނީ ޝުކުރު އަދާކޮށްފައި
16 ނޮވެމްބަރު 2023
1

އިންތިގާލީ އިންސާފުގެ އޮފީހުން ލިޔެކިއުންތަކަށް ބަދަލު ގެންނަ ކަމަށް ބުނާ މައްސަލާގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އެ އޮފީހަށް ވަދެ ހިންގި ތަހުގީގަށް އެއްބާރުލުން ނުދީ ހުރަސްއެޅި އެ އޮފީހުގެ ވެރިންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އޭސީސީން ދީފި އެވެ.

ވީ ކިހިނެއް؟ - އޭސީސީން ބަލަން ފެށީ، 'ދައުރު'އަށް އެނގިފައިވާ ގޮތުގައި، އިންތިގާލީ އިންސާފުގެ އޮފީހުން ނިންމާފައިވާ ބައެއް ނިންމުންތަކުގެ ލިޔެކިޔުންތަކަށް ބަދަލު ގެނައި ކަމަށް ބުނާ މައްސަލައެކެވެ. އޭސީސީން އިއްޔެ ވަނީ އެ އޮފީހަށް ވަދެ، ތަހުގީގަށް ބެނުންވާ މައުލޫމާތު ހޯދުމުގެ މަސައްކަތް ވެސް ފަށައިފަ އެވެ.

  • އިންތިގާލީ އިންސާފުގެ އޮފީހުގެ ވެރިން ވަނީ، އޭސީސީގެ ތަހުގީގަށް އެއްބާރުލުން ނުދީ، މައުލޫމާތު ދިނުމަށް އިންކާރުކޮށްފައި

  • އެ ތަހުގީގަށް އެއްބާރުލުން ދިން އެ އޮފީހުގެ ތިން މުވައްޒަފަކު ސަސްޕެންޑްކޮށްފައިވާ ކަމުގެ ލިޔުން އިއްޔެ ހަވީރު ވަނީ އެ މުވައްޒަފުންނާ ހަވާލުކޮށްފައި

  • އެ މުވައްޒަފުން ތުހުމަތު ކުރާގޮތުގަައި އެތަނުގެ ވެރިން ވަނީ ގާނޫނާ ހިލާފަށް ނިންމާފައި ހުރި ކަންކަން ފޮރުވުމަށް ބައެއް ލިޔެކިއުންތައް ނައްތާލާފައި

ތަފްސީލް- އޭސީސީގެ ތަހުގީގަށް އެއްބާރުލުން ދިން މުވައްޒަފުންނަށް ފިޔަވަޅު އަޅައި ސަސްޕެންޑްކުރުން ކުށްވެރިކޮށް އޭސީސީން މިއަދު ނެރުނު ބަޔާނުގައި އެ ކޮމިޝަނަށް އެއްބާރުލުންދިން ކަމަށްޓަކައި އެ ތިން މުވައްޒަފުންނަށް ވަނީ ޝުކުރު އަދާކޮށްފަ އެވެ.

އޭގެ އިތުރުން އެ ބަޔާނުގައި ބުނެފައިވަނީ:

  • އެ އޮފީހަށް އޭސީސީން ގޮސް، ތަހުގީގަށް ބޭނުންވާ ލިޔެކިޔުމާއި މައުލޫމާތު ހޯދުމުގެ މަރުހަލާގައި އެ އޮފީހުން އާއްމުންނަށް ދިން ހިދުމަތަކަށް ބުރުއަރާފާނެ ކަމެއް ނުހިނގާ

  • ކޮރަޕްޝަންގެ އަމަލެއް ކަމަށް ތުހުމަތު ކުރެވޭ ކަމެއް އެއްވެސް މީހަކު ހިންގާ ކަމަށް ޝައްކުކުރެވިއްޖެ ނަމަ، އެކަމެއް ބަލައި ތަހުގީގުކުރުމަކީ އެ ކޮމިޝަނަށް ލިބިދޭ ގާނޫނީ ބާރެއް؛ އެ ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ އެ މަސްއޫލިއްޔަތުތައް ފަސްނުޖެހި އަދާކުރުމަށް

"ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށާއި އެފަދަ ތުހުމަތުތައް ބަލައި ތަހުގީގުކުރުމަށް ކޮމިޝަނުން ކުރަމުންދާ މަސައްކަތްތަކަށް ގޮންޖައްސަވައި ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއެޅުމަށް ޒިންމާދާރު މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން މަސައްކަތް ކުރަމުންގެންދަވާތީ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅާ ފަރާތްތަކާ މެދު ގާނޫނުގެ އިމުގެ ތެރެއިން މި ކޮމިޝަނަށް އެޅެން ހުރި ފިޔަވަޅުތައް އަޅަމުންދާނެކަމުގެ ކަށަވަރުކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ،" އޭސީސީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ކޮމެންޓް (1)

މުހައްމަދު ހަނީފު

16 ނޮވެމްބަރު 2023
ހުޅުމާލެއިން ބިންތައް ބޭނުގޮތަކައް ބޭނުންބަޔަކައް ކަޓުނަގާގެން ބަހާލިއިރު އޭސީސީ އޮތީ ބީތާވެފަތަ މިހާރު އެމްޑީޕީއައް ވެރިކަން ގެއްލުނީމަ ކަލޭމެންގެ މަގާމު ހިފަހައްޓަންވެގެން އެއްޗެކޭ ތިކިޔަނީ
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް