އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިސްލާމިކް މިނިސްޓްރީއަށް ކަނޑައެޅުއްވި ޓްރާންސިޝަން ކޮމެޓީގެ މެމްބަރުން (ފޮޓޯ/އިސްލާމިކް މިނިސްޓްރީ)

އިންތިގާލީ ކޮމެޓީން މައުލޫމާތު ސާފުކުރަން އިސްލާމިކް މިނިސްޓްރީއަށް

އެ ބައްދަލުވުމުގައި އިންތިގާލީ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު އިސްލާމިކް މިނިސްޓަރު ވަނީ ހިއްސާކުރައްވާފައި
9 އޮކްޓޯބަރު 2023

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތުން އިންތިގާލީ މަަސައްކަތްތަކަށް އެކުލަވައިލި ޓީމުތަކުގެ ތެރެއިން އިސްލާމިކް މިނިސްޓްރީއަށް ކަނޑައެޅި ޓްރާންސިޝަން ކޮމެޓީ މިއަދު އެ މިނިސްޓްރީގެ އިސް ވެރިންނާ ބައްދަލުކޮށްފި އެވެ.

ވީ ކިހިނެއް؟ - މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި އެ ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވަނީ އިންތިހާބީ ރައީސް މުއިއްޒުއަށާއި އެމަނިކުފާނުގެ ފަރާތުން އެ މިނިސްޓްރީއަށް ޒިޔާރަތްކުރި ކޮމެޓީގެ މެމްބަރުންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ކޮމެޓީއަށް ބޭނުންވާ މައުލޫމާތު މިނިސްޓަރު ވަނީ ހިއްސާކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.

ތަފްސީލު - ޓްރާންސިޝަން ކޮމެޓީގެ ފަރާތުން ވާހަކަދެއްކެވި ކުރިން ޕީޕީއެމް ސަރުކާރުގެ ފުރަތަމަ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް ވަނީ މި މަރުހަލާގައި ބޭނުންވާ މައުލޫމާތު ފަސޭހަކަމާ އެކު ހޯދައިދިނުމަށާއި އެ ކޮމެޓީން ކުރާ މަސައްކަތްތަކަށް މިނިސްޓްރީން ލިބޭ އެހީތެރިކަން ފާހަގަކުރައްވައި، އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަހީމްގެ އިތުރުން ޓްރާންސިޝަން ކޮމެޓީގައި، ޕީޕީއެމް ސަރުކާރުގައި އޭނާއަށް ފަހު އިސްލާމިކް މިނިސްޓަރުކަން ކުރެއްވި ޑރ. އަހްމަދު ޒިޔާދު ބާގިރު ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެނގުން މުހިންމު - މިދިޔަ މަހުގެ 30ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި %53.78އާ އެކު، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މައްޗަށް ކުރި ހޯއްދެވީ ޕީޕީއެމް-ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒެވެ. 

އެއާ އެކު:

  • ޑިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް، ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހަމަޖައްސާފައި

  • ރައީސް ސޯލިހް ވަނީ، އިންތިހާބީ ރައީސްގެ އޮފީސް އުފައްދަވާފައި؛ އެ އޮފީސް ހިންގަނީ ސްޓެލްކޯ އިމާރާތުގެ ފަސް ވަނަ ފަންގިފިލާގައި

އިންތިގާލީ މަސައްކަތްތަކަށް މުއިއްޒުގެ ފަރާތުން ޖުމްލަ 15 ޓީމެއް ވަނީ އެކުލަވާލައިފަ އެވެ. އެއީ، އިންތިގާލީ އޮފީހުން ބުނާ ގޮތުގައި:

  • ސަރުކާރުގެ އިދާރާތަކަށް އަށް ޓީމް

  • ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ހަތް ޓީމް

އިތުރު އާޓިކަލް

އިތުރު އާޓިކަލް