މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފަށް ބަޔަކު ހަމަލާދީފައި. (ފޮޓޯ/ކިޔުންތެރިއެއް)

ޝަރީފަށް ހަމަލާދިނުމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި

އެ މައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ފިރިހެނަކާއި 24 އަހަރުގެ 3 ފިރިހެނުން
3 އޮކްޓޯބަރު 2023

ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.

ވީ ކިހިނެއް- ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ބޭއްވި މިދިޔަ ހޮނިހިރު ދުވަހު ޝަރީފަށް ބަޔަކު ހަމަލާދިނީ، މެންހަޓަން ބިޒްނަސް ހޮޓަލް ތެރޭ މަރަދޫ ދާއިރާގެ ކެމްޕޭން ޓީމާ އެކު އޭނާ އިންނަވަނިކޮށެވެ.

އެ ހަމަލާގައި ޝަރީފްގެ މޫނުގައި ޖަހާފައިވާ އިރު އޭނާގެ މޫނު ހުރީ ނޫފައިގެންފަ އެވެ. އަދި މޫނު މަތީ ވަކިއަޅާފައި ވެސް ހުއްޓެވެ.

ތަފްސީލް - ފުލުހުން މިއަދު ބުނިގޮތުގައި އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ:

  • 27 އަހަރުގެ ފިރިހެނެއް

  • 24 އަހަރުގެ ތިން ފިރިހެނުން

ފުލުހުން ބުނީ އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 27 އަހަރުގެ ފިރިހެން މީހާއަށާާއި 24 އަހަރުގެ ދެ މީހެއްގެ ބަންދަށް 60 ދުވަސް ދީފައިވާ ކަމަަށެވެ. އަދި 24 އަހަރުގެ އަނެއް މީހާާގެ ބަންދަށް 30 ދުވަސް ދީފައިވާ ކަމަށެވެ.

ގުޅުންހުރި - ޝަރީފްގެ އިތުރުން ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދަށް ވެސް ހަމަލާދިންކަމުގެ މައްސަލައެއް ފުލުހުންނަށް ހަމަ އެ ދުވަހު ހުށަހެޅި އެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް