ޔޫތު މިނިސްޓަރު މަހްލޫފް. (ދައުރު ފޮޓޯ/އަބްދުﷲ އިޔާން)

މަހްލޫފް މާލޭ މޭޔަރު ކަމަށް ކުރިމަތިލައްވަނީ

މާލޭގެ މޭޔަރުކަން ވަގުތީ ގޮތުން ޑެޕިއުޓީ މޭޔަރު ނަރީޝްއާ މިހާރު ވަނީ ހަވާލުކޮށްފައި

މާލޭގެ މޭޔަރު ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

ވީ ކިހިނެއް؟ - މާލޭގެ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދު މުއިއްޒު މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރައްވައި 129،000އަށް ވުރެ ގިނަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ %54.04 އެވެ.

ތަފްސީލް - އަންނަ ނޮވެމްބަރުގައި މުއިއްޒު ރައީސް ކަމުގެ ހުވާކުރެއްވުމާ އެކު ހުސްވާ މޭޔަރުގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މަހްލޫފް ފާޅުކުރެއްވީ މިއަދު އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ވެސް މީގެ ކުރިން ކުރައްވާފައިވާ މަހްލޫފް އެކަން ހާމަކުރައްވައި އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ވަނީ، މާލޭގެ އެންމެހާ ރައްޔިތުން އޭނާއަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އެނގުން މުހިންމު - މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި، މޭޔަރުގެ ޒިންމާތައް މިއަދުން ފެށިގެން ވަގުތީ ގޮތުން ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއާ ހަވާލުކުރައްވަން މުއިއްޒު ވަނީ ނިންމަވާފަ އެވެ. ނަމަވެސް، 17 ނޮވެމްބަރުގައި ރައީސްކަމުގެ ހުވާ ކުރެއްވުމާ ހަަމައަށް މަގާމުގައި ދެމި ހުންނަވާނެ ކަމަށް މުއިއްޒު މިއަދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް