ބައިނަލްއަގްވާމީ އަތް ދޮވުމުގެ ދުވަސް ފާހަގަކުރަނީ (ފޮޓޯ/ ބީބީއެމް)
އަތް ދޮވުމުގެ ދުވަސް: އަތް ދޮންނަން ބާރު އެޅުމަށް 900 ކުދިންނާ އެކު ތަފާތު ގޭމުތަކެއް
ތަފާތު ހަރަކާތްތަކާ އެކު ލައިފްބޯއީ އާއި ކެންގަރޫ ކިޑްސް އިންޓަނޭޝަނަލް ޕްލޭ ސްކޫލުން ބަައިނަލްއަގްވާމީ އަތް ދޮވުމުގެ ދުވަސް ފާހަގަކޮށްފި އެވެ.
ވީ ކިހިނެއް؟- ޔުނިލީވާ އިންޓަނޭޝަނަލްގެ ޓީމް ބެސްޓްބައި މޯލްޑިވްސް (ބީބީއެމް)އާ ގުޅިގެން ހިންގި މި ހަރަކާތުގައި ބައިވެރިވި 900 ކުދިން ވަނީ އަތުގެ ސާފުތާހިރު ކަމާއި 'ޕަވާ އޮފް ޕްލޭ' އާ އެކު ފަރުމާކޮށްފައިވާ 'އެޗް ފޯ ހޭންޑް ވޮޝިން'ގެ ގޭމުތައް ކުޅެފަ އެވެ.
ތަފްސީލް- ބީބީއެމް އިން ބުނީ، އަތް ދޮވުމުގެ ކެމްޕޭންގެ ދަށުން 'އެޗް ފޯ ހޭންޑް ވޮޝިން' ލައިފްބޯއިއިން ކުރިއަށް ގެންދިޔައީ، އުނގެނުމާއި އަހުލާގަށް އަންނަ ބަދަލުތަކުގައި ކުޅުމުގެ ބާރު ދެނެގަނެ، 'ޕްލޭ އެންޑް ލާން' މެތަޑޯލޮޖީއަށް ބަދަލުކޮށްގެން ކަމަށެވެ.
ބީބީއެމްއިން ބުނީ؛
-
މަގުސަދަކީ އުނގަންނައިދިނުމުގެ ބޭރުން، އަތް ދޮވުމަކީ ހިތްގައިމު އަދި އުމުރު ދުވަހު ހިފާ އާދައެއްގެ ގޮތުގައި އަށަގެންނެވުމަަށް ބާރު އެޅުވުން
-
އެ ހަރަކާތުގައި ރެޑް ކްރެސެންޓްގެ އެހީތެރިކަން ވެސް ލިބުނު
އެޗް ފޯ ހޭންޑް ވޮޝިން
'އެޗް ފޯ ހޭންޑް ވޮޝިން' ގޭމްސް ކިޓު ފަރުމާކުރީ ކުޑަކުދިންގެ މަޝްހޫރު ބޯޑު ގޭމްތަކަށް ބަލައިގެންނެވެ. މި ކިޓުގައި ހިމެނޭ ގޭމްތަކަކީ: ޖާމްސް އެންޑް ލެޑާސް، ހޭންޑްވޮޝިން ލޫޑޯ، ސޯޕް-ޓެކް-ޓޯ އަދި ލޮސް ދަ ޖާމްސް އެވެ.
އެއީ ކުޑަކުދިންގެ ކުޅޭ އެއްޗެހި ޑިޒައިން ކޮމްޕެނީ، އިމާގިމަކޭ އާއި ކުޅިވަރާއި ތައުލީމާއި ސާފުތާހިރުކަމުގެ ދާއިރާގެ ތަޖުރިބާކާރުން ގުޅިގެން ތައްޔާރުކޮށްފައިވާ ކުޅިވަރުތަކެކެވެ.