ރައީސް ސޯލިހާއި ނަޝީދު މިދިޔަ މަހުގެ 24ގައި ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. (ފޮޓޯ/މަޖިލިސް)

ބްރޭކިންގް

ނަޝީދު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން ހުށަހަޅުއްވައިފި

ނަޝީދު ފައްޔާޒުއަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ %50 ތާއީދު އޮތް ނަމަ، އެ މަނިކުފާނު އެ ޕާޓީއާ ގުޅިވަޑައިގަންނަވަން ތައްޔާރަށް ހުންނެވި ކަަމަށް
1 އޮކްޓޯބަރު 2023
6

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ދެ ބައިކުޅަ އެއް ބައި މެމްބަރުން ރުހޭ ނަމަ، އެ މަނިކުފާނު އެމްޑީޕީއާ އަލުން ގުޅިވަޑައިގަންނަވަން، އެމްޑީޕީގެ ރައީސް ކަމުގެ މަގާމުގައި ވެސް ހުންނެވުމަށް ފަހު އެ ޕާޓީން ވަކިވެވަޑައިގެންް އެމްޑީޕީއާ ދެކޮޅަށް މަސައްކަތްކުރައްވަމުން ގެންދަވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހުށަހަޅުއްވައިފި އެވެ.

ވީ ކިހިނެއް؟ - ނަޝީދު އެ ހުށަހެޅުން ހުށަހެޅުއްވީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިއަދު ފޮނުއްވި މެސެޖެއްގަ އެވެ. ފައްޔާޒު އެ މެސެޖު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވާފައި ވާއިރު، އެއީ ސައްހަ މެސެޖެއްކަން އޭނާ 'ދައުރު'އަށް ކަށަވަރުކޮށްދެއްވި އެވެ.

ތަފްސީލް - ފައްޔާޒު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއެޕް ގްރޫޕަށް ފޮނުއްވި މެސެޖުގައި، ނަޝީދު އޭނާއަށް ފޮނުއްވި ކަމަށް ހިމަނުއްވާފައިިވާ މެސެޖުގައި ނަޝީދު ވިދާޅުވެފައި ވަނީ، "އެމްޑީޕީގެ ގައުމީ މަޖިލީހުގެ50 ތާއީދު އޮތް ނަމަ، އަޅުގަނޑު އެމްޑީޕީއާ ގުޅެން ތައްޔާރު" ކަމަށެވެ.

އެ މެސެޖު ފޮނުއްވުމަށް ފަހު ފައްޔާޒު ވަނީ "މެސެޖު ލިބުނީމަ، ތިޔަ ބޭފުޅުންނާ ހިއްސާކޮށްލީ" ކަމަށް ވިދާޅުވެފަ އެވެ.

ފަސްމަންޒަރު - ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ނަޝީދަކީ އެ މަނިކުފާނުގެ ގާތް ރަހުމަތްތެރިއެއް ނަމަވެސް، ސިޔާސީ ގޮތުން ދެ ބޭފުޅުން ހިޔާލު ތަފާތުވުންތައް ބޮޑުވެ ދެ ބޭފުޅުން ވާހަކަ ނުދައްކަވާތާ ވެސް ވަނީ ގިނަ ދުވަސްތަކެއްވެފަ އެވެ.

އެއަށް ފަހު، އެ ދެ ބޭފުޅުން ވަނީ މިދިޔަ މަހުގެ 24ގައި ރައީސް އޮފީހުގައި ކުރު ބައްދަލުކުރެއްވުމަށް ބާއްވަވާފަ އެވެ. އެއީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ރިޔާސީން ބަރުލަމާނީއަށް ފުރޮޅާލަން ނަޝީދު އިސްވެ ކުރައްވާ މަސައްކަތްޕުޅާއި އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރާ ގުޅޭ ގޮތުން މަޝްވަރާކުރައްވަން ބޭއްވެވި ބައްދަލުކުރެއްވުމެކެވެ.

ދެ ބޭފުޅުންގެ ހިޔާލު ތަފާތުވުންތައް ބޮޑުވެ، ނަޝީދު ވަނީ އެމްޑީޕީގެ ރައީސްގެ ގޮތުގައި ހުންނެވުމަށް ފަހު އެ ޕާޓީން އިސްތިއުފާ ދެއްވައި ޑިމޮކްރެޓްސްގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައިފަ އެވެ. އެ ޕާޓީ މެދުވެރިކުރައްވައި ރައީސް ސޯލިހާ ދެކޮޅަށް އެ މަނިކުފާނު ގެންދަވަނީ ސިޔާސީ ގޮތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.

ދަ ޑިމޮކްރެސްޓްގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބު ވަނީ އިންތިހާބުގެ ފުރަތަމަ ބުރުން ތިން ވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދަވައިފަ އެވެ. އަދި އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ސަޕޯޓް ހޯދުމަށް އެމްޑީޕީއިން މަސައްކަތް ކުރި ނަމަވެސް ޝަރުތުތަކަށް އެއްބަސް ނުވެވި، ޑިމޮކްރެޓްސް އިން ނިންމީ އިންތިހާބުގެ ދެ ވަނަ ބުރުގައި އެއްވެސް ކޮޅަކަށް ނޭރުމަށެވެ. 

އިއްޔެ ބޭއްވި ދެ ވަނަ ބުރު، ރައީސް ސޯލިހާ ވާދަކުރައްވައި ކާމިޔާބުކުރެއްވީ އިދިކޮޅު ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. ނަޝީދުގެ ޕާޓީގެ އިސް ބައެއް ބޭފުޅުން ވެސް ފާޅުގައި މުއިއްޒަށް ތާއީދުކުރެއްވި އެވެ.

ކޮމެންޓް (6)

ނގބސ

2 އޮކްޓޯބަރު 2023
އަންނި ކަލެއަށްހީވަނީތި މީގަމާރުންނޭ.. އަމިއްލފައިދާޔަށް އުޅޭމީހެއްކަން މިހާރު އެނގޭތީ. ނުކުރާތި ބައިވެރި. ހަމަ ފަސާދަކުރާނީ
1 1

ޝިހާބް

1 އޮކްޓޯބަރު 2023
ފިތުނަ ވެރިންނަ ، ފުރުސަތު ދިނުމުގެ ބޭނުމެއް ނތް. ސޮރީ ބުނެލާ އައްނި އަށް
4 1

ޢަދުލު

1 އޮކްޓޯބަރު 2023
ނަމަ ނަމަ ނުވައްދާތި. އަމިއްލަ އެދުން ހަތަހާވެސް. މޑޕ އަށް ރަގަޅު ވާނީ ނަޝީދާ ނުލާ ކުރިއަށް ދިއުން. މިހާރު ތިއޮތީ ފަނިފަކުސަ ބޭރުކުރެވި ޕާޓި ސާފު ކުރެވިފަ
4 1

ރޮޒޭ

1 އޮކްޓޯބަރު 2023
ރޫޅާލާނަމޭ ގޮވާފަ ރޫޅާލެވޭނެ ގޮތެއް ހޯދަން ތޯއްޗެ ތި އެތެރެއަށް ވަދެވޭތޯ އުޅެނީ. ވަރަށް ވިސްނާފަ ނޫނީ ދޮރު ނުހުޅުވާތި
6 1

ޝިޔާމް

1 އޮކްޓޯބަރު 2023
އަޅުގަނޑު ތާއީދެއް ނުކުރަން
6 2

މޮޑަން

1 އޮކްޓޯބަރު 2023
ނަޝީދަށް ދެން އެމްޑީޕީގެ ދޮރު ހުޅުވިގެން ނުވާނެ. އެއަށްވުރެ ބޮޑު ގެއްލުމެއް ޕާޓީގެ މެމްބަރުންނަށް އެދިނީ. މަޖްލިސް އިންތިޚާބުގަ ބަލިވިޔަސް ދެން ޖެހެނީ ޒުވާން ޖީލަށް ފުރުސަތު ދޭން. އިބޫ އަދި ޕާޓީގެ ރައީސަކަށް ހޮވުން ރަނގަޅު ވެރިކަމަށް ކުރިމަތި ނުލިޔަސް.
9 2

އިތުރު އާޓިކަލް

އިތުރު އާޓިކަލް