އެފްކޮންސްގެ ޕްލެޓްފޯމުން ވިލިމާލެ ފަރުގައި ބޮޑެތި ބާގަނޑުތަކެއް ހެދިފައި.

އެފްކޮންސްއަށް ކޮށްފައިވާ 69 މިލިއަން ރުފިޔާގެ ޖޫރިމަނާ މައާފްނުކުރަން ނިންމައިފި

ޖޫރިމަނާ މައާފްނުކުރުމަށް މިނިސްޓްރީން ނިންމާފައިމިވަނީ އެ މައްސަލަ އިސްތިއުނާފުކުރަން ހުށަހެޅިތާ 11 މަސް ފަހުން
14 ނޮވެމްބަރު 2023

ގްރޭޓާ މާލޭ ކަނެކްޓިވިޓީ ބްރިޖު އެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށް، އެ މަސައްކަތް ކުރާ އިންޑިއާގެ އެފްކޮންސް ކުންފުނީގެ ޕްލެޓްފޯމެއް ވިލިމާލޭ ފަރަށް އެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކާ ގުޅިގެން އެ ކުންފުނި ޖޫރިމަނާ ކުރަން އެންވަޔަރްމަންޓް ޕްރޮޓަކްޝަން އެޖެންސީ (އީޕީއޭ)ގެ ނިންމުން އިސްތިއުނާފްކުރުމަށް އެންވަޔަރަމެންޓް މިނިސްޓްރަށް ހުށަހެޅި މައްސަލައިގައި، އެ ކުންފުނީގެ ޖޫރިމަނާ މައާފްކޮށްނުދިނުމަށް އެ މިނިސްޓްރީން ނިންމައިފި އެވެ.

މައްސަލައިގެ ފެށުން - ބްރިޖުގެ ސާވޭ އާއި ތަނބުޖެހުމަށް ބޭނުންވާ ބޯހޯލްތައް ތޮރުފުމަށް ގެންގުޅުނު އެފްކޮންސްގެ ޕްލެޓްފޯމް ވިލިމާލޭގެ ފަރަށް މިދިޔަ އަހަރުގެ 16 އޮގަސްޓުގައި އަރައި ފުން ނުކުރިވި އެ ތަނުގައި ހަފްތާއަކަށް ވުރެ ގިނަ ދުވަސް ތާށިވެފައި އޮތެވެ.

އީޕީއޭ އިން ހެދި ދިރާސާއަށް ފަހު، ފަރަށް ލިބުނު ގެއްލުމުގެ ޖޫރިމަނާއެއްގެ ގޮތުގައި 69.4 މިލިއަން ރުފިޔާ ދެއްކުމަށް އެ އިދާރާ އިން މިިދިޔަ ނޮވެމްބަރު 13ގައި އެ ކުންފުންޏަށް މަސްދުވަސް ދިނެވެ. ނަމަވެސް، އީޕީއޭގެ ނިންމުން އެފްކޮންސް އިން ބަލައިގެންފައެއް ނުވެ އެވެ.

ވީ ކިހިނެއް؟ - މިދިޔަ ޑިސެމްބަރުގައި އިސްތިއުނާފަށް ހުށަހެޅި އެ މައްސަލައާ ގުޅޭ ގޮތުން އެންވަޔަރަމެންޓް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ކުންފުނީގެ މައްޗަށް ކޮށްފައިވާ ޖޫރިމަނާއަށް ބަދަލު ގެނައުމަށް އެ މިނިސްޓްރީއަށް ނުފެންނަ ކަމަަށް ނިންމާފައިވާ ކަމަށެވެ.

ތަފްސީލް- މައްސަލަ ބެލި ގޮތުގެ ތަފްސީލްތައް ހާމަކުރަމުން މިނިސްޓްރީން ބުނީ:

  • މައްސަލަ ދިރާސާކޮށް މިނިސްޓްރީގެ ގާނޫނީ ޓީމުގެ ރިޕޯޓު ނިންމީ މިދިޔަ 23 ޖެނުއަރީގައި

  • އެ ރިޕޯޓުގައިވާ ގޮތަށް، މެރިޓައިމް ދާއިރާގެ ފަންނީ ލަފާ ލިބުނީ 23 ޖުލައިގައި؛ އެ ލަފާއަށް އެދުނީ މެއި މަހުގެ ތެރޭގައި

އެ މައްސަލަ ބެލުމުން ފާހަގަކުރެވުނީ، މިނިސްޓްރީން ބުނި ގޮތުގައި:

  • އެފަދަ ހާދިސާއެއް ނުހިނގާނެކަން ކަށަވަރު ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ފުރުސަތު އެ ކުންފުންޏަށް އޮތް 

  • ޖޫރިމަނާއަށް ބަދަލުގެންނަން ނުޖެހޭ ކަމަށް ނިންމީ އެ ސަބަބަށްޓަކާ

މިނިސްޓްރީން ބުނީ ޖޫރިމަނާއިން ލިބޭ ފައިސާއިން 15 މިލިއަން ރުފިޔާ، 'އެންވަޔަރަމެންޓް ރެސްޓޮރޭޝަން ފަންޑް'އަށް ޖަމާކޮށް، ފަރަށް ލިބުނު ގެއްލުން ރަނގަޅުކުރުމަށް އެ ފައިސާ ބޭނުންކޮށްގެން މަސައްކަތް ކުރާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް