އަރަބިއްޔާއާއި ޖަމާލުއްދީންގެ އާ އިމާރާތް އެޅުމަށް އަމީން ކޮންސްޓްރަކްޝަންއާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ސްކޫލުގެ ޕްރިންސިޕަލް ޝުޖާއު އަބްދުލް ރަހީމް (ކ) (ފޮޓޯ/ އެޑިއުކޭޝަން މިނިސްޓްރީ)

އަރަބިއްޔާގެ ކުރީގެ ޕްރިސިޕަލް މަގާމުން ދުރުކުރީ ގޯސްކޮށް ކަމަށް ނިންމައި، އަލުން މަގާމުދޭން އަންގައިފި

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލް އޭނާގެ ޒިންމާތަކުން ދުރުކުރީ ގޯސްކޮށް ކަމަށް ނިންމައި އެ މަގާމު އިއާދަކޮށްދިނުމަށް ވަޒީފާ އާ ބެހޭ ޓްރިބިއުނަލުން މިއަދު ވަނީ އަންގާފައި

އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަހީމް އެ މަގާމުން ދުރުކޮށް، އެ ސްކޫލް ހިންގުން ވަގުތީ ގޮތުން އެހެން ޕްރިންސިޕަލަކާ ހަވާލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ނިންމައި، އެ މަގާމު އޭނާއަށް އަނބުރާ ދިނުމަށް ސިވިލް ސާވިސްގެ މައްޗަށް ވަޒީފާ އާ ބެހޭ ޓްރިބިއުނަލުން މިއަދު އަމުރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ޕްރިންސިޕަލްގެ ޒިންމާތަކުން ޝުޖާއު ދުރުކޮށް، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ)އަށް ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ. އެއަށް ފަހު އަރަބިއްޔާގެ ހިންގުން  ހަވާލުކޮށްފައިވަނީ އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދުއާ އެވެ.

ޝުޖާއު މަގާމުން ވަކިކުރީ މިދިޔަ އަހަރު އަރަބިއްޔާގެ ބެލެނިވެރިން ކުރިއަށް ގެންދިޔަ 'ސޭވް އަރަބިއްޔާ' ކެމްޕެއިން ހުއްޓުވަން ޝުޖާއު މަސައްކަތް ނުކުރާ ކަމަށް ބުނެ ކަމަށް ތުހުމަތުކޮށް ޝުޖާއުގެ މަގާމު އަބުރާ އިއާދަކޮށްދިނުމަށް އަރަބިއްޔާގެ ބެލެނިވެރިން ވެސް ވަނީ އޭރު ގޮވާލާފަ އެވެ.

މި މައްސަލާގައި ސިވިލް ސާވިސް އާ ދެކޮޅަށް ވަޒީފާ އާ ބެހޭ ޓްރިބިއުނަލަށް ޝުޖާއުގެ ފަރާތުން ހުށަހަޅާފައިވާ މައްސަލާގައި އޭނާ މަގާމުން ދުރުކުރީ ގޯސްކޮށް ކަމަށް ނިންމާފައިވަނީ މިއަދު އެވެ. 

ތަފްސީލް - މި މައްސަލާގައި ޝުޖާއުގެ ފަރާތުން ވަޒީފާ އާ ބެހޭ ޓްރިބިއުނަލްގައި އެދިފައިއޮތީ:

  • އޭނާ ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަނަށް ބަދަލުކުރުމަށް ސިވިލް ސަވިސް ކޮމިޝަނުގެ ފަރާތުން ނިންމާފައިވާ ނިންމުމަކީ ސިވިލް ސަވިސްގެ ގަވާއިދާ ހިލާފަށް ބަދަލުކުރި ބަދަލުކުރުމެއް ކަމަށް ކަނޑައަޅައިދިނުމަށް

  •  މައްސަލަ ހުށަހެޅި ފަރާތް، އަރަބިއްޔާގައި އަދާކުރަމުން ދިޔަ މަގާމަށް އަނބުރާ ރުޖޫއަކުރުމަށް ސިވިލް ސަވިސް ކޮމިޝަނުގެ މައްޗަށް އަންގައި އަމުރުކޮށްދިނުމަށް

މި މައްސަލަ އޭނާ އާ އެއްކޮޅަށް ނިމިފައިވާ ކަން ހާމަކޮށް ޝުޖާއުގެ ވަކީލު، އަލީ ސައީދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވާގޮތުން، އޭނާ މަގާމުން ވަކިކުރީ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށް ޓްރިިބިއުނަލުން ވަނީ ނިންމައިފަ އެވެ. އަދި މަގާމު އިއާދަކޮށްދިނުމަށް ސިވިލް ސާވިސްގެ މައްޗަށް ވަނީ އަމުރުކޮށްފަ އެވެ.

އެނގުން މުހިންމު - މި މަގާމުން ޝުޖާއު ދުރުކުރުމުން، އެ މައްސަލަ ވަޒީފާ އާ ބެހޭ ޓްރިބިއުނަލަށް ހުށަހަޅައި، އެ މައްސަލާގައި ގޮތެއް ނިންމުމުގެ ކުރިން، އެ މަގާމަށް ދާއިމީ މުވައްޒަފަކު ނެގުން ހުއްޓުވުމަށް އޭނާގެ ފަރާތުން ވަގުތީ އަމުރަކަށް ވެސް އެދިފައިވެ އެވެ.

އެހެންވެ އެ މައްސަލާގައި ވަކި ގޮތެއް ނުނިންމަނީސް އެ މަގާމަށް ދާއިމީ މުވައްޒަފަކު ނުނަގަން މިދިޔަ އަހަރުގެ 20 ނޮވެމްބަރުގައި ވަޒީފާ އާ ބެހޭ ޓްރިބިއުނަލުން އޮތީ ސިވިލް ސާވިސްގެ މައްޗަށް އަމުރު ކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް