ޕިއްޒާ ހަޓަށް ކަޅުތެޔޮ ޖެހުމުން ފުލުހުން އެތަނުގައި ހަރަކާތްތެރިވަނީ (ފޮޓޯ/އެމްވީ ކްރައިސަސް)

ކޮކާ-ކޯލާ

ރާއްޖޭގައި ކޮކާކޯލާ، ކޭއެފްސީ އަދި ޕިއްޒާ ހަޓަށް ކަޅުތެޔޮ ޖަހައިފި

މޫނު ނިވާކޮށްގެން ތިބި ބަޔަކު މި ތަންތަނަށް ކަޅުތެޔޮ ޖަހާ، ހިދުމަތް ހުއްޓާލަން އިންޒާރު ވެސް ދިން ކަމަށް ވޭ

ރާއްޖޭގައި ހިންގާ، ކޮކާ-ކޯލާ، ކޭއެފްސީ، އަދި ޕިއްޒާ ހަޓަށް މިރޭ ބަޔަކު ކަޅުތެޔޮ ޖަހައިފި އެވެ.

ވީ ކިހިނެއް؟ - ސޯޝަލް މީޑިއާގައި ދައުރުވަމުންދާ މި މަންޒަރު ފެންނަ ޕޯސްޓުގައި ވާ ގޮތުން، އެ ތަންތަނަށް ވަދެ ކަޅުތެޔޮ ޖަހާފައިވަނީ މޫނު ނިވާކޮށްގެން ތިބި ބައެކެވެ. ކަޅު ތެޔޮ ޖެހުމުގެ އިތުރުން އެ ތަންތަނުގެ ހިދުމަތް ހުއްޓާލަން އިންޒާރު ވެސް ދިން ކަމަށް، ބައެއް މީހުން ބުނެ އެވެ. 

ތަފްސީލް - އެ އިންޒާރު ދިނީ އެއީ އިޒްރޭލަށް ފަންޑުކުރާ ތަންތަން ކަމަށް ބަލައި، އެކަމުގެ ރުޅީގަ އެވެ. ކަޅުތެޔޮ ޖެހުމާއި އިންޒާރު ދިންކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުމުން އެތަންތަނަށް ފުލުހުން ދިޔަ އެވެ. 

ކޮކާކޯލާ ގުދަނަށް ކަޅުތެޔޮ ޖަހާ ގެއްލުންދީފައި (ފޮޓޯ/އެމްވީ ކްރައިސަސް)

ފުލުހުން 'ދައުރު' އަށް ބުނީ މިވަގުތު ވެސް ފުލުހުން އެ ސީންގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

މާލޭ ގާކޮށި އިމާރާތުގެ ތަރީގައި ހުންނަ ކޭއެފްސީ އައުޓްލެޓާއި، ޕިއްޒާ ހަޓް ވެސް ނިސްބަތްވަނީ ބައިނަލްއަގްވާމީ ބޮޑެތި ރެސްޓޯރެންޓްތައް ހިންގާ އެމެރިކާގެ 'ޔަމް އިންޓަނޭޝަނަލްސް' އަށެވެ. 

ކޮކާ-ކޯލާއަށް އަމާޒުކޮށް ކަޅުތެޔޮ ޖެހީ ކޮކާކޯލާގެ އުފެއްދުންތައް ބަހައްޓާ ގުދަނެއްގެ ދޮރަށެވެ. 

ފާހަގަކޮށްލެވޭ ކަމެއް - އިޒްރޭލުން ގާޒާއަށް ދެމުންދާ އުދުވާނީ ހަމަލާތަކާއި، ލާއިންސާނީ އަމަލް އިތުރުވެ، އެތައް ހާސް ބަޔަކު މަރުވަމުން ދިއުމާ އެކު ބައިނަލްއަގުވާމީ ބައެއް ކުންފުނިތައް ބޮއިކޮޓްކުރުމުގެ ހަރަކާތެއް ދުނިޔޭގައި ވަނީ ފަށައިފަ އެވެ.

ބައެއް ދިވެހިން ގެންދަނީ އިޒްރޭލް ޕާސްޕޯޓު ރާއްޖޭގައި ގަބޫލުކުރުން މަނާކުރަން ވެސް ގޮވާލަމުންނެވެ. 

ކޮމެންޓް (1)

ނަޝީދު

12 ނޮވެމްބަރު 2023
މިކަހަލަ ގައުމެއްގައި އިންވެސްޓްކޮށް ވިޔަފާރި ކުރުމުގެ ކުރިން އިންވެސްޓަރުން ދެން އިތުރަށް ވިސްނާނެ، މިއީ ވިޔަފާރިވެރިންނާއި އިންވެސްޓާރުންނަށް ދެވުނު ވަރަގަދަ މެސެޖެއް. ތިމާމެންގެ އަމިއްލަހާލާމެދު ވިސްނައިގެން އެހެންމީހުނަށް އެހީވުން މުހިއްމު
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް