
ރިޔާސީ އިންތިހާބަށް މާލޭގެ މަގުތަކުގައި ދިދަތަކާއި ފޮތި އަދި ކެމްޕެއިން ޕޯސްޓަރުތައް ހަރުކޮށް، ތައްޔާރުވެފައި. (ދައުރު ފޮޓޯ/ މުޒައްޔިން ނާޒިމް)
މާލޭ މަގު ބަންދުކުރުމުގެ ހުއްދަ ދިނުން ވޯޓާ ގުޅިގެން މެދުކަނޑާލަނީ
މި މަހުގެ 30ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ވޯޓުލާއިރު ޓްރެފިކަށް ބާރު ބޮޑުވާނެތީ، މާލޭގެ މަގުތައް ބަންދުކުރުމުގެ ހުއްދަ ދޫކުރުން ތިން ދުވަހަށް މެދުކަނޑާލަން މާލޭ ސިޓީ ކައުންސިލުން މިއަދު ނިންމައިފި އެވެ.
ތަފްސީލް - ވޯޓު ލާ ދުވަހު މާލޭގެ މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވާނެތީ ފުލުހުންގެ ވެސް އެދުމުގެ މަތިން މާލޭގެ މަގުތައް ބަންދުކޮށްގެން މަސައްކަތް ކުރުމުގެ ހުއްދަ ދިނުން ތިން ދުވަހަށް މެދުކަނޑާލާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އެގޮތުން:
-
ހުއްދަ ދޫކުރުން މެދުކަނޑާލާނީ މި މަހުގެ 29 އިން އަންނަ މަހުގެ 1ގެ ނިޔަލަށް
އެނގުން މުހިންމު - މާލޭގެ ހުރިހާ ސްކޫލުތަކެއް ހިމެނޭހެން މާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ އަދަދެއްގެ ވޯޓު ފޮށި ބަހައްޓަ އެވެ. އެހެންވެ، ވޯޓުލާ ދުވަހު މާލޭގެ އެކި ހިސާބުތަކުގައި ކާރޫބާރޫބޮޑުވެ އެވެ.