ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް އާއި ރައީސްގެ ދެކަނބަލުންނާ އެކު (ފޮޓޯ/ރައީސް އޮފީސް)

ފަޒްނާގެ ދިފާއުގައި މަހްލޫފް؛ 'ހަމަލާދިނުމަކީ' ފިނޑި އަމަލެއް، އެއީ ވަކި ބައެއްގެ ބާރު ހިނގާ ތަނެއް ނޫން

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް، އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އަނބިކަނބަލުން ފަޒްނާ އަހުމަދު މިއަދު ހިޔާ ސަރަހައްދަށް ވަޑައިގެންނެވުމުން 'ހަމަލާދޭން' އުޅުނު ކަމަށް ވިދާޅުވެ، އެއީ 'ފިނޑި އަމަލެއް' ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އިދިކޮޅު ޕީޕީއެމް-ޕީއެންސީއަށް ވަރަށް ބޮޑަށް ތާއީދު އޮންނަ، އެ ކޯލިޝަންގެ ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ސަރަހައްދަށް، ކެމްޕެއިން ކުރުމަށް ފަޒްނާ މިއަދު ވަޑައިގެން ނެވީ ހަވީރުގެ ވަގުތެއްގަ އެވެ.

ދޮރުން ދޮރަށް ހިންގެވުމަށް އެކަމަނާ އެ ސަރަހައްދަށް ވަޑައިގެންނެވެމުން، އެ ސަރަހައްދުގައި ތިބި އިދިކޮޅު ސަޕޯޓަރުން ވަނީ، ހުތުރު ބަހުން މުހާތަބުކޮށްފައި ކަމަށް، ބައެއް މީހުން ބުނެ އެވެ. މިކަން ކުށްވެރިކޮށް އެކްސްގައި މަހްލޫފު ލިއުއްވި ޕޯސްޓެއްގައި ވިދާޅުވީ، އެތަނުން ފަޒްނާއަށް ' ހަމަލާދޭން އުޅެފައިވާ ކަމަށެ'ވެ.

ނަމަވެސް އެކަމަނާއަށް ހަމަލާއެއް ދޭން އެއްވެސް ބަޔަކު އުޅުނު ކަމަކަށް، ފުލުހުން އަދި ބުނެފައެއް ނުވެ އެވެ.

ތަފްސީލް - މަހްލޫފް ވިދާޅުވީ ކޮންމެ މީހަކަށް ވެސް މިނިވަންކަމާ އެކު ކެމްޕޭނު ކުރެވެން ވާނެ ކަމަށެވެ. އަދި ކެމްޕެއިންތަކަށް ހުރަސްއަޅާ ބިރު ދެއްކުމަކުން ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ. 

"ހިޔާ ފްލެޓު ސަރަހައްދަކީ ވަކި ބައެއްގެ ބާރު ހިނގާ ސަރަހައްދެއް ނޫން. ފަސްޓް ލޭޑީ ފަޒްނާއަށް ހުރަސް އަޅާ އަދި ހަމަލާދޭން މިއަދު ހިންގީ ވަރަށް ފިނޑި އަމަލެއް. މެޑަމް ފަޒްނާގެ ހިތްވަރަށް ސާބަސް،" މަހްލޫފް ލިއުއްވި އެވެ.

އޭނާ ވިދާޅުވީ މި މަހުގެ 30ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަަނަ ބުރު ކާމިޔާބު ކުރާނީ އެމްޑީޕީ ކަމަށެވެ.

ހިޔާ ސަރަހައްދަށް ފަޒްނާ ވަޑައިގެން ދޮރުން ދޮރަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން ކަމަށް(ފޮޓޯ/އެކްސް)

ފަޒްނާއަށް ހިޔާ ސަރަހައްދުން ހުރަސް އެޅުން ކުށްވެރިކޮށް، އިބޫ-އަސްލަމް ކެމްޕެއިން ޓީމުގެ އިސް ތަރުޖަމާން މާރިޔާ އަހްމަދު ވެސް ވަނީ އެކްސްގައި ފާޑުވިދާޅުވެފަ އެވެ.

މި ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ މާރިޔާ ވިދާޅުވީ އިންތިހާބުތަކުގައި މިނިވަންކަމާ އެކު ކެމްޕެއިން ކުރުމަކީ އެމްޑީޕީން ވަރަށް ބުރަ މަސައްކަތުން ހޯދި ހައްގެއް ކަމަށެވެ. 

"މުއިއްޒުގެ ވެރިކަމެއްގައި މި ރާއްޖެ އޮންނާނެ ގޮތުގެ މަލަމަތި މިއޮށް ފެންނަނީ. އެމްޑީޕީ ރިޔާސީ ކެމްޕެއިންގައި ހިޔާ ފްލެޓު ސަރަހައްދަށް ދިޔައިމާ ކަންކުރާ ގޮތް މިއީ،" ހިޔާ ސަރަހައްދުގައި އަޑު އުފުލި މަންޒަރު ފެންނަ ވީޑިއޯއާ އެކު އެކްސްގައި ކުރެއްވި ޕޯސްޓުގައި މާރިޔާ ވިދާޅުވި އެވެ.

ކޮމެންޓް (2)

މުންޖިޗޭ

18 ސެޕްޓެމްބަރު 2023
ވަޒީރުކަން ދިން މީހާވެސް މިހާރު ދެވުނު ދެރަ ހީވާނެ، ހިޔާފުލެޓަކީ އެ ފުލެޓްތައް ލިބުނު މީހުންގެ ތަނެއްކަން ނޭގޭވަރު މީހަކު ވަޒީރުކަމަށް ޝަރުޠު ފުރިހަމަވާނެބާއޭވެސް ރައްޔިތުން ސުވާލު އުފައްދާނެ، ކުޑަނަމަވެސް ލަދުވެތިކަމެއް ވާނަމަ ހިޔާގެ ޢާއިލާތަކުގެ ކިބައިން އެހީތެރިކަމަށް އެދިގެން ދާން ލަދުގަންނާނެ، އެމީހުންނަށް ޖެއްސި ތަކުލީފާއި ބުރަ އިޙްސާސްކުރެވޭނަމަ އެދިމާލަށް ބަލާލަންވެސް ނުކެރޭނެކަން ކަށަވަރު.
2 1

ހަސަނު

17 ސެޕްޓެމްބަރު 2023
https://vt.tiktok.com/ZSLo88VJS/ މީ އަސްލަކީ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް