ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގެ ތެރެއިން (ފައިލް ފޮޓޯ/ކޮމިޝަން)

ލައިސަންސް ނުނަގާ ގޭގޭގައި ޗެނަލްތައް ބެލޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

އެ މާއްދާގައި ކުރިން އޮތީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭން ވާނީ، އެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދުކުރާ ރީ-ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ކަމަށް
4 ނޮވެމްބަރު 2023

ބްރޯޑްކޮމް އިން ދޫކުރާ ރީ-ބްރޯޑްކާސްޓިން ލައިސަންސް ނުނަގާ ވެސް އަމިއްލަ ބޭނުމަށް ނުވަތަ ގޭބިސީތަކުގައި ރީ-ބްރޯޑްކާސްޓްކުރެވޭ ގޮތަށް ނުވަތަ ކޭބަލް ޓީވީން ދައްކާ ޗެނަލްތައް ތަފާތު ހިދުމަތްތައް މެދުވެރިކޮށް ބެލޭނެ ގޮތަށް ގަވާއިދު އިސްލާހުކޮށްފި އެވެ.

ވީ ކިހިނެއް؟ - ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރީ-ބްރޯޑްކާސްޓިން ގަވާއިދަށް ބަދަލު ގެނެސް، އެ އިސްލާހުތައް ސަރުކާރުގެ ގެޒެޓުގައި މިދިޔަ ބުރާސްފަތި ދުވަހު ޝާއިއުކޮށްފަ އެވެ.

ތަފްސީލް - އެ ގަވާއިދަށް ބްރޯޑްކޮމް އިން ގެނެސްފައިވާ މައިގަނޑު އިސްލާހަކީ ރީ-ބްރޯޑްކާސްޓިން ލައިސަންސް ނުނަގާ ވެސް އަމިއްލަ ބޭނުމަށް އެ ހިދުމަތް ބޭނުންކުރެވޭ ގޮތް ހެދުމެވެ. އެގޮތުން، އެ ކޮމިޝަނުން އެ އިސްލާހު ގެނެސްފައިވަނީ އެ ގަވާއިދުގެ 'ހިދުމަތް ދިނުމުގެ ލައިސަންސް'އާ ގުޅޭ، ގަވާއިދުގެ ފަސް ވަނަ މާއްދާއަށެވެ. އެގޮތުން:

  • ކުރިން އޮތް ގޮތް: އެ މާއްދާގައި ކުރިން އޮތީ ރާއްޖޭގައި ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭން ވާނީ، އެ ކަމަށް މި ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުން ދުކުރާ ރީ-ބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ލިބިގެން ކަމަށް

އެކަމަކު އަލަށް ގެނައި އިސްލާހުގައި ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ، އަމިއްލަ ބޭނުމަށް ރީ-ބްރޯޑްކާސްޓްކުރާ ފަރާތްތަކުން އެ ލައިސަންސް ނެގުން އިސްތިސްނާކޮށްފަ އެވެ. އަދި "އަމިއްލަ ބޭނުމަށް" ރީ-ބްރޯޑްކާސްޓްކުރުން ވެސް ތަފްސީލުކޮށްދީފައިވެ އެވެ. 

އަލަށް ގެނައި އިސްލާހުގައި ބުނަނީ:

  • އަމިއްލަ ބޭނުމަށް ފިޔަވައި ރާއްޖޭގައި އެއްވެސް ތަނެއްގައި ރީ-ބްރޯޑްކާސްޓް ކުރުމުގެ ހިދުމަތް ދޭން ވާނީ އެ ކަމަށް ގަވާއިދުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އެ ކޮމިޝަނުން ދޫކުރާ ރީ-ބްރޯޑްކާސްޓިން ލައިސަންސް ލިބިގެން ނުވަތަ ލައިސަންސް ލިބިފައިވާ ފަރާތެއް މެދުވެރިކޮށް ކަމަށް

  • އޭގެ ފަހަތަށް އަކުރެއްގެ ގޮތުގައި ހިމަނާފައިވާ މާއްދާގައި ބުނެފައިވަނީ، އަމިއްލަ ބޭނުމަކީ ގޭބިސީއެއްގައި ރީ-ބްރޯޑްކާސްޓިންގެ ހިދުމަތެއް ބޭނުންކުރުން ކަމަށް

އޭގެ އިތުރުން، ރީ-ބްރޯޑްކާސްޓިން ލައިސަންސް އެދި ހުށަހަޅާ ފަރާތްތަކުގައި ހުންނަން ޖެހޭ އިތުރު ޝަރުތެއް ވެސް މި އިސްލާހުގައި ހިމަނާފައިވެ އެވެ. އިތުރު ކުރި އެ ޝަރުތަކީ ލައިސަންސަށް އެދޭ ފަރާތަކީ ބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދޭ ކުންފުންޏެއް ނުވަތަ ކޯޕަަރޭޓިވް ސޮސައިޓީއަކަށް ނުވުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް