
އާބަންކޯގެ ޗައިލްޑްކެއާ ސެންޓަރު ހުޅުވުންް (ފޮޓޯ/ރައީސް އޮފީސް)
އާބަންކޯ މުވައްޒަފުންގެ ދަރިން ބަލަހައްޓާނެ ޗައިލްޑް ކެއާ ތަނެއް ހުޅުވައިފި
މަސައްކަތު ވަގުތުގައި އާބަންކޯގެ މުވައްޒަފުންގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން ބެލެހެއްޓުމަށް 'ޗައިލްޑް ކެއާ ސްޕޭސް'އެއް ގާއިމްކޮށްފި އެވެ.
ވީ ކިހިނެއް؟ - މިއަދު އާބަންކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔަތެއްގައި މި ތަން ހުޅުވައިދެއްވީ ފަސްޓް ލޭޑީ ފަޒްނާ އަހުމަދެވެ.
ތަފްސީލް - މި ތަން ގާއިމްކޮށްފައިވަނީ އާބަންކޯ ހެޑް އޮފީހުގެ ދެ ވަނަ ފަންގިފިލާގަ އެވެ.
އާބަންކޯގެ "ޗައިލްޑްކެއާ ސްޕޭސް"ގައި ކުޑަކުދިން ބަލަހައްޓަން އެކަމަށް ހާއްސަކޮށް ތަމްރީންކޮށްފައިވާ ތިން މުވައްޒަފަކު މަސައްކަތް ކުރާނެ އެވެ.

-
މިތަން ހާއްސަކޮށްފައި ވަނީ އުމުރުން ތިން އަހަރާއި 10 އަހަރާއި ދެމެދުގެ ކުޑަކުދިންނަށް
-
އާބަންކޯގެ މުވައްޒަފުންގެ ދަރިން، ދޮންދަރިން އަދި ގާނޫނީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުޑަކުދިން އޮފީހުގެ މަސައްކަތު ގަޑީގައި އެތަނުގައި ބަލަހައްޓައިދޭނެ
-
މި ހިދުމަތް ދެނީ މުވައްޒަފުންނަށް ހިލޭ
މުވައްޒަފުންގެ މަސައްކަތުގަޑީގައި، މުވައްޒަފުންގެ ދަރިން ރައްކާތެރި މާހައުލެއްގައި ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައިދީ، މުވައްޒަފުންނަށް ހާސްކަމެއް ނެތި މަސައްކަތުގެ މާހައުލުގައި މަސައްކަތްކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ، ސަރުކާރުގެ ސިޔާސަތެކެވެ.
މީގެ ކުރިން ވެސް ސަރުކާރުގެ ބައެއް ކުންފުނިތަކުން ވަނީ އެ ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ދަރިން ބަލަން ހާއްސަ ސެންޓަރުތައް ގާއިމްކޮށްފަ އެވެ.
ކޮމެންޓް (1)
ހުދުކާފޫރު