
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. (ފޮޓޯ/އެމްޑީޕީ)
ރައީސަށް ކުރި ލިބިވަޑައިގަތީ އއ. އާއި އައްޑޫ އިން އެކަނި
މިއަދު ނިމުނު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މުޅި ރާއްޖެއިން ވެސް އަގުލަބިއްޔަތު ލިބިވަޑައިގަތީ އއ. އަތޮޅާއި އައްޑޫ ސިޓީ އިން އެކަނިކަން 'ދައުރު'އަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން ދައްކައިފި އެވެ.
ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މިއަދު ކުރިއަށް ގެންގޮސް، އިނގިރޭސިވިލާތުގައި ބެހެއްޓި ވޯޓު ފޮށީގެ ނަތީޖާ ފިޔަވައި އެހެން ހުރިހާ ފޮއްޓެއްގެ ވަގުތީ ނަތީޖާ ލިބުނު އިރ،ު %54ގެ އަގުލަބިއްޔަތަކުން ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވަނީ އިންތިހާބު ކާމިޔާބުކުރައްވައިފަ އެވެ.
-
'ދައުރު'އަށް ލިބިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވަގުތީ ނަތީޖާ
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއަށް އުފަން ޅ. އަތޮޅުގެ މެޖޯރިޓީ ވެސް ގެއްލިއްޖެ.
— Dhauru (@Dhaurunews) September 30, 2023
އިތުރަށް ކިޔާލަން: https://t.co/UkBmza4ZQA pic.twitter.com/q7tSHwYSOi
ތަފްސީލު - ރައީސް ސޯލިހު ކުރި ހޯއްދެވި ދެ އަތޮޅުގެ ތެރެއިން އއ. އަތޮޅުން އެމަނިކުފާނަށް އަގުލަބިއްޔަތު ލިބިވަޑައިގަތީ %51 ވޯޓުންނެވެ. އަދި އައްޑުއިން %54.4 ވޯޓު އެމަނިކުފާނު ވަނީ ހޯއްދަވާފަ އެވެ.
އިންތިހާބުގެ ދެ ވަނަ ބުރުގައި ސިޓީތަކުގެ ނަތީޖާ ވަކިވަކިން
މާލެ
-
ރައީސް - %46.15 (ފުރަތަމަ ބުރުގައި %35.67)
-
މުއިއްޒު - %53.85 (ފުރަތަމަ ބުރުގައި %44.67)
ކުޅުދުއްފުށި
-
ރައީސް - %46.01 (ފުރަތަމަ ބުރުގައި %33.57)
-
މުއިއްޒު - %53.99 (ފުރަތަމަ ބުރުގައި %47.56)
ތިނަދޫ
-
ރައީސް - %48.02 (ފުރަތަމަ ބުރުގައި %35.44)
-
މުއިއްޒު - %51.98 (ފުރަތަމަ ބުރުގައި %48.94)
ފުވައްމުލައް
-
ރައީސް - %43.49 (ފުރަތަމަ ބުރުގައި %35.67)
-
މުއިއްޒު - %56.51 (ފުރަތަމަ ބުރުގައި %48.17)
އައްޑޫ
-
ރައީސް - %54.48 (ފުރަތަމަ ބުރުގައި %42.12)
-
މުއިއްޒު - %45.52 (ފުރަތަމަ ބުރުގައި %37.15)
ފާހަގަކޮށްލެވޭ - ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އުފަން ޅ. އަތޮޅުން ރައީސް ހޯއްދެވި އަގުލަބިއްޔަތު ވެސް މިފަހަރު ވަނީ ގެއްލިފަ އެވެ.
އިތުރަށް ކިޔާލަން -