އިލެކްޝަންސް ކޮމިޝަންގެ ގައުމީ ލަފާ ދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގައި އީސީގެ ނައިބު ރައީސް އިސްމާއީލ ްހަބީބް ވާހަކަދައްކަވަނީ ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)

ސިޔާސީ ޕާޓީތަކުގައި ދަފްތަރުކޮށްފައިވާ މީހުންގެ މައުލޫމާތު އާންމުކޮށްފި

އިލެކްޝަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ ހުރިހާ އެންމެންގެ މައުލޫމާތު އަނެއްކާވެސް އާންމުކުރީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް ކަމަށް

ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ގޮތުގައި އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ދަފްތަރުކޮށްފައިވާ އެންމެންގެ މައުލޫމާތު ހިމެނޭ ލިސްޓު އިއްޔެ އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

ބުނީ ކީކޭ؟ - އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕާޓީތަކުގެ ދަފްތަރުގައި ހިމެނޭ އެންމެންގެ މައުލޫމާތު ކޮމިޝަނުން އާންމުކުރީ، ނޭނގި ޕާޓީއަށް ވެއްދުމާއި އެއް ޕާޓީން އަނެއް ޕާޓީއަށް ބަދަލުކުރާ ކަމުގެ ޝަކުވާ ކެނޑިނޭޅި ކޮމިޝަނަށް ލިބެމުން ދާތީ ކަމަށެވެ.

އެ ޝަކުވާތަކާ ގުޅިގެން ސިޔާސީ ޕާޓީތަކުގެ ދަފްތަރުގެ ސައްހަކަން ކަށަވަރު ކުރުމަށް އެ ލިސްޓު އިއްޔެ އީސީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ކަމަށް ހަބީބު ވިދާޅުވި އެވެ.

ތަފްސީލް - އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. ޝަކުވާ ހުށަހަޅަން ބޭނުންވާ ނަމަ، 'ސިޔާސީ ޕާޓީގެ ދަފްތަރަށް ޝަކުވާ ހުށަހަޅާ ފޯމު' މެދުވެރިކޮށް، އަންނަ މަހުގެ 30ގެ ނިޔަލަށް ޝަކުވާ ހުށަހެޅޭނެ އެވެ. 

ޝަކުވާ ހުށަހަޅާނީ:

  • ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 އިން މެންދުރު ފަހު 3ގެ ކުރިން 

  • އީސީގެ މައި އިދާރާއަށް ގޮސްގެން ފޯމު ހުށަހެޅޭނެ ނުވަތަ ކޮމިޝަންގެ އީމެއިލް އެޑްރެސްއަށް އީމެއިލް ކުރެވޭނެ

އެނގުން މުހިންމު - މިދިޔަ ފެބްރުއަރީގައި އާންމުކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ދައްކާ ގޮތުގައި:

  • އެމްޑީޕީގައި - 57،660 މެމްބަރުން

  • ޕީޕީއެމްގައި - 38،704 މެމްބަރުން

  • ޖޭޕީ - 22،607 މެމްބަރުން

  • ޑިމޮކްރެޓްސް - 3،280 މެމްބަރުން (7 އޮގަސްޓުގެ ނިޔަލަށް)

  • އެމްއެންޕީ - 9،838 މެމްބަރުން

  • އެމްޑީއޭ - 10،386 މެމްބަރުން

  • އަދާލަތު ޕާޓީ - 9،786 މެމްބަރުން

  • ޕީއެންސީ - 3،159 މެމްބަރުން

  • އެމްއާރްއެމް - 2981 މެމްބަރުން

އިތުރު އާޓިކަލް

އިތުރު އާޓިކަލް