ފުލުހުންގެ ވެހިކަލެއް މާލޭ މަގުމަތީ (ފޮޓޯ/ޕޮލިސް)

ވަޅި ޖެހުން

މާލޭ ފިހާރައެއްގައި ސޭޓަށް ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

އެ ހާދިސާގައި އަނިޔާވި ފިރިހެންމީހާއަށް އޭޑީކޭގައި ދަނީ ފަރުވާ ދެމުން

މާލޭ ފިހާރައަކަށް ވަދެ ތޫނު އެއްޗަކުން މީހަކަށް ހަމަލާދިން އަންހެނަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް؟ - ފުލުހުން ބުނީ އެ މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ލިބުނީ މިއަދު 11:02 ގައި ކަމަށެވެ.

ތަފްސީލް - އެ މައްސަލާގައި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް އެއީ ކޮން ގައުމެއްގެ މީހެއް ކަމެއް ނޭނގެ އެވެ.

އެ ހާދިސާގައި އަނިޔާވީ ފިރިހެނަކަށެވެ. އޭނާއަށް އޭޑީކޭގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ބުންޏެެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ފޯނު ވިއްކާ ފިހާރައަކަށް ވަދެ އެ ފިހާރާގައި އިންނަ ސޭޓަށް ބިރު ދައްކައި ހަމަލާ ދިނުމަށް ފަހު އެ އަންހެން މީހާ އެ ތަނުން ނިކުމެގެންދާ ތަނެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް