
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕޭން ނިންމާލުމުގެ ގޮތުން އެމްޑީޕީން ކުރިއަށް ގެންދިޔަ ހިނގާލުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެ ވަޑައިގަންނަވަނީ (ދައުރު ފޮޓޯ/ހުސައިން ސުނޭން)
އެމްޑީޕީ މެމްބަރުން ރައީސަށް: 'ކޮށްދެއްވި ހިދުމަތަށް ޝުކުރިއްޔާ'
އެމްޑީޕީގެ މެމްބަރުން ގަބޫލުކުރާ ގޮތުގައި އެވަރުގެ ހެޔޮލަފާ ވެރިޔަކު ދިވެހިންނަށް ލިބިފައެއް ނެތެވެ. އެހެންކަމުން، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ގިނަ ދިވެހިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނޫނެކޭ ބުނުމުން، ސަޕޯޓަރުން ހަތިޔާރު ބެހެއްޓި ނަމަވެސް ބަލި ގަބޫލުކުރީ ރައީސަށް ތައުރީފާއި ޝުކުރުގެ ބަސްތައް ރައްދުކުރަމުންނެވެ.
"ޝުކުރިއްޔާ ރައީސް އިބޫ. ތިޔައީ ހިތްވަރު ގަދަ، ރައްޔިތުން ދެކެ ލޯބިވާ، ކެތްތެރި ބޭފުޅެއް. ނަމޫނާ ލީޑަރެއް،" މީހަކު ފޭސްބުކްގައި ލިޔުނެވެ.
އެމްޑީޕީގެ އާއްމު މެމްބަރުންނާއި ރައީސްގެ ސަޕޯޓަރުން ފާހަގަކުރާ ގޮތުގައި މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނު ވަނީ، ރައްޔިތުންގެ މެދުގައި ތަފާތުނުކުރައްވައި ގިނަ ހިދުމަތްތަކެއް ކޮށްދެއްވައިފަ އެވެ. ރަށްރަށަށް ނަރުދަމާ އާއި ސާފު ބޯފެނުގެ ނިޒާމާއި އެހެނިހެން ތަރައްގީ ފޯރުކޮށްދެއްވި އެވެ. ހިލޭ ޑިގްރީއާ އެކު ތައުލީމީ ނިޒާމު ފަހިކޮށްދެއްވި އެވެ. ހައި ސްޕީޑު ފެރީ އިން ރަށްތައް ގުޅުވާލައި، ބަހުގެ ނިޒާމުން އާއްމުންގެ ދިރިއުޅުން ލުއިކޮށްދެއްވި އެވެ.
"މަނިކުފާނުގެ މި ހިދުމަތްތައް ގިނަ ބަޔަކު ބަލައިގަތް. ކާމިޔާބުނުވުމަކީ އަދި އެހެން ކަމެއް،" ރައީސްގެ ހިދުމަތްތަކުގެ ދިގު ލިސްޓަކާ އެކު އެކްސްގައި މީހަކު ޝުއޫރު ފާޅުކުރި އެވެ.

ރިޔާސީ އިންތިހާބުގެ ކުރިން، ރައީސް ސޯލިހާއި އެމްޑީޕީން ބުނަމުން އައީ، އެމަނިކުފާނު އެއް ބުރުން ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެކަމަކު 15،000 ވޯޓުގެ ތަފާތަކުން ފުރަތަމަ ބުރުގައި ވެސް ކުރި ހޯއްދެވީ އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު އެވެ. ދެވަނަ ބުރުގައި އެ ތަފާތު އަނެއްކޮޅަށް އަނބުރާލެވޭނެ ކަމަށް ރައީސް ދެކެވަޑައިގެންނެވި އެވެ. ނަމަވެސް ފަހު ބުރުގައި ވެސް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލައްވަން ޖެހި ދެވަނަ ދައުރެއް ވަނީ ގެއްލިފަ އެވެ.
Thank you president @ibusolih for all that you have done for the development of the islands & for launching the much needed RTL, all the educational opportunities for the youths & development of sports. Wish you did more to get justice for all those who were left behind 🙏🏼
— AishathShifana (@aishwajyh) September 30, 2023
އިންތިހާބުން ބަލިވި ނަމަވެސް، ރައީސް ސޯލިހާ އެކު އިސް ސަފުގައި މަސައްކަތް ކުރައްވާ ބޭފުޅުން ވެސް ވިދާޅުވަނީ އެމަނިކުފާނާ މެދު ފަހުރުވެރިވެ ވަޑައިގަންނަވާ ކަމަށެވެ.
"މި ގައުމަށް ގެނެސްދެއްވި އިންގިލާބީ ތަރައްގީއަށް އަދި ގާނޫނުއަސާސީ އިން ކަށަވަރުކޮށްދީފައިވާ ރައްޔިތުންގެ ހައްގުތައް އެގޮތުގައި ދެމެހެއްޓެވީތީ ރައީސް އަށް ޝުކުރު ދަންނަވަން،" ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އެކްސްގައި ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު އަދި ރައީސާ އާއިލީ ގޮތުން ގާތް ޖީހާން މަހުމޫދު ފޭސްބުކްގައި ވިދާޅުވި ގޮތުގައި އަބަދުވެސް އޭނާ ދެމިހުންނަވާނީ ރައީސް ސޯލިހާ އެކުގަ އެވެ.
"ރައީސް އިބޫއަށްޓަކައި ފަހުރުވެރިވަން. ދިވެހިރާއްޖެ ދުށް އެންމެ އޯގާތެރި ރައީސް،" ހިދުމަތަށް ޝުކުރު އަދާކުރައްވަމުން ޖީހާން ވިދާޅުވި އެވެ.
ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ރައީސް ސޯލިހު ފަދަ ހިންގުންތެރި، ކެތްތެރި އަދި އޯގާތެރި ރައީސެއްގެ ކެބިނެޓުގައި މަސައްކަތް ކުރަން ލިބިވަޑައިގެންނެވުމަކީ ޝަރަފެއް ކަމަށެވެ.
ٱلْحَمْدُ لِلَّٰهِ
— Ahmed Mahloof (@AhmedMahloof) September 30, 2023
ރައީސް @ibusolih އަށް ވޯޓު ދެއްވި އެންމެހާ ރައްޔިތުންނަށް ފަށްފަށުން ޝުކުރިއްޔާ. އިންތިހާއަށް ބުރަ މަސައްކަތްކޮށްދެއްވި ހުރިހާ ބޭފުޅުންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. 💛
މިޤައުމަށް ގެނެސްދެއްވި އިންގިލާބީ ތަރައްގީއަށް އަދި ޤާނޫނު އަސާސީ އިން… pic.twitter.com/bOVwweU1G5
ދެވަނަ ބުރުގެ ވޯޓަށް ފަހު ސޯޝަލް މީޑިއާގައި ވާހަކަދައްކަވާ މިފަދަ ހުރިހާ އަރިސް ބޭފުޅުންނާއި އެމްޑީޕީގެ އެކްޓިވިސްޓުންނަށް މިއަދު އޮތީ ރައީސްއަށް ތައުރީފް ކޮށް، އެމަނިކުފާނަށް ވޯޓު ދިން މީހުންނަށް ޝުކުރު އަދާކުރުމެވެ. ސަޕޯޓަރުންގެ ޝުއޫރުތައް ވެސް ހުރީ އެގޮތަށެވެ.
"އަމާން ރާއްޖެއެއް ހޯދައިދިނުމަށް މަނިކުފާނު ކޮށްދެއްވި މަސައްކަތަށް ޝުކުރިއްޔާ،" އެމްޑީޕީގެ އާއްމު މެމްބަރަކު ސޯޝަލް މީޑިއާގައި ލިޔުނެވެ.
ކޮމެންޓް (3)
ނަންރީތި ހަސަނު
އިބްރާ
އަހު