ސެޕްޓެމްބަރު 21، 2023: އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ރ. ފައިނުގައި (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން ހޯދަން ރައްޔިތުންނާއި ސަރުކާރުން ގުޅިގެން މަސައްކަތް ކުރަންޖެހޭ: މުއިއްޒު

މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުމާއި ކުރިއެރުން ގެނައުމަށްޓަކައި އެންމެން 'އެކަތިގަނޑަކަށް' ވާންޖެހޭ ކަމަށް
11 ނޮވެމްބަރު 2023

ޖުމްހޫރީ ވެރިކަމުގެ ފޮނި މީރުކަން  ހޯދުމަށްޓަކައި ރައްޔިތުންނާއިި ސަރުކާރުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟- މިއަދު ފާހަގަކުރަމުންދާ ޖުމްްހޫރީ ދުވަހުގެ މުނާސަބަތުގައި މުއިއްޒު ދެއްވި މެސެޖުގައި އެމަނިކުފާނު ގޮވާލެއްވީ ގައުމު އިސްކުރުމަށާއި އެންމެން އެކުގައި ގުޅިގެން މަސައްކަތް ކުރުމަށެވެ.

ބުނީ ކީކޭ؟- "ރައްޔިތުންނަށް ލިބިގެންދާނީ، ރައްޔިތުންނާއި ސަރުކާރާ ގުޅިގެން ގައުމު އިސްކޮށްގެން މަސައްކަތް ކުރެވިގެން،" މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ގައުމަށް ހަމަޖެހުމާއި ކުރިއެރުން ގެނައުމަށްޓަކައި އެންމެން "އެކަތިގަނޑަކަށް" ވާންޖެހޭ ކަމަށެވެ.

"އެހެންވީމާ މިގޮތުގައި ކުރިއަށް ދިއުމަށް ހުރިހާ ބޭފުޅުންނަށް މި ދުވަހުގެ ތަހުނިޔާ އަރިސްކުރަމުން އިލްތިމާސްކުރަން." އެމަނިކުފާނު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް