ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދިން ދެމައިންނާ އެކު ޑޮކްޓަރުންގެ ޓީމު (ފޮޓޯ/ޓްރީޓޮޕް)
ޓްރީ ޓޮޕުގައި އެއްމާބަނޑު 2 ކުދިން 2 ވަގުތެއްގައި ވިއްސައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ފުރަތަމަ ފަހަރަށް އެސިންކްރޮނަސް ޓްވިން ޑެލިވަރީއެއް ފުރިހަމަކޮށްފި އެވެ.
އެނގުން މުހިއްމު - އެސިންކްރޮނަސް ޓްވިން ޑެލިވަރީ އަކީ އެއްމާބަނޑު ބަލިވެއިނުމަކުން ދެ ކުދިން ދެ ވަގުތެއްގައި ވިހެއުމުގެ ޕްރޮސީޖާއަށް ކިޔާ ނަމެވެ.
-
އެސިންކްރޮނަސް ޓްވިން ބާތަކީ ވަރަށް މަދު ހާލަތްތަކުގައި ދިމާވާ ކަމަކަށް ވުމުން، ދިމާވެދާނެ އުނދަގޫ ހާލަތްތައް އަވަހަށް ދެނެގަތުމަށް މައިމީހާގެ ބޭނުންތަކަށް ހާއްސަ ފަރުވާއެއް ފޯރުކޮށްދީފައިވާ ކަމަށް ޓްރީ ޓޮޕުން ބުނޭ
-
މި ޕްރޮސީޖާގައި އެކުލެވޭ ރިސްކުތަކުގެ ސަބަބުން މައިމީހާ އަށާއި ދަރިފުޅަށް ދޭން ޖެހޭ ފަރުވާދިނުމަށް ބަލިވެއިނުމުގެ މަރުހަލާތަކަށް ފަރުވާތެރިކަމާ އެކު ގަވާއިދުން ބެލުމަށް ހާއްސަ ސަމާލު ކަމެއް ދީފައިވޭ
ތަފްސީލް - މި އޮޕަރޭޝަން ކާމިޔާބުކުރުމަށް ހޮސްޕިޓަލުގެ އޮބްސްޓެޓްރިކް އަދި ގައިނެކޮލޮޖިކަލް ޑޮކްޓަރުންގެ ޓީމުން 'ސްވިފްޓް އެމަޖެންސީ ސިޒޭރިއަން'އެއް ފުރިހަމަކުރި ކަމަށް އެ ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
ވިހެއުމަށް ފަހު ހޮސްޕިޓަލުން ދޫކޮށްލުމާ ހަމައަށް ތުއްތު ދަރިފުޅަށް ބޭނުންވާ ފަރުވާދިނުމަށް ޓްރީ ޓޮޕްގެ ކުޑަކުދިންގެ ޑޮކްޓަރުން ވަނީ އެންމެ އެކަށޭނަ ފަރުވާ ދީފަ އެވެ.
-
މި ޕްރޮސީޖާގައި އިސްކޮށް އުޅުއްވީ އޯބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ ކޮންސަލްޓަންޓް ޑރ. މާރިއާ ކްރިސްޓީނާ އަލްމޮންޓޭ
-
އޭނާގެ ޓީމާ އެކު، ނިއޯނެޓޮލޮޖިސްޓުން ކަމަށްވާ ޑރ. އިންގްރިޑް، ޑރ. ބިޕިން އަދި ޑރ. މުސްތަފާ ހަރަކާތްތެރިވެވަޑައިގެންނެވި
-
ކުޑަކުދިންގެ ޑޮކްޓަރުން ކަމުގައިވާ ޑރ. އެލެސަންދްރާ އަދި ޑރ. ސުބިން ވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައި
ޓްރީ ޓޮޕުން ބުނީ އެ ހޮސްޕިޓަލަށް ދާ ކޮންމެ ބަލިމީހަކަށް ވެސް އަދި ހާއްސަކޮށް މާބަނޑުމީހުންނަށް ބަލިވެއިނުމުގެ ހުރިހާ މަރުހަލާތަކެއް ބެލެހެއްޓުމުގައި އެ ބަލިމީހަކަށް ބޭނުންވާ ހާއްސަ ސިއްހީ ފަރުވާ ފޯރުކޮށްދިނުމަށް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމްގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށެވެ.
ކޮމެންޓް (1)
ހާލަކުން