މެލޭޝިއާގެ އިމާރާތްތަކެއް

ރާއްޖެ-މެލޭޝިއާ

އިމާރާތެއްގެ 14 ވަނަ ފްލޯއިން ވެއްޓި މެލޭޝިއާގައި ދިވެއްސަކު މަރުވެއްޖެ

އޭނާ އެ އިމާރާތުން ވެއްޓި މަރުވެފައިވާ ކަމުގެ ރިޕޯޓު ދިވެހި ފޮރިން މިނިސްޓްރީއަށް ލިބިފައިވަނީ މިއަދު ހެނދުނު

މެލޭޝިއާގެ ވެރިރަށް ކުއާލަ ލަމްޕޫރްގެ އުސް އިމާރާތެއްގެ 14 ވަނަ ފަންގިފިލާއިން ވެއްޓި ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

ތަފްސީލް - ދިވެއްސަކު އުސް އިމާރާތަކުން ވެއްޓި މަރުވެފައިވާ ކަމުގެ ރިޕޯޓެއް ލިބިފައިވާކަން ފޮރިން މިނިސްޓްރީން 'ދައުރު' އަށް ކަށަވަރުކޮށްދިނެވެ. މިނިސްޓްރީން ބުނީ އެ ރިޕޯޓު ލިބުނީ މެލޭޝިއާ ގަޑިން މިރޭ 7 އެހާއިރު ކަމަށެވެ. އެއީ ރާއްޖެ ގަޑިން ހަވީރު 4 އެވެ.

މިކަމާ ގުޅޭގޮތުން އިތުރު ތަފްސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. އަދި ޒާތީ މައުލޫމާތަކަށް ވާތީ މަރުވި މީހާގެ ތަފްސީލު ދިނުމަށް ވެސް މިނިސްޓްރީން ވަނީ އުޒުރުވެރިވެފަ އެވެ.

ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އެ އިމާރާތުން ވެއްޓި މަރުވެފައިވަނީ އައްޑޫއަށް ނިސްބަތްވާ 22 އަހަރުގެ ފިރިހެން ދަރިވަރެކެވެ. މިއީ އޭނާގެ ކޯހުގެ ފަހު އަހަރު ކަމަށްވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް