ސްޓެލްކޯ އިމާރާތް

ސްޓެލްކޯ

ހިޔާ އިން ކަރަންޓު ކަނޑާލަން އުޅޭ ކަމަށް ބުނާ ވާހަކައިގެ ހަގީގަތެއް ނެތް: ސްޓެލްކޯ

ސްޓެލްކޯ އިން ބުނީ ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ ބަލައިގަންނާނެ ކަމެއްނޫން ކަމަށް
17 ސެޕްޓެމްބަރު 2023

ހިޔާ ފްލެޓުތަކުން ކަރަންޓު ކަނޑާލަން އުޅޭ ކަމަށް ބުނެ ދައްކަނީ ހަގީގަތެއް ނެތް ވާހަކަ ކަމަށާއި ކުންފުނި ބަދުނާމުވާ ގޮތަށް ދޮގު ވާހަކަ ފެތުރުން ބަލައި ނުގަންނާނެ ކަމަށް ސްޓެލްކޯ އިން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރިޔާސީ އިންތިހާބާ ގުޅުވައި، ބައެއް ނޫސްތަކާއި ޓީވީ ޗެނަލްތަކުން ސްޓެލްކޯ އާ މެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އަދި، ކުންފުނީގެ ތަސައްވުރު ކިލަނބުވާ ގޮތަށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ފަތުރަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށް ބުނެ ސްޓެލްކޯ އިން މިއަދު ވަނީ ބަޔާނެއް ނެރެފަ އެވެ.

17 ޖެނުއަރީ 2022ގައި ހިޔާ ފްލެޓެއްގައި އުޅޭ މީހަކު ބެލްކަނީގައި މަޑުކޮށްލައިގެން (ދައުރު ފޮޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ތަފްސީލް - ސްޓެލްކޯ އިން މިއަދު ނެރެނު ބަޔާނުގައި ބުނީ ކަރަންޓު ކަނޑާލަން އުޅޭ ކަމަށް ބުނެ ފަތުރާ ހަބަރު ތަކަކަކީ އެއްވެސް ކަހަލަ އަސާސެއްގެ މައްޗަށް ބިނާކޮށް ފަތުރަމުންދާ ހަބަރުތަކެއް ނޫން ކަމަށެވެ.

ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދު ވެސް ސްޓެލްކޯ އިން މަރުހަބާ ކިޔާކަން ފާހަގަކޮށް އެ ކުންފުނިން އެ ކުންފުންޏާއި ކުންފުނީގެ މުވައްޒަފުން ބަދުނާމުކޮށް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ހިދުމަތްތަކާ ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ  ބަލައިގަންނާނެ ކަމެއްނޫން ކަމަށެވެ.

ސްޓެލްކޯ އިން ބުނީ؛

  • ސްޓެލްކޯ އިން ފޯރުކޮށްދޭ ހިދުމަތްތަކަކީ ރައްޔިތުންގެ ދިރިއުޅުމާއި ސީދާ ގުޅިފައިވާ އަސާސީ ހިދުމަތްތަކެއް ކަމަށް

  •  ހިދުމަތްތައް އެންމެ ފުރިހަމަގޮތުގައި ފޯރުކޮށްދިނުމަށް ގެންނަން ޖެހޭ އަޕްގްރޭޑްތަކާއި މެއިންޓަނެންސް މަސައްކަތްތަކާ ގުޅިގެން ހިދުމަތަށް އެއްވެސް ކަހަލަ މެދުކެނޑުމެއް އަންނަ ނަމަ، އެ މަސައްކަތް ހިނގާނެ ވަގުތާއި ސަރަހައްދާއި އެ މަސައްކަތައް ހޭދަވާނެ ކަމަށް ބެލެވޭ ވަގުތާއި އެހެނިހެން މައުލޫމާތު ދުރާލާ ސޯޝަލް މީޑިއާއާއި، މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އަންގަމުން ގެންދާނެ ކަމަށް

ސްޓެލްކޯ އިން ބުނީ އެ ކުންފުންޏާ ގުޅޭ ގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކަކީ، އެ އަސާސްތަކާއި ކަނޑައެޅިގެން ހިލާފަށް ފަތުރަމުންދާ ވާހަކަތަކެއް ކަމަށެވެ. 

admin@stelco.com.mv
3320982

އިތުރު އާޓިކަލް

އިތުރު އާޓިކަލް