9 ނޮވެމްބަރު 2022: ބަންޑާނައިބު އިބްރާހިމް ރިއްފަތު (ފޮޓޯ/ ރައީސް އޮފީސް)

އައިސީޖޭގައި އޮތް ރޮހިންޖާ މުސްލިމުންގެ މައްސަލައަށް ރާއްޖެއިން ވަންނަނީ

މި މައްސަލައިގައި ރާއްޖެ ތަމްސީލުކުރާ ބައިނަލްއަގްވާމީ ޓީމުގައި އިނގިރޭސިވިލާތުގެ މަޝްހޫރު ވަކީލު އަމާލް ކްލޫނީ އާއި ފިލީޕާ ވެބް ހިމެނޭ
15 ނޮވެމްބަރު 2023

މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ތަދައްހުލްވުމަށް ހުށަހަޅައިފި އެވެ.  

ވީ ކިހިނެއް؟- މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އައިސީޖޭއަށް 2019 ގައި ހުށަހެޅި އެ މައްސަލައަށް ތަދައްހުލްވުމަށްޓަކައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވަނީ މިއަދު އައިސީޖޭއަށް 'ޑެކްލެރޭޝަން އޮފް އިންޓަވެންޝަން' ހުށަހަޅުއްވާފަ އެވެ.

އެނގުން މުހިއްމު- ގެމްބިއާއިން ހުށަހަޅާފައިވާ މައްސަލައިގައި ބުނެފައިވަނީ މިޔަންމާގެ ރާކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް 2016 އިން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކީ 1948 ގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލެއް ކަމަށެވެ.

ތަފްސީލް- ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނުގައި ބުނީ، މި މައްސަލައިގައި ރާއްޖެއާއެކު 6 ގައުމަކުން ތަދައްހުލްވާނެ ކަމަށެވެ. އެގޮތުން:

  • ރާއްޖެ ތަމްސީލުކުރާ ބައިނަލްއަގްވާމީ ޓީމުގައި އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗެމްބާޒްގެ ވަކީލު އަމާލް ކްލޫނީއާއި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ފިލީޕާ ވެބް ހިމެނޭ

  • ރާއްޖޭގެ އިންޓަވެންޝަން ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑު" މާނަކޮށްފައިވާ ގޮތުގެ މައްޗަށް

އެނގުން މުހިއްމު- ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އަމަލުތަކާ ގުޅިގެން ރާއްޖެއިން މިޔަންމާއާއެކު އޮތް ވިޔަފާރީގެ ގުޅުން ކަނޑާލީ 2017 ގަ އެވެ. މި މައްސަލައިގއި ތަދައްހުލްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމީ 2020 ވަނަ އަހަރު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް