އެމްއެންޑީއެފް ކޯސްޓުގާޑުގެ އުޅަނދެއް ކަނޑުމަތީގައި ހަރަަކާތްތެރިވަނީ(ފޮޓޯ/އެމްއެންޑީއެފް)

އދ. ދަނގެތި

އެކަނި މަހަށް ނުކުތް އުމުރުން ދުވަސްވީ މީހަކު ގެއްލިގެން ހޯދަނީ

ގެއްލިގެން ހޯދަނީ ދަނގެތީ، ޔޫސުފް ނައީމް؛ މަހަށް ނިކުތީ ކުޑަ އިންޖީނު ދޯންޏެއްގައި ފަތިހު

އދ. ދަނގެތިން ކުޑަ އިންޖީނު ދޯންޏެއްގައި މިއަދު މަހަށް ނުކުތް މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެންޑީފް އިން މައުލޫމާތު ދިން ގޮތުގައި، އޭނާ ގެއްލުނު ކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު 11:42 ހާއިރު އެވެ. އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް  ކޯސްޓުގާޑުން މިހާރު ވަނީ ފަށާފަ އެވެ.

ތަފްސީލް - ދަނގެތީ ކައުންސިލުގެ ރައީސް މުއާވިޔަތު ރަޝީދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި، ގެއްލިގެން ހޯދަމުންދަނީ، އެ ރަށު، ޔޫސުފް އިބްރާހިމް ކިޔާ މީހެއް ކަމަށެވެ. އޭނާ އަކީ 65 އަހަރުން މަތީގެ އުމުރުން ދުވަސްވީ މީހެއް ކަމަށް ވިދާޅުވި އެވެ.

ޔޫސުފް ހޯދަން ފެށީ އޭނާ ބުނި ގޮތުން، މިއަދު ފަތިހު މަހަށް ނުކުތް ގޮތަށް ހަބަރެއް ނުވެގެން ނެވެ.

"އާންމުކޮށް ވެސް ވަރަށް ގިނައިން މަހަށް ގޮސް އުޅޭނެ. އެކަނި ހަމަ ދާނީ. މިއަދު މަަހަށް ނިކުތީ ފަތިހު ކަމަށް ވަނީ. އަޅުގަނޑުމެން މިދަނީ އެމްއެންޑީއެފް، ފުލުހުން އަދި ރަށުގެ ރައްޔިތުންނާއި ގުޅިގެން އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން. އަދި ނުފެނޭ،" ކައުންސިލުގެ ރައީސް މުއާވިޔަތު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް